ރިޕޯޓް
ހަމަ ތިދަނީ ހެއްޔެވެ؟
ދެއްވާފައިވާ ޢިލްމާއި ހުނަރަކީ އަގުމަގުން ޢަދަދެއް ދެވެން ނެތްވަރުގެ ބޮޑު ނިޢުމަތެއްކަން ހަނދާކުރާށެވެ. އެއިން ތިމާއަށް ރެކެވޭނެ ޙުއްޖަތެއް ދެއްކި ދާނެކަމަށް ލަފައެއް ނުކުރެވެއެވެ.
"އެކީގައި"މިލަފުޒު ތަމްސީލުކުރަނީ އެއްބައިވަންތަކަމާއި، އެއްބާރުލުމާއި، ޙިއްޞާކުރުންތަކެވެ. އެކީގައި އުޅެގެން މެނުވީ ދިރިއުޅުމެއް ފުރިހަމަވެގެން ނުދާނޭކަން ކަށަވަރެވެ.
ޢާއިލާގެ ތެރޭގައި، އޮފީހުގެ މާޙައުލުގައި، މުޖުތަމަޢުގައި ނުވަތަ މަސައްކަތުގެ ކޮންމެ މާޙައުލެއްގައިވެސް ތިމާގެ ކާމިޔާބުގެ އަސާސަކީ އެކީގައި އުޅުމެވެ. ތިމާއަށް ދެއްވާފައިވާ ބާރާއި، ތާއީދާއި، ކާމިޔާބީގެ ޙަޤީޤީ ފޮނިކަން އިޙްޞާޞް ކުރެވޭނީ ތިމާއަކީ އެކީގައި އުޅެންދަންނަ މީހަކަށް ވެގެންނެވެ.
އެކަކު ކޮޅަން ހުންނަ މަންޒަރަށް ވުރެ، އެކީގައި ގިނަބަޔަކު ކޮޅަށް ތެދުވާ މަންޒަރު ބަލާލަން ރީތިވުމުގެ އިތުރުން ލިބޭ ހިތްވަރުވެސް އިތުރުވާނެއެވެ. އެކީގައި ތިބުމަކީ ގޮންޖެހުންތަކުން އަރައިގަތުމަށް، ހުނަރުތަކާއި ޚިޔާލުތަކާއި، ހަކަތަ އެއްކޮށްލުމުގެ ފުރުޞަތު ލިބިގެންދާ ކަމެކެވެ.
އެކީގައި ތިބެގެންމެނުވީ، އުފާތަކާއި ބުރަތަކާއި ނުތަނަވަސްކަން ޙިއްޞާއެއް ނުކުރެވޭނެއެވެ. ދަތި އުނދަގޫ ވަގުތުތަކުގައި އެހެން މީހުންގެ ޙާޟިރުވުން ތިމާއަށް ލިބޭނީ އެކީގައި ހުރެގެންނެވެ.
އެދެވިގެންވާ ކާމިޔާބީއެއް ލިބިފައިވާނަމަ، އޭގެ ފަހަތުގައި ގިނަ އަތްތަކެއް ވާނޭކަން ހަނދާން ނައްތާ ނުލާށެވެ. ލިބުނު ކާމިޔާބީ ހުދު ތިމާއަށް ނިޞްބަތް ކުރެވުނެއްކަމަކު، އޭގެ ޙިއްޞާދާރުން ވަތްކެއް ނުކުރެވޭނެއެވެ. މިއަދު އޭގެން މިންވަރެއް އެފަރާތްތަކަށް ނުލިބިދާނެއެވެ. ޔަޤީން ކުރައްވީ އޭގެ ޙައްޤުވެރިންނަށް ލިބެންޖެހޭ މިންވަރުން އުނިނުވެ ލިބޭނެކަމެވެ.
ދެއްވާފައިވާ ޢިލްމާއި ހުނަރަކީ އަގުމަގުން ޢަދަދެއް ދެވެން ނެތްވަރުގެ ބޮޑު ނިޢުމަތެއްކަން ހަނދާކުރާށެވެ. އެއިން ތިމާއަށް ރެކެވޭނެ ޙުއްޖަތެއް ދެއްކި ދާނެކަމަށް ލަފައެއް ނުކުރެވެއެވެ. އެހެނީ الله ތަޢާލާ ތިމާ ޚިޔާރުކުރެއްވުމަކީ، އުފުލަންޖެހޭ ޒިންމާ އަނެކުންނަށްވުރެ ބޮޑުތަނުން އިތުރުވީކަން އަބަދުމެ ހަނދުމައިގައި ބަހައްޓަންވާނޭ ކަމެކެވެ. އެފަދަ މަތިވެރި ޒިންމާއެއް އުފުލުމަށް، ޙިކުމަތުން ތިމާގެ ހިތް ފުރާލާފައި ބޭއްވުމަކީ ކޮންމެހެންވެސް ލާޒިމު ކަމެކެވެ. އަދި އެކީގައި ގޮސްގެން ނޫނީ ދާންބޭނުންވާ މަޒިލާއި އަރާ ހަމަ ކުރުމަކީ މުޞްތަޙީލް ކަމެކެވެ.
ޚިޔާލު ތަފާތުވުންތަކުން ފުރި ބާރުވެފައިވާ މިދުނިޔޭގައި، ތިމާއާއި ދެބަސްވުމެއް އުފެދޭ ކޮންމެ ދަނޑިވަޅެއްގައި ވަކިވުމަށް ފައި ނެގުމަކީ ޝައިތާނާގެ ކެހިވެރި ރޭވުމެއްކަން ހުދު ތިމާއަށް އެނގެންވާނެއެވެ. ބާއްޖަވެރިކަމުގެ މަންޒިލަށް ދިއުމަށް ތިމާގެ ކޮނޑުގައި މުޅި މުޖުތަމަޢު އޮތްކަން ހަނދުމައިން އެކަހެރިކޮށް ނުލާށެވެ. ތިމާއާއި އެކީގައި ކުރިޔަށް ދިއުމަށް ގިނަ ބަޔަކު އަތުކުރި އޮޅާލައިގެން ތިއްބިތަން، ތިމާއަށް ވަންހަނާ ކުރުވީ ފަހެ ކާކުހެއްޔެވެ؟ މަންޒިލާއި އަރާ ހަމަކުރަން ދާދި ކުޑަތަންވެފައި ވަނިކޮށް ހަމަ ތިދަނީ ހެއްޔެވެ؟
ލިޔުންތެރިޔާ
ރިޟާ
މިހާތަނަށް ކޮމެންޓެއް ނެތް
ފެނަކަ ކުޑަހުވަދޫ ބުރާންޗަށް އައު ޖަނަރޭޓަރެއް ގެނެސްފި.
19 October 2025
4
"ރޯސް ބްލޫމްސް" ދ.ކުޑަހުވަދޫގައި މާ ވިއްކާ ފިހާރައެއް ހުޅުވައިފި
18 October 2025
2
މައިދާން ޔޫތު ޗެމްޕިއަންޝިޕް 2025 ގެ ގުރުނެގުން ކުރިއަށް ގެންގޮސްފި
10 September 2025
0
ޕްރޮޖެކްޓް އައްކަންގެ އިސްނެގުމާއިއެކު ދ.ވައްލަ ސާފުކޮށް ނިމިއްޖެއެވެ.
26 August 2025
4
ދ.އަތޮޅުގައި ވަދު ކަނދުފައްޗެއް ޤާއިމުކޮށްފި
25 August 2025
1
އަންހެނުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރުމުގައި ބައްޕައިންގެ ދައުރު
19 August 2025
0