ކުޑަހުވަދޫ ޢީދު ފޯރި 1446 - ރައްޔިތުންގެ ބާބަކިޔު
އެޑްމިން
ކުޑަހުވަދޫ ޢީދު ފޯރި 1446ގެ ހަރަކާތްތަކުގެ ތެރެއިން މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ބާބަކިއު ނައިޓް ބަނދަރު ސަރަހައްދުގައި އޮންނާނެއެވެ.
މިރޭ 8:30 އިން 10:00 އަށް ބީޗްމާޓް ކުރިމަތީ ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ހަރަކާތަކީ ރަށުގެ ރައްޔިތުން އެއްތަނަކަށް ޖަމާވެ، އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކުރުމަށް ރޭވިފައިވާ ހަރަކާތެކެވެ.
ޢީދު ފޯރީގެ ހަރަކާތްތަކުގެ ތެރެއިން ބޭއްވޭ މި ބާބަކިއު ނައިޓްގައި ރަށުގެ ހުރިހާ ރައްޔިތުންނަށް ކައުންސިލުން ދަޢުވަތުވަނީ ދީފައެވެ.
ކުޑަހުވަދޫގެ ހުރިހާ މުވައްސަސާތަކެއްގެ އިތުރުން ޖަމްޢިއްޔާތަށް ބައިވެރިވާ މި ބާބަކިޔުގައި ބައިވެރިވެއެވެ. ބާބަކިޔުގައި ފިހުމަށް ބޭނުންވާ މަސް، ރޭގައި ކުރިއަށް ދިޔަ މަސްރޭހުގެ ޓީމުތަކުން ވަނީ ހަދިޔާ ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް