އެންމެ ބަރު މަސް، ރޯދި ޓީމުގެ ރިޖުވާން : ޢީދު އުފާ މަސްރޭސް
އެޑްމިން
“ޢީދު އުފާ މަސްރޭސް“ ގެ އެންމެ ދިގު އަދި އެންމެ ބަރު މަސް ބޭނި ފަރާތަކަށް ރޯދި ޓީމުގެ ރިޖުވާން ހޮވިއްޖެއެވެ.
ކުޑަހުވަދޫގައި ބޮޑު ޢީދު ފާހަގަ ކުރުމުގެ ގޮތުން މިއަދު ކުރިއަށް ގެންދިޔަ މަސްރޭސް ފެށިގެން ދިޔައީ 2:00 ގައެވެ. މުބާރާތުގައި ޖުމުލަ 6 ޓީމުން ވާދަކުރިއެވެ. ވަރަށް ފޯރިއާއި ޖޯޝާއިއެކު ކުރިއަށް ދިޔަ މުބާރާތުގެ ހުރިހާ ޓީމެއްވެސް މުބާރާތް ނިންމަންޖެހޭ ގަޑިއަށް (8:00) ވަނީ ރިޕޯޓްކޮށްފައެވެ.
މަސްރޭހުގެ އެއް ވަނަ ޓީމަކަށް ހޮވިފައިވަނީ 90 ކިލޯ ކިރުވައިގެން ރޯދި ޓީމެވެ. އަދި ދެވަނަ ޓީމަކަށް 82 ކިލޯ ކިރުވައިގެން ހޮވިފައިވަނީ ބަންކަރު ޓީމެވެ. އެންމެ ދިގު އަދި އެންމެ ބަރު މަސް ބޭނި ރިޖުވާނު ބާނާފައިވަނީ ފަރު ކަންނެއްޏެކެވެ. މަސްރޭހުގެ ޓީމުތަކުން ބޭނި މަސް ވަނީ މާދަމާ ރޭގައި ކައުންސިލުން އިންތިޒާމުކުރާ ބާބަކިޔު ނައިޓަށް ހަދިޔާކޮށްފައެވެ.
މަސްރޭސް އިންތިޒާމުކޮށް ކުރިއަށް ގެންގޮސްފައިވަނީ ޔުނައިޓެޑު އިސްލާމިކް ސޮސައިޓީގެ ފަރާތުންނެވެ. އެ ޖަމްޢިއްޔާއިން ޢީދުގެ ޙަރަކާތްތަށް ކުރިއަށް ގެންދަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންގެ ފުރިހަމަ ބައިވެރިވުމާއި އެކުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް