ބޮޑުޢީދަށް އައްޝައިޚް އާޒިމް ޚާލިދު ކުޑަހުވަދުއަށް ވަޑައިގެންފި
އެޑްމިން
ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޢައްޝައިޚް އާޒިމް ޚާލިދު ކުޑަހުވަދޫއަށް ވަޑައިގެންފިއެވެ.
ޝައިޚް އާޒިމް އަކީ ޒުވާނުންނާއި ގުޅޭ ޢިލްމީ މައުލޫމާތު ފޯރުކޮށްދިނުމުގައި މިފަހުން ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ޚާއްޞަގޮތެއްގައި މީސްމީޑިއާގައި ޝައިޚް އަންނަނީ ޝަޢުޤުވެރި ޕްރޮގުރާމުތަކާއި ކުލިޕްތައް ގެނެސްދެމުންނެވެ. ދީނީ ގޮތުން މުޖުތަމަޢު ހޭލުންތެރިކުރުމުގައި ޒުވާން ޝައިޚް އާޒިމް އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މިއަހަރުގެ ބޮޑު ޢީދުގައި ޝައިޚް ހުންނަވާނީ ކުޑަހުވަދޫގައެވެ. މިއީ ޔުނައިޓެޑު އިސްލާމިކް ސޮސައިޓީގެ ދަޢުވަތަކަށް ކުރަށްވާ ދަތުރެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް