ވިޔަފާރި
"ރޯސް ބްލޫމްސް" ދ.ކުޑަހުވަދޫގައި މާ ވިއްކާ ފިހާރައެއް ހުޅުވައިފި
ދ.ކުޑަހުވަދޫގައި "ރޯސް ބްލޫމްސް" ގެ ނަމުގައި މާ ވިއްކާ އާ ފިހާރައެއް ރަސްމީކޮށް ހުޅުވައިފި އެވެ. މި ފިހާރަ ހުޅުވުމާއެކު، ރަށު ރައްޔިތުންނަށް މިހާރު ތަފާތު އެކި ކަހަލަ ރީތި މާތައް އެއްތަނަކުން ލިބިގެންދާނެ އެވެ.
"ރޯސް ބްލޫމްސް" ފިހާރައިގެ ވެރިން ކަމަށްވާ ސުހައިލް އަދި ޒައިނާ "ކުޑަހުވަދޫ އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި ފިހާރަ ހުޅުވުމުގެ ޚިޔާލު އައީ ވަރަށް ގިނަ ބަޔަކު މިހާރުވެސް މާލެއިން މާ ގަނެގެން ރަށަށް އެބަ ގެނޭ، އެކި މީހުންނަށް ގުޅައިގެން އެކި ގޮތް ގޮތުން ރަށާ ހިސާބަށް މިގެނެވެނީ، އެހެންމަކުން އަޅުގަނޑުމެން ވިސްނީ ރަށުން ފަސޭހަކަމާއި އަގުހެޔޮކަމާއެކު މި ޚިދުމަތް ދިނުމަކީ ރަށުގައި ދިރިއުޅޭ މީހުންނަށް އަދި ކައިރި ރަށްރަށުގެ މީހުންނަށްވެސް ފަސޭހަ ވާނެ ކަމަކަށް. އަދި ޒައިނާ ފާހަގަކުރި ގޮތުގައި "މަލަކީ އެންމެންވެސް ވަރަށް ގަޔާވާ އެއްޗެއް. އެހެންވެ ހިތަށް އެރީ މިއީ ރަށުގައި ފަށަން ރަނގަޅުކަމެއް ކަމަށް"
މި މަސައްކަތް ފެށުމުގެ ކުރިން ރަށުގެ މީހުންގެ ހިޔާލު ހޯދާފައިވާ ކަމަށްވެސް ޒައިނާ ފާހަގަކުރެއްވި އެވެ. ބައެއް މީހުން މި ފިޔަވަޅަކީ ތަރައްޤީވަމުން އަންނަ ރަށަކަށް ރަނގަޅު ކަމެއް ކަމަށް ދެކުނުއިރު، އަނެއް ބައެއްގެ ފަރާތުން ނެގެޓިވް ހިޔާލުވެސް ލިބުނު ކަމަށެވެ. ޒައިނާ ވިދާޅުވީ މިއީ ވަރަށް ކުރިންވެސް ވިސްނަމުން އައި ކަމެއް ކަމަށާއި، އެކި ގޮންޖެހުންތަކާ ހުރެ މީގެ ކުރިން މިކަން ނުވެ އޮތީ ކަމަށެވެ. "ނަމަވެސް الحمد لله މިހާރު މިކަން ވަނީ ފެށިފައި،" ހިތްހަމަޖެހުމާއެކު ފާހަގަކުރިއެވެ. "އަޅުގަނޑުމެންގެ ޓާގެޓަކީ މީހުންނަށް ކަމުދާ ފިހާރައަކަށް މިތަން ހަދާ، އަބަދުވެސް މަލުގެ ބާވަތްތައް ލިބެނިވި ގޮތަށް ބެހެއްޓުން."
މިކަމަށް ރަނގަޅު ތަރުހީބެއް ލިބިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް ވިދާޅުވި އެވެ. އަދި މިހާރުވެސް ވަރަށް ގިނަ ބަޔެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބެމުންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.
"ރޯސް ބްލޫމްސް" އިން ދ.ކުޑަހުވަދޫ ރަށުތެރެއަށް މާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް ވެސް ދެ އެވެ. މީގެ އިތުރުން ރަށަށް އަންނަ ބޯޓު ފެރީތަކަށް ވެސް މާ ޑެލިވަރީ ކޮށްދޭނެ ކަމަށް މައުލޫމާތު ދިނެވެ. "ރޯސް ބްލޫމްސް" ފިހާރަ ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށެވެ. ހުކުރު ދުވަހު ފިހާރަ ހުޅުވާނީ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށެވެ.
ލިޔުންތެރިޔާ
އެޑްމިން
މިހާތަނަށް ކޮމެންޓެއް ނެތް
ކުޑަހުވަދޫ ހިއްކި ބިމުގައި ގެދޮރު ބިނާކުރުން ބާރުދުވެލީގައި: އެންމެ ބޮޑު ގޮންޖެހުމަކީ ކަރަންޓު ނުލިބުން!
04 June 2026
1
ކުޑަހުވަދޫ ބޮޑު ޢީދު ފުޓްސަލް ޗެލެންޖުގެ ފޯރިގަދަ ފައިނަލް މެޗު މިރޭ
02 June 2026
0
ބޭއިންސާފު ނިންމުންތަކެއް؛ އެފް.އޭ.އެމްގެ ނިންމުން އަލުން ބެލުމަށް ކުޑަހުވަދޫ ކައުންސިލުން އިލްތިމާސްކޮށްފި.
28 May 2026
0
ޢަރަފާތް ދުވަހުގެ އެންމެ މާތް ދުޢާ: މާނައާއި މުހިންމުކަން
25 May 2026
0
އާއިލާއާއި ރައްޓެހިންނާއެކު މަސްދަތުރަކަށް ދާން ބޭނުންތަ؟ "އައްކޮ ފިޝިންގ" އަކީ ހަމަ އެއްވަނަ!
25 May 2026
0
ޢީދަށް މަރުޙަބާ ކިޔުމަށް ކުޑަހުވަދޫގެ ހިތްގައިމު "ފިތުރޯނު ސަރަހައްދު" ރައްޔިތުން ގުޅިގެން ސާފުކޮށްފި
24 May 2026
1