ދ.އަތޮޅު ޤުރްއާން މުބާރާތަށް ބައިވެރިން ހޮވުމަށް ބާއްވާ ކުޑަހުވަދޫގެ އޮޑިޝަނުގައި ބައިވެރިވުމަށް ހުޅުވާލައިފި
އުޚްތު ޢާއިޝާ
ޤައުމީ މުބާރާތުގައި ބައިވެރިވާ ދ.އަތޮޅުގެ ބައިވެރިން ކަނޑައެޅުމަށް ކުރިޔަށްގެންދާ ދ.އަތޮޅު ޤުރްއާން މުބާރާތަށް ބައިވެރިން ހޮވުމަށް ބާއްވާ ކުޑަހުވަދޫގެ އޮޑިޝަންގައި ބައިވެރިވުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލައިފިއެވެ.
ކުޑަހުވަދޫގެ އޮޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 14 ޖޫން 2025 ވާ ހޮނިހިރު ދުވަހުގައެވެ. ބައިވެރިންގެ ލިސްޓު 16 ޖޫންވާ ހޯމަ ދުވަހު އަތޮޅު ކައުންސިލަށް ފޮނުވަން ޖެހެއެވެ. އެހެންކަމުން މިމުބާރާތުގައި ބައިވެރިވާންއެދޭ އެންމެހާ ބައިވެރިން 2025 ޖޫން 13 ވަނަ ދުވަހުގެ 18:00 ގެކުރިން ފޯމް ފުރުމަށް ފަހު ހުށައެޅުމަށް އިޢުލާނުގައި ވެއެވެ. ބައިވެރިން އޮޑިޝަންއަށް ހާޒިރުވާންޖެހޭ ގަޑި ވަކިން، ކައުންސިލުން އެ ބައިވެރިއަކަށް އަންގާނެއެވެ.
މުބާރާތުގައި ބައިވެރިވާނީ، ގޫގުލް ފޯމް ފުރާ ހުށައަޅައިގެންނެވެ. ފޯމް ކައުންސިލު އިދާރާގެ ފޭސްބުކް ޕޭޖުންނާއި، ވެބްސައިޓުން ލިބެން ހުންނާނެއެވެ. މި މުބާރާތުގެ މުޤައްރަރަކީ، ދ.އަތޮޅު ޤުރްއާން މުބާރާތުގެ މުޤައްރަރެވެ. އޮޑިޝަން އޮންނާނީ، 2025 ޖޫން 14 ވަނަ ދުވަހުގެ ހެނދުނު 08:00 އިން ފެށިގެން ކުޑަހުވަދޫ ކައުންސިލް އިދާރާގެ ކޮންފަރެންސްހޯލްގައެވެ.
ބައިވެރިވާން އެދޭ ފޯމުގެ ލިންކް: https://forms.gle/saXKNTiubsTrPRkU8
މުބާރާތުގެ ޤަވާއިދުގެ ލިންކް: https://drive.google.com/file/d/1RzyOQzsUNHTh4KPYoaYmbTIdA3nRcqyH/view?usp=sharing
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް