ވާހަކަ
ވާހަކަ : އާބިދާ ( ދެވަނަބައި )
އާބިދާގެ ސިކުނޑީގައި ހިނގަމުންދަނީ ބުނެދޭންވެސް ނޭނގޭފަދަ އިޙްސާސްތަކެކެވެ. އެއީމީގެ 6 އަހަރު ކުރިއެވެ. އޭނާގެ ޙަޔާތް ބަދަލުކޮށްލި ބިރުވެރި ޙާދިޘާ ހިނގިރެއެވެ. ދުވަހަކުވެސް އޭނާގެ ޚިޔާލަށް އައިސްފައިނުވާ ކަންތައްތަކެއް ހިނގައި ދިޔަ ރެއެކެވެ. އެ ރެޔަކީ އޭނާގެ ނަފްސުގައި މުޅިން އައު ވިންދުތަކެއް ޖަހަން ފެށި ރެއެކެވެ. ދިރިއުޅުމުގެ މަޤްޞަދާއި ދިމާލަށް އޭނާގެ މިސްރާބު އަނބުރާލުމަށާއި، ޙަޤީޤަތާއި ކުރިމަތިލުމަށް ފުރުޞަތު ލިބުނު ރެއެވެ. އާބިދާއަކީ މާލެއަށް އުފަން މާލޭ ރައްޔިތެކެވެ.
.......................................................
"ހެއި! ދިސްދަ ނައިޓް.. ޔޫ ހެވްޑު ބީ ދެއަރ.. އިނގޭ! " އާބިދާ އޭނެފޯނަށް ލިބިފައިވާ ޓެލެގުރާމު މެސެޖު ކިޔާލިއެވެ. އަދި ލާނެއް ވަގު ހިނިތުންވުމެއް އޭނާގެ ތުންފަތްމައްޗަށް ވެރިކުރަމުން އެ މެސެޖަށް ރިޕްލައި ލިޔެލިއެވެ. "ބްރޯ! އައި ކާންޓް ދޯ! ކޯޒް މައި މަމް އެންޑް ސިސް އުޅޭނެއޭ އެގަޑިގަ.." އޭނާ އެގޮތަށް އެ މެސެޖަށް ރިޕްލައިކުރީ ގަދަކޮށްލުމަށެވެ. އެއީ އޭނާގެ އެކުވެރިޔާ ޔުމާން، އޭނާ ބަލައި އެ ގެޔަށް ގެންނަން ބޭނުންވާތީ ކުރި ކަމެކެވެ.
އާބިދާއަށް ޔުމާން ވަރަށް ރަނގަޅަށް އެނގެއެވެ. ޔުމާނަކީ އެންމެ ކުޑައިރުއްސުރެ އެކީގައި ކިޔަވަމުންއައި އޭނާގެ އެންމެގައި އެކުވެރިޔާއެވެ. އާބިދާގެ ނަޒަރުގައި އަންހެންކުދިންނަށް ފިރިހެން ރައްޓެހިން ގެންގުޅެވޭނެއެވެ. އެއީ ނުރަނގަޅު ކަމެއް ނަމަ އޭނާގެ މައިންބަފައިން އޭނާއަށް އެކަން ބުނެދޭނެއެވެ. އާބިދާ ޤަބޫލުކުރުން ކަންކަމުގައި ހުންނަނީ އެގޮތަށެވެ. މަންމަމެންގެ ބިޒީ ޝެޑިއުލްގެ ސަބަބުން އޭނާއަށް ލިބޭ އެއްކަމަކީ 'ފުރީޑަމް' އެވެ. އޭނާއަށް ބޭނުން އެއްޗެއް ލިބެއެވެ. ބޭނުން ކަމެއް ކުރުމުގެ ފުރިހަމަ އިޚްތިޔާރު އޮވެއެވެ. މަނާއެއް ކަމެއްވެސް ނޯވެއޭ ބުނެވިދާނެއެވެ. ބައެއްފަހަރު އޭނާ ކުރާ ކަންކަމާ ނުރުހުން ފާޅުކޮށް ކުދިކިޔާ އުޅެނީ އޭނާގެ ބައްޕަ ފަރާތު މާމައެވެ. އެހެންނަމަވެސް މާމަގެ ވާހަކަތަކަށް އޭނާ މާބޮޑު ފަރުވާލެއް ނުބަހައްޓައެވެ. ސްކޫލުގެ ކިޔެވުން ނިންމައި ކޮލެޖުގެ ކިޔެވުމާއި ގުޅުނުފަހުން, އެ މިނިވަންކަން ތަންމިނަށް ހުޅުވިގެން ދިޔައެވެ. މިއީ އޭނާ ފުރިހަމަ ކުރަމުންދާ ގުރެފިކްސް ކޯހުގެ ފަހު އަހަރެވެ.
އާބިދާ ފޯނަށް ބަލަހައްޓައިގެން އިނީ ޔުމާނުގެ ރިޕްލައިގެ އިންތިޒާރުގައެވެ. ޓައިޕް ކުރާކަމަށް ފޯނަށް އަރައިފައި ހުރުމުން އޭނާ ފޯނަށް ބަލަން އިނީއެވެ. އެހެންނަމަވެސް ރިޕްލައިއެއް ނުލިބެއެވެ. އެހެންވެ ފޯނު ސޯފާގައި ބޭއްވުމަށްފަހު ބެލްކަންޔާ ދިމާއަށް ހިނގައިގަތެވެ.
ހަވީރުގެ ހިތްގައިމު ވަގުތަށްވެފައި އިރު އޮއްސޭ ރީތި މަންޒަރު އެ ބެލްކަނީގައި ހުންނައިރު ފެންނާނެތީ ވަރަށް ގިނައިން އެކަނިވެސް އެތަނުގައި އޭނާއަށް ހޭދަކުރެވެއެވެ. އޭނާ ބެލްކަނީގައި މަޑުކޮށްލި ވަގުތު ފޯނު ރިންގުވާ އަޑު އިވުނެވެ. އަވަސް ހިނގުމެއްގައި އާބިދާ ގޮސް އޭނާގެ ފޯނު ނަގައިފިއެވެ. ފޯނަށް އަރާފައި އިނީ ‘އަންނޯން’ ކަމުގައެވެ. އޭނާ ކުޑަކޮށް ޖެހިލުންވެ ހުރެ ފޯނު ނެގިއެވެ.
"ހެލޯ!" ބުނުމަށްފަހު އޭނާގެ ދޫ އިތުރަށް ޙަރަކާތް ނުކުރީ ކީއްވެ ބާއެވެ. ފޯނަށް ގުޅީ ކާކުކަމެއް ނޭނގެއެވެ. އާބިދާގެ މޫނުމަތީން ކަމެއް ގޯސްވެއްޖެކަން ޔަޤީނެވެ. އޭނާ ދާހިއްލަން ފަށައިފިއެވެ. ނިތްކުރިން ދިއްލޭ ދާތިކިތަކުން އެކަން ފާހަގަވާން ހުއްޓެވެ. ފޯނުން ވާހަކަ ދެއްކި މީހަކު ދެއްކި ވާހަކައަށްފަހު އާބިދާ އޭނާގެ ކޮޓަރިއާ ދިމާއަށް އަވަސް ފިޔަވަޅުތަކެއްގައި ދިޔައެވެ. ކޮޓަރީގައި ލަސްތަކެއްނުވެ، އޭނާގެ ކަޅު ކުލައިގެ ހޭންޑު ބޭގު ކޮނޑުގައި އަޅުވައިގެން ނިކުތެވެ.
ކަޅުކުލައިގެ ކުރު ޓޮޕުކޮޅަކާއި ނޫ ކުލައިގެ ޖިންސެއްގައި އޭނާ ހުރި އިރު ، އައުރަ ނިވާކުރުމާއި އެކަމުގެ މުހިއްމުކަން އޭނާގެ ސިކުނޑީގައި ވެފައިވަނީ ކަޓު، ބޯދާ ވިސްނުމަކަށެވެ. ބޮލުގެ އިސްތަށިގަނޑުވަނީ ހުޅިޖަހާލެވިފައެވެ. އެހެދުމައި އާބިދާ ފެންނަލެއް ރީއްޗެވެ. އާނއެކެވެ. އާބިދާއަކީ ރީތި ކުއްޖެކެވެ. ލުއި ލުއި މޭކަޕެއްގައި މިރޭ އޭނާ ހުރިއިރު އެރީތިކަން އިތުރަށް ފާހަގަވެއެވެ. (ނުނިމޭ)
ލިޔުންތެރިޔާ
މުޙައްމަދު އަމްޖަދު
މިހާތަނަށް ކޮމެންޓެއް ނެތް
ކުޑަހުވަދޫ ބޮޑު ޢީދު ފުޓްސަލް ޗެލެންޖުގެ ފޯރިގަދަ ފައިނަލް މެޗު މިރޭ
02 June 2026
0
ބޭއިންސާފު ނިންމުންތަކެއް؛ އެފް.އޭ.އެމްގެ ނިންމުން އަލުން ބެލުމަށް ކުޑަހުވަދޫ ކައުންސިލުން އިލްތިމާސްކޮށްފި.
28 May 2026
0
ޢަރަފާތް ދުވަހުގެ އެންމެ މާތް ދުޢާ: މާނައާއި މުހިންމުކަން
25 May 2026
0
އާއިލާއާއި ރައްޓެހިންނާއެކު މަސްދަތުރަކަށް ދާން ބޭނުންތަ؟ "އައްކޮ ފިޝިންގ" އަކީ ހަމަ އެއްވަނަ!
25 May 2026
0
ޢީދަށް މަރުޙަބާ ކިޔުމަށް ކުޑަހުވަދޫގެ ހިތްގައިމު "ފިތުރޯނު ސަރަހައްދު" ރައްޔިތުން ގުޅިގެން ސާފުކޮށްފި
24 May 2026
1
ޢީދަށް ތައްޔާރުވުމުގެ ގޮތުން "ވައްލަ" ސާފުކުރުމުގެ ޙަރަކާތެއް ބާއްވައިފި
24 May 2026
0