ފެނަކަ ކުޑަހުވަދޫ ބުރާންޗަށް އައު ޖަނަރޭޓަރެއް ގެނެސްފި.
އެޑްމިން
ފެނަކަ ކުޑަހުވަދޫ ބުރާންޗަށް އައު ޖަނަރޭޓަރެއް މިޔަދު ގެނެސްފިއެވެ.
މިޔަދު މެންދުރުގެ ވަގުތެއްގައި ކުޑަހުވަދޫއަށް ގެނެވުނު އައު ޖަނަރޭޓަރަކީ 1000KW ގެ ޖަނެރޭޓަރެކެވެ. މި ޖަނަރޭޓަރު ކުޑަހުވަދޫއަށް ގެނެވި، ފެނަކަ ޢިމާރާތަށް މިހާރުވަނީ ގެންގޮސްފައެވެ.
ހަލުވި ދުވެލީގައި ތަރައްޤީވަމުން އަންނަ ކުޑަހުވަދޫގެ މުސްތަޤުބަލަށް ބަލާނަމަ ކަރަންޓުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ފުޅާކުރަންވަނީ ޖެހިފައެވެ. އެގޮތުން އަލަށް މީހުން އާބާދުވުމަށް ގެދޮރު ބިނާކުރަމުންދާ، ކުޑަހުވަދޫގެ ހިއްކި ސަރަޙައްދަށް ކަރަންޓުގެ ޚިދުމަތް ދިނުމަށް ފެނަކައިން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
ހިއްކި ސަރަޙައްދުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ފޯމަރުތަކުގެ އިންތައް ކައުންސިލުން މިހާރުވަނީ ވަކިކޮށްދީފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ފޯމަރުތައް ބެހެއްޓުމަށް ހެދޭ ސްޓޭޝަންތައް ރޭނުމުގެ ޢަމަލީ މަސައްކަތްތައް ފެށިގެންދާނޭކަމަށްވަނީ މަޢުލޫމާތު ލިބިފައެވެ.
މިޔަދު ކުޑަހުވަދޫއަށް ގެނެވުނު ޖަނަރޭޓަރަކީ، ކުޑަހުވަދޫގެ ކަރަންޓުގެ ޚިދުމަތް ރަނގަޅު ކުރުމަށް ފެނަކަ ކުޑަހުވަދޫ ބުރާންޗުގެ ފަރާތުން ކުރަމުންދާ މަސައްކަތަށް އިތުރުވި އައު ބޮޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް