ތައުލީމް
ޢިލްމަކީ ނޫރެއް!
ހަޤީޤީ ޢިލްމަކީ އަޅާގެ އަމިއްލަ ނަފްސާއި، އަޅުގެ ޚާލިޤުވަންތަ ފަރާތް ދެނެގަނެ ދިރިއުޅުމުގެ ޙަޤީޤީ މަޤްޞަދު ދެނެގަތުމެވެ. އެހެންކަމުން ޙަޔާތުގެ މަޤުޞަދު ޙާޞިލުކުރުމަށް ޝަރުޢީ ޢިލްމު ހޯދުމަކީ ތިމާއަށް އޮތް އިޚްތިޔާރެއް ނޫނެވެ.
ދުނިޔެމަތީގައި އަޅަކަށް ލިބޭނެ އެންމެ އަގުބޮޑު ނިޢުމަތަކީ اللهތަޢާލާ ރުހިވޮޑިގަންނަވާ ޢިލްމެވެ. ޖަހާލަތުގެ އަނދިރިކަމުން ނެރި، ދެދުނިޔޭގެ ޙަޔާތުގެ ބާއްޖަވެރިކަމުގެ މަގަށް އަލިކޮށްދެނިވި ދަންމަރަކީ ޢިލްމެވެ. ނަތީޖާއެއްގެ ގޮތުން އަޅާގެ ސިކުނޑިއާއި ހިތަށް ވިސްނުމާއި، ޙިކުމަތާއި، ޙަޤީޤަތް ފޯރުކޮށްދެނީ ޢިލްމުންނެވެ.
ﷲގެ އަޅުތަކުން، އެބައިމީހުންގެ ދިރިއުޅުމުގެ މަޤުޞަދު ގެއްލި، ޙައްޤާއި ބާޠިލު ވަކިކުރަން ނޭނގި، މީސްތަކުން މަގު އޮޅި، ނަރަކައިގެ އަނދަވަޅެއްގެ ތުންފަތްމަތީގައި ވަނިކޮށް، އެއިލާހު އަޅަމެން އެނަރަކައިން ސަލާމަތް ކޮށްދެއްވުމަށް ފޮނުއްވި މާތް ސާހިބާ، މުޙައްމަދު صلى الله عليه وسلم އަށް އެންމެ ފުރަތަމަ ބާވައިލެއްވި އާޔަތުގައިވަނީ، "اقْرَأْ" މިފަދައިންނެވެ. މާނައީ: "ކިޔަވާށެވެ!" ހާމަވެގެންދަނީ އިސްލާމީދީނަކީ ޢިލްމުގެ ދީނެއްކަމެވެ. މިދީނުގައި އުނގެނުމާއި އުނގަންނައިދިނުމަށް ބާރުއަޅުއްވާ މިންވަރެވެ.
ޙިކުމަތާއި ބުއްދި ވަކިވިޔަނުދީ ހިފަހައްޓައިދެނީ ތިމާއަށް ލިބިފައިވާ ޢިލްމެވެ. އެހެނީ ލިބިފައިވާ ހެޔޮ ޢިލްމަށް ޢަމަލުކުރާ މީހަކަށް ޙަޔާތުގައި ދިމާވާ ކަންކަމުގައި ރަނގަޅު ގޮތް ކަނޑައެޅުން ދަތިކަމަކަށް ނުވާނެއެވެ. އަދި އެފަދަ މީހެއްގެ ފަރާތުން އަނެކުންނަށް ފައިދާހުރި އެތައް ކަމެއް ފެނިގެންދާނެއެވެ. މިފަދަ މީހުންގެ ޙަޔާތުގައި ދިމާވާ ދަތި އުނދަގޫ ކޮންމެ ދަނޑިވަޅެއްގައި ފެންނާނީ ކެތްތެރިކަމާއި ސާބިތުކަމެވެ. ޢިލްމަކީ އަޅާ އޭނާގެ ވެރި ރައްބާ ގުޅުވައިދޭ ފާލަމެވެ. ވަށައިގެން މިވާ الله ތަޢާލާގެ ކުޅަދުންވަތަކަމުގެ ހެކިތައް ފުރިހަމައަށް ދެނެގަތުމަށްޓައި ޢިލްމު އުނގެނުމަކީ ލާޒިމުކަމެކެވެ.
ޢިލްމެއް ނެތި ދިރިއުޅުން ވެގެންދަނީ މިސްރާބު ނެތް ދަތުރަކަށެވެ. އެހެނެއްކަމަކު ޢިލްމާއެކު ޙަޔާތުގެ ދަތުރުގައި ފެންނަނީ ފުރުޞަތުތަކާއި، ހައްލުތަކާއި، އުންމީދުތަކެވެ. އެއީ ހަމައެކަނި މަދްރަސާ ޔުނިވަސިޓީތަކުން އުނގެނުމެއް ނޫނެވެ. ހަޤީޤީ ޢިލްމަކީ އަޅާގެ އަމިއްލަ ނަފްސާއި، އަޅުގެ ޚާލިޤުވަންތަ ފަރާތް ދެނެގަނެ ދިރިއުޅުމުގެ ޙަޤީޤީ މަޤްޞަދު ދެނެގަތުމެވެ. އެހެންކަމުން ޙަޔާތުގެ މަޤުޞަދު ޙާޞިލުކުރުމަށް ޝަރުޢީ ޢިލްމު ހޯދުމަކީ ތިމާއަށް އޮތް އިޚްތިޔާރެއް ނޫނެވެ. އެހެނެއްކަމަކު އެއީ ވާޖިބެކެވެ. އަދި އެއީ ދިރިއުޅުމުގެ ތެރެއިން ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީއާ ދިމާއަށް އަޅާ ގެންގޮސްދޭނެ އަލިކަމެވެ.
ލިޔުންތެރިޔާ
ރިޟާ
މިހާތަނަށް ކޮމެންޓެއް ނެތް
ކުޑަހުވަދޫ ބޮޑު ޢީދު ފުޓްސަލް ޗެލެންޖުގެ ފޯރިގަދަ ފައިނަލް މެޗު މިރޭ
02 June 2026
0
ބޭއިންސާފު ނިންމުންތަކެއް؛ އެފް.އޭ.އެމްގެ ނިންމުން އަލުން ބެލުމަށް ކުޑަހުވަދޫ ކައުންސިލުން އިލްތިމާސްކޮށްފި.
28 May 2026
0
ޢަރަފާތް ދުވަހުގެ އެންމެ މާތް ދުޢާ: މާނައާއި މުހިންމުކަން
25 May 2026
0
އާއިލާއާއި ރައްޓެހިންނާއެކު މަސްދަތުރަކަށް ދާން ބޭނުންތަ؟ "އައްކޮ ފިޝިންގ" އަކީ ހަމަ އެއްވަނަ!
25 May 2026
0
ޢީދަށް މަރުޙަބާ ކިޔުމަށް ކުޑަހުވަދޫގެ ހިތްގައިމު "ފިތުރޯނު ސަރަހައްދު" ރައްޔިތުން ގުޅިގެން ސާފުކޮށްފި
24 May 2026
1
ޢީދަށް ތައްޔާރުވުމުގެ ގޮތުން "ވައްލަ" ސާފުކުރުމުގެ ޙަރަކާތެއް ބާއްވައިފި
24 May 2026
0