“ބުރަދާސް އެކަޑަމީ ހޭންޑުބޯލް ޓޯނަމެންޓް 2025” މިއަދު ފަށައިފި
އެޑްމިން
“ބުރަދާސް އެކަޑަމީ ހޭންޑުބޯލް ޓޯނަމެންޓް 2025” މިއަދު ފަށައިފިއެވެ. ދެ އުމުރު ފުރައަކަށް ބަހާލައިގެން ކުރިއަށް ގެންދާ މިމުބާރާތް މިއަދު ހަވީރު އިފްތިތާޙު ކޮށްދެއްވީ ކުޑަހުވަދޫ ކައުންސިލުގެ ނައިބު ރައީސް އަލްފާޟިލާ ޠާޤާ އަޙްމަދެވެ.
މިއަދު ހަވީރު ފެށިގެންދިޔަ މި މުބާރާތުގައި 12 އަހަރުން ދަށުގެ 5 ޓީމުގެ އިތުރުން 16 އަހަރުން ދަށުގެ ބައިގައި 3 ޓީމެއް ބައިވެރިވެފައިވެއެވެ. މި މުބާރާތުގެ ފައިނަލު ކުޅުމަށް ހަމަޖެހިފައިވަނީ 21 ޖޫން ވާ ހޮނިހިރު ދުވަހުގައެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ކޭ.އެސް.އޭ އާއި ވިދާތަރި އެވެ. މި މެޗު 7 ލަނޑު 5 ލަނޑުން ކާމިޔާބު ކުރީ ވިދާތަރި ޓީމެވެ. ފުރަތަމަ މެޗުގެ މޮޅުކުޅުންތެރިޔާއަށް ހޮވިފައިވަނީ ވިދާތަރި ޓީމުގެ ޖާޒީ ނަންބަރ 7 ، މަރްޔަމް ސަނާޔާ ޝާމިހުއެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް