ބުރަދާސް އެކަޑަމީގެ ހޭޑްބޯލް މުބާރާތް ޖޫން 15 ގައި
މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 15 ޖޫން ގައެވެ. މިއީ ދެ ޢުމުރު ފުރާއަކަށް ބަހާލެވިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. އެއީ 16 އަހަރުން ދަށުގެ ޢުމުރު ފުރާއާއި 13 އަހަރުން ދަށައް
އެޑްމިން
ބުރަދާސް އެކަޑެމީގެ ފަރާތުން ފުރަތަމަ ފަހަރަށް ކުޑަކުދިންނަށް އަމާޒުކޮށްގެން ހޭންޑް ބޯލް މުބާރެއް ބޭއްވުމަށް އިޢުލާނުކޮށްފިއެވެ.
މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 15 ޖޫން ގައެވެ. މިއީ ދެ ޢުމުރު ފުރާއަކަށް ބަހާލެވިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. އެއީ 16 އަހަރުން ދަށުގެ ޢުމުރު ފުރާއާއި 13 އަހަރުން ދަށުގެ ޢުމުރު ފުރާކަމަށް އެކަޑަމީގެ ޖެނެރަލް ސެކްރެޓަރީ އަލްފާޟިލް މުޙައްމަދު އައުފް ބިން ޞާލިޙު މަޢުލޫމާތު ދެއްވާފައިވެއެވެ.
މިއީ އަންހެން ކުދިންނަށް ބޭއްވޭ ހޭންޑް ބޯލް މުބާރާތެކެވެ. ކުޑަހުވަދޫގައި ބްރަދާސް އެކަޑަމީއަކީ އަންހެން ކުދިންނަށް ހޭންޑު ބޯލް ފުޅާ ދާއިރާއެއްގައި ދަސްކޮށްދޭ ބައެކެވެ. ބްރަދާސް އެކަޑަމީ ހޭންޑު ބޯލްގައި މިހާރުވެސް 80 އަށް ވުރެ ގިނަ ދަރިވަރުން އަންނަނީ ތަމްރީނުވަމުންނެވެ.
މި މުބާރާތާއި ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށް 7748000 ގުމަށް އެކަޑަމީގެ އިސްތިހާރުގައިވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް