ދީން
"ޓީންއޭޖް އުމުރު" ޒިންމާ ނުނެގުމަށް އޮތް އުޒުރެއްބާ؟
ގޭމު ކުޅެ، ފަރުވާކުޑަކޮށް އުޅޭނަމަ ބުނާނެއެވެ. އެއީ ޓީނޭޖު ކުދިންގެ ގޮތެވެ. އެއުމުރު ފަހަނައަޅައިދާނެއެވެ.
އަންހެންކުދިންނާއި މަޖާކޮށް ސަކަރާތް ޖަހާ ހަދާނަމަ ބުނާނެއެވެ. އެއީ ޓީނޭޖު އުމުރުފުރާގެ ކުދިންގެ އުޅުން ހުންނަ ގޮތެވެ. އެއުމުރު ފަހަނައަޅައި ދާނެއެވެ.
އިސްލާމީ އުއްމަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އޮޅުވާލުންތަކުގެ ތެރޭގައި ފުރާވަރު އުމުރު ފުރައިގެ އޮޅުވާލުން ހިމެނެއެވެ. އަޅުގަނޑު މިދައްކަނީ ތަރުބަވީ މަރުޙަލާގައި ބޭނުންކުރެވޭ މިމުޞްޠަލަޙުގެ ވާހަކައެއް ނޫނެވެ. އެހެނަސް، ކުދިންގެ އުޅުމާއި ގުޅުވައިގެން އުޒުރެއްގެ ގޮތުގައި ގެނެވޭ މިބަހުގެ ވާހަކައެވެ.
އަޅުގަނޑުމެން މުސްލިމުންގެ ނަޒަރުގައި އޮންނަނީ ދެއުމުރެކެވެ. އެއީ ކުޑަކުދިންނާއި ބާލިޣުވެފައިވާ ބޮޑެތި މީހުންނެވެ. ކުޑަކުދިންގެ އުމުރު ފުރާ ފަހަނަ އަޅައި ދަނީ ބާލިޣުވާ ހިސާބުންނެވެ. އޭރުން އެކުއްޖަކީ ބާލިޣުވެފައިވާ މުކައްލަފެކެވެ. އެއީ ހެޔޮވިސްނޭ އުމުރުފުރައެވެ. ބުއްދީގެ ގޮތުންނާއި ޖިސްމާނީ ގޮތުންވެސް އޭނާ ބޮޑުވާނެއެވެ. އެކަމަކު އަޅުގަނޑުމެން މިކިޔަނީ އެކުދިންނަށް މަސްއޫލިއްޔަތު ނުއުފުލޭނެ ވާހަކައެވެ. މިއީ އެއްގޮތަކަށްވެސް ރަނގަޅު ވިސްނުމެއް ނޫނެވެ. މިއުމުރުފުރާގައި އެކުއްޖަކު މަރުވެއްޖެނަމަހީވެސް، ﷲގެ ޙަޟްރަތުގައި އޭނާގެ ޢަމަލުތަކާއި މެދު ޙިސާބު ބެއްލެވޭނެއެވެ.
ފުރާވަރުގެ އުމުރުފުރާގައި ދަރިންނަށް މަސްއޫލިއްޔަތު ނުއުފުލޭނެ ކަމަށް ތިޔަ ހީކުރަނީ ކީއްވެ ހެއްޔެވެ؟ ތިޔަ ފަދައިން ދަޢުވާ ކުރެވެން އޮތް ނަމަ، ތިޔަ ބުނާ ފުރާވަރުގެ އުމުރުފުރާގައި، އެއީ 18އަހަރުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، އުސާމާ ބިން ޒައިދުގެފާނާއި ބޮޑު ލަޝްކަރެއްގެ ލީޑަރުކަން ހަވާލުފުޅު ކުރެއްވެވީ ކީއްވެގެންތޯއެވެ؟ ސަޢުދު ބިން އަބީ ވައްޤާޞް 17އަހަރު ފުޅުގައި ﷲގެ މަގުގައި އެންމެ ފުރަަތަމައަށް ތީރު އުއްކެވި ބޭފުޅާގެ ޝަރަފު ހޯއްދެވީ ކިހިނެތްތޯއެވެ؟ ޒުބައިރު ބިން އައްވާމް އެންމެ 16 އަހަރުފުޅުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަވާރިއްޔަ ބޭކަލެއް ކަމުގައި ވެވަޑައިގަތީ ކިހިނެތް ހެއްޔެވެ؟ މުޙައްމަދު ބުން އަލްޤާސިމް، އުމުރުން 17 އަހަރުގައި ސިންދުކަރަ ފަތަޙަކުރެއްވި ލަޝްކަރުގެ ވެރިޔަކަށްވެވަޑައިގަތީ ކިހިނެތް ހެއްޔެވެ؟ އަރްޤަމް ބިން އަބިލް އަރްޤަމް އެންމެ 16 އަހަރުފުޅުގައި، އެކަލޭގެފާނުގެ ގެކޮޅު އެއީ ނަބީކަމުގެ ދަޢުވަތު ފަތުރާ މަރުކަޒެއްގެ ގޮތުގައި ދޫކުރެއްވެވީ ކިހިނެތް ހެއްޔެވެ؟!
އެމީހުން އަޅުގަނޑުމެންނަށް ދަޅަ ދައްކައި އޮޅުވާލައިފިއެވެ. އަޅުގަނޑުމެންގެ މައްޗަށް ފުރާވަރުގެ އުމުރުފުރާގެ ދަޅަ ދައްކައިގެން ހައްލާލައިފިއެވެ. އެއީ މިއުއްމަތުގެ ބަޠަލުންނަށް ތަބާވާނެ ޖީލެއް ބިނާކުރެވިގެން ދިޔަ ނުދިނުމަށްޓަކައެވެ.
ހިތާމައަކީ މިއުއްމަތަށް ނިސްބަތްވާ ގިނަ ޒުވާނުން މަޝްހޫރުވެ ވިދާފައި މިވަނީ ހަމައެކަނި ޓިކްޓޮކްގައެވެ. ނުވަތަ ސްނެޕް ޗެޓުގައެވެ.
*****
އަޅުގަނޑު މިމެސެޖު ރައްދު މިކުރަނީ މައިންބަފައިންނަށެވެ. ތިބާ ފިރިހެންވަންތަ ސިފަ ލިބިފައިވާ ބައެއްގެ ގޮތުގައި ފިރިހެން ދަރިން ތަރުބިއްޔަތު ކުރަން މަސައްކަތްކުރާށެވެ. އިސްލާމީ ރިވެތި ތަރުބިއްޔަތުން ތަރުބިއްޔަތުވެފައިވާ އަންހެންވަންތަ އަންހެން ދަރިން ތަރުބިއްޔަތުކުރާށެވެ. ތިބާގެ ގެއިން ނިކުމެގެންދަނީ މިއުއްމަތުގެ ކަންކަމަށް އިސްކަންދޭ، އިސްލާމީ ޢަޤީދާ ހިތުގައި ބިންވަޅު ނެގިފައިވާ، އަދި ދީނުގެ އުސޫލުތަކާއި އެއްގޮތަށް ދިރިއުޅުން ބައްޓަންކުރާ މީހެއްކަމުގައި ހެދޭތޯ ބަލާށެވެ.
*****
ދެވަނައަށް އަޅުގަނޑު މިމުޚާޠަބުކުރަނީ ޒުވާނުންނާއިއެވެ. ދުނިޔޭގެ ޒީނަތްތެރިކަން ތިބާގެ ވަށާލެވިގެން ވިއަސް، އަދި ފިތުނަތައް ކިތަންމެ ގިނަކަމުގައިވިއަސް ﷲގެ މަގަށް ރުޖޫޢަވާށެވެ. އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް ތަބާވާށެވެ. މިއުއްމަތުގެ މަތިވެރި ޞާލިޙު ބޭކަލުންނަށް ތަބާވާށެވެ. ތިބާއީ މުސްލިމެއްކަން ޢަމަލާއި ބަހުން ދައްކާށެވެ. އިސްއުފުލައިގެން ކުރިއަށް ދާށެވެ. މުސްލިމަކަށްވީތީ ފަޚުރުވެރިވާށެވެ. ތިބާގެ ކާބަފައިންނަކީ މަތިވެރި ޞަޙާބީން ކަމުގައި ވީތީ އުފާކުރާށެވެ.
ވީމާ، ޒުވާނުންނޭވެ. އިސްލާމްދީނަށް އެނބުރި ރުޖޫޢަވާށެވެ. އިސްލާމީ ތާރީޚުން ޢިބްރަތް ޙާސިލުކުރާށެވެ. ތާރީޚަކީ އެތައް ފިލާވަޅުތަކާއި ޢިބްރަތްތައް ދަސްކޮށްދޭ މަދަރުސާއެކެވެ. އެއިގެ އަލީގައި އަޅުގަނޑުމެންގެ ކުށްތައް ދެނެގަނެ، އިސްލާހުގެ މަގުން ހިނގުމަށް މަގުފަހިވެގެންދާނެއެވެ. އަދި އިސްލާމްދީނުގެ ތެދުމަގުގައި އަޅުގަނޑުމެންގެ ފައިތިލަ ޘާބިތުކުރުމަށް އެހީވެދޭނެއެވެ.
ލިޔުންތެރިޔާ
ހުޝާމާ އަޙްމަދު
މިހާތަނަށް ކޮމެންޓެއް ނެތް
ކުޑަހުވަދޫ ބޮޑު ޢީދު ފުޓްސަލް ޗެލެންޖުގެ ފޯރިގަދަ ފައިނަލް މެޗު މިރޭ
02 June 2026
0
ބޭއިންސާފު ނިންމުންތަކެއް؛ އެފް.އޭ.އެމްގެ ނިންމުން އަލުން ބެލުމަށް ކުޑަހުވަދޫ ކައުންސިލުން އިލްތިމާސްކޮށްފި.
28 May 2026
0
ޢަރަފާތް ދުވަހުގެ އެންމެ މާތް ދުޢާ: މާނައާއި މުހިންމުކަން
25 May 2026
0
އާއިލާއާއި ރައްޓެހިންނާއެކު މަސްދަތުރަކަށް ދާން ބޭނުންތަ؟ "އައްކޮ ފިޝިންގ" އަކީ ހަމަ އެއްވަނަ!
25 May 2026
0
ޢީދަށް މަރުޙަބާ ކިޔުމަށް ކުޑަހުވަދޫގެ ހިތްގައިމު "ފިތުރޯނު ސަރަހައްދު" ރައްޔިތުން ގުޅިގެން ސާފުކޮށްފި
24 May 2026
1
ޢީދަށް ތައްޔާރުވުމުގެ ގޮތުން "ވައްލަ" ސާފުކުރުމުގެ ޙަރަކާތެއް ބާއްވައިފި
24 May 2026
0