ޚަބަރު
މި ހަފުތާ ބަންދުގައި ސަލަފުގެ 2 ޝައިޚުން ދ.އަށް ވަޑައިގަންނަވަނީ
މި ހަފުތާ ބަންދުގައި އައްޝައިޚް ޢަބްދުއްސަލާމް ދާވޫދު އަދި އައްޝައިޚް މުޖުތަބާ ޙަމީދު ދ.އަތޮޅުގެ 3 ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިރޭ ދ.ކުޑަހުވަދޫއަށް ވަޑައިގަންނަވާނެއެވެ.
މި ހަފުތާ ބަންދުގައި އައްޝައިޚް ޢަބްދުއްސަލާމް ދާވޫދު އަދި އައްޝައިޚް މުޖުތަބާ ޙަމީދު ދ.އަތޮޅުގެ 3 ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިރޭ ދ.ކުޑަހުވަދޫއަށް ވަޑައިގަންނަވާނެއެވެ. މިއީ ޖަމްޢިއްޔަތުއް ސަލަފުގެ "ހަފުތާ ބަންދު ދަރުސް" ޕްރޮގުރާމުގެ ތެރެއިން މި ހަފުތާ ބަންދުގައި ދ.އަތޮޅުގެ ބައެއް ރަށްތަކުގައި ހިންގޭ ދަރުސް ޕްރޮގުރާމުތަކެއް ކުރިއަށް ގެންދިއުމަށް ކުރަށްވާ ދަތުރެކެވެ.
ދ.އަތޮޅުގެ 3 ރަށެއްގައި ހިންގޭ ދީނީ ދަޢުވަތުގެ ޕްރޮގުރާމުތަކުގެ އިތުރުން ތަރުބަވީ ޕްރޮގުރާމުތަކުގައި ޝައިޚުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އެގޮތުން މި ދަތުރުގެ ޕްރޮގުރާމުތައް، ދ.ކުޑަހުވަދޫގެ އިތުރުން ދ.މާއެނބޫދޫ އަދި ދ.ހުޅުދެލީގައި ކުރިއަށް ދާނޭކަމަށް، ޕްރޮގުރާމުތައް އިންތިޒާމުކުރުމުގައި އިސްކޮށް އުޅުއްވާ ފަރާތެއްކަމުގައިވާ ޔުނައިޓެޑު އިސްލާމިކް ސޮއިޓީގެ ރައީސް އަލްފާޟިލް އިސްމާޢީލް އާދިލް މަޢުލޫމާތު ދެއްވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، ދ.އަތޮޅުގެ 3 ރަށުގައި ކުރިއަށް ގެންދެވޭ މިޙަރަކާތްތަކަކީ ރަށްރަށުގެ ކައުންސިލުތަކުގެ އިތުރުން ޖަމްޢިއްޔާތަކުން އެއްބާރުލުން ދީގެން ކުރިއަށް ގެންދެވޭ ޙަރަކާތްތަކެއް ކަމުގައެވެ. އެގޮތުން ހުޅުދެލީގެ ހިޔާ ޖަމްޢިއްޔާ ގެ އިތުރުން އެރަށުގެ ހިއްސާ ޖަމްޢިއްޔާއިންވެސް ބައިވެރިވެއެވެ.
މި ދަތުރުގެ އެންމެ ޚާޢްޞަ އެއް ޙަރަކާތް މާދަމާ ރޭގައި ހުޅުދެލީގައި ކުރިއަށްދާނެއެވެ. އެއީ އައްޝައިޚް ޢަބްދުއްސަލާމް ދެއްވާ ޚާއްޞަ ދަރުހެވެ. މަޥްޟޫޢުއަކީ "ހިނދުކޮޅެއް" ކެވެ.
ޖަމްޢިއްޔަތުއް ސަލަފުގެ ފަރާތުން ކޮންމެ ހަފުތާއަކުު ބަންދާ ދިމާކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދީނީ ހޭލުންތެރިކުރުވުމުގެ ޙަރަކާތްތައް ކުރިއަސް ގެންދެއެވެ.
ލިޔުންތެރިޔާ
އެޑްމިން
މިހާތަނަށް ކޮމެންޓެއް ނެތް
ކުޑަހުވަދޫ ބޮޑު ޢީދު ފުޓްސަލް ޗެލެންޖުގެ ފޯރިގަދަ ފައިނަލް މެޗު މިރޭ
02 June 2026
0
ބޭއިންސާފު ނިންމުންތަކެއް؛ އެފް.އޭ.އެމްގެ ނިންމުން އަލުން ބެލުމަށް ކުޑަހުވަދޫ ކައުންސިލުން އިލްތިމާސްކޮށްފި.
28 May 2026
0
ޢަރަފާތް ދުވަހުގެ އެންމެ މާތް ދުޢާ: މާނައާއި މުހިންމުކަން
25 May 2026
0
އާއިލާއާއި ރައްޓެހިންނާއެކު މަސްދަތުރަކަށް ދާން ބޭނުންތަ؟ "އައްކޮ ފިޝިންގ" އަކީ ހަމަ އެއްވަނަ!
25 May 2026
0
ޢީދަށް މަރުޙަބާ ކިޔުމަށް ކުޑަހުވަދޫގެ ހިތްގައިމު "ފިތުރޯނު ސަރަހައްދު" ރައްޔިތުން ގުޅިގެން ސާފުކޮށްފި
24 May 2026
1
ޢީދަށް ތައްޔާރުވުމުގެ ގޮތުން "ވައްލަ" ސާފުކުރުމުގެ ޙަރަކާތެއް ބާއްވައިފި
24 May 2026
0