ނުވަ ޓީމާއިއެކު "ކުޑަހުވަދޫ ބޮޑު ޢީދު ފުޓްސަލް ޗެލުންޖު 1446" ގެ ޑުރޯ ސެރަމަނީ ބާވައިފިި
އެޑްމިން
މިއަހަރުގެ ބޮޑު ޢީދުގައި ކުޑަހުވަދޫގައި ބޭއްވޭ އެންމެ ބޮޑު މުބާރާތަކީ ބީ.އެމް.އެލް އިސްލާމިކް ކުޑަހުވަދޫ ބޮޑު ޢީދު ފުޓްސަލް ޗެލެންޖެވެ. މި މުބާރާތުގެ ގުރުނެގުމުގެ ހަފުލާ މުބާރާތް އިންތިޒާކުރާ ބުރަދާސް އެކަޑަމީގެ ފަރާތުން ރޭގައި ވަނީ ބާވައިފައެވެ.
ރޭ ވިއޯލާ ރެސްޓޯރެންޓުގައި ކުރިއަށް ދިޔަ ހަފުލާގައި ހުރިހާ ޓީމުތަކުގެ މެނޭޖަރުންނާއި މުޚާތަބުކޮށް، ވާދަވެރި މުބާރާތަކަށް ހެދުމަށާއި ކުޅުމުގެ އަޚްލާޤަށް ޚާއްސަ ސަމާލުކަމެއް ދީގެން ކުޅުމަށް އިންތިޒާމު ކޮމިޓީގެ ރައީސް އަލްފާޟިލް އިސްމާޢީލް އާދިލް ވަނީ އެދިފައެވެ.
ޖުމުލަ 2 ގުރޫޕަށް ބަހާލެވިގެން ކުރިއަށް ގެންދެވޭ މި މުބާރާތުގެ ގުރޫޕު އެކެއްގައި ހިމެނެނީ 5 ޓީމެވެ. އަދި ގުރޫޕު 2 އެއްގައި ހިމެނެނީ 4 ޓީމެވެ. ގުރޫޕު 1 ގައި ހިމެނޭ ޓީމުތަކަކީ، ބޮއްކުރާ އެފް.ސީ ، މައިދާން އެސް.ސީ، ވިންގސް އެސް.ސީ، ޑްރީމް އެފް.ސީ އަދި ޖީ-ޓައުން އެސް.ސީ އެވެ. އަދި ގުރޫޕު 2 ގައި ހިމެނޭ ޓީމުތަކަކީ އެފް.ސީ ބުރަދާސް، އަށްކަން، ވަައިގަތްމަގު އެފް.ސީ ގެ އިތުރުން ރޯޔަލްސް ސިޓީ އެވެ.
ރޭގެ ޙަފުލާގައި މުބާރާތް ކުޅުމަށް ހަމަޖެހިފައިވާ ޖާޒިއާގެ ބޯޅަ ވަނީ ދައްކާލައިފައެވެ. މި މުބާރާތުގެ ކިޓް ޕާޓްނަރ އަކީ ޖާޒިއާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް