ކުޑަހުވަދޫ ބޮޑުޢީދު ފުޓްސަލް ޗެލެންޖުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި
ކުޑަހުވަދޫ އޮންލައިންއިންކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ބުރަދާސް އެކަޑަމީގެ ޗެއާޕާސަން އިސްމާޢީލް އާދިލް ވިދާޅުވެފައިވަނީ، މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހަމަވާ ތާރީޚަކީ، ކުރިން އިޢުލާނު ކުރެވިފައިވާ ގޮތުން މިރޭ ކަމުގައެވެ. އެހެންނަމަވެސް ގިނަ ފަރާތްތަކެއްގެ އެދުމާއިއެކު މުއްދަތު 2 ދުވަހަށް އިތުރުކުރުމަށް ނިންމީ ކަމުގައެވެ.
މުޙައްމަދު އަމްޖަދު
ކުޑަހުވަދޫ ބޮޑުޢީދު ފުޓްސަލް ޗެލެންޖު 1446 ގައި ޓީމުތަކަށް ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ. ބޮޑު ޢީދާއި ދިމާކޮށް ބުރަދާސް އެކަޑަމީގެ ފަރާތުން އިންތިޒާމުކުރާ މި މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހަމަވާނީ މިހިނގާ މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ 12:00 އަށެވެ.
ކުޑަހުވަދޫ އޮންލައިނުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ބުރަދާސް އެކަޑަމީގެ ޗެއާޕާސަން އިސްމާޢީލް އާދިލް ވިދާޅުވެފައިވަނީ، މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހަމަވާ ތާރީޚަކީ، ކުރިން އިޢުލާނު ކުރެވިފައިވާ ގޮތުން މިރޭ ކަމުގައެވެ. އެހެންނަމަވެސް ގިނަ ފަރާތްތަކެއްގެ އެދުމާއިއެކު މުއްދަތު 2 ދުވަހަށް އިތުރުކުރުމަށް ނިންމީ ކަމުގައެވެ.
މުބާރާތުުގެ ޗެންޕިއަން ޓީމަށް 25000 ރުފިޔާ ހުށަހެޅިފައިވާ މި މުބާރާތަކީ، ކުޑަހުވަދޫގައި މިހާތަނަށް ބޭއްވޭ އެންމެ އަގުބޮޑު މުބާރާތްތަކުގެ ތެރޭގައި ހިމެނޭ މުބާރާތެއްކަން އާދިލް ފާހަގަކުރަށްވައެވެ. މި މުބާރާތުގެ ރަނަރަޕް ޓީމަށް 12000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހެޅިފައިވެއެވެ.
މި މުބާރާތަކީ ވާދަވެރި ރޫޙެއްގައި، އުފާވެރި މާޙައުލެއްގައި ޒުވާނުންނަށް ޢީދުގައި ކުޅެލަން ލިބޭނޭ މުބާރާތަކަށް ހެދުމަށް ބުރަދާސް އެކަޑަމީއިން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މިއީ ފޯރިގަދަ މުބާރާތަކަށް ހެދުމަށްމަށްޓަކައި ބުރަދާސް އެކަޑަމީއިން އަންނަނީ މަސައްކަތްކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް