ޚަބަރު
ޓްރީޓޮޕް ހޮސްޕިޓަލުން ދ.ކުޑަހުވަދޫގައި ސިއްޙީ ކޭމްޕެއް ބާއްވަނީ
ޓްރީޓޮޕް ހޮސްޕިޓަލުން ދ.ކުޑަހުވަދޫގައި ސިއްޙީ ކޭމްޕެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ކޭމްޕް ކުރިއަށްދާނީ 2025 ވަނަ އަހަރުގެ މެއި މަހުގެ 16 އަދި 17 ވަނަ ދުވަހު ދ.އަތޮޅު ހޮސްޕިޓަލުގައެވެ.
މިއީ ޓްރީޓޮޕް ހޮސްޕިޓަލާއި، ދާލު އަތޮޅު ހޮސްޕިޓަލާއި، ދ.އަތޮޅު ކައުންސިލާއި، ދ.ކުޑަހުވަދޫ ކައުންސިލާއި، ދ.ކުޑަހުވަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އަދި މަންތާ އެއަރ ގުޅިގެން ކުރިއަށްގެންދާ ކޭމްޕެކެވެ.
ކޭމްޕުގައި ބައިވެރިވާ ޑޮކްޓަރުންގެ ތެރޭގައި ލޮލުގެ ޑޮކްޓަރު، ހަމުގެ ޚާއްޞަ ޑޮކްޓަރު، ކަށީގެ ޚާއްޞަ ޑޮކްޓަރު، ކަރުން މަތީގެ ޑޮކްޓަރު، ޖެނެރަލް ސަރޖަރީ ޑޮކްޓަރު، އަންހެނުންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުގެ އިތުރުން ކުޑަކަމުދާ ނިޒާމުގެ ޚާއްޞަ ޑޮކްޓަރު ހިމެނެއެވެ.
ޑޮކްޓަރުންނަށް ދެއްކުމަށް ބޭނުންވާ ފަރާތްތަކަށް ނަން ނޯޓުކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. ނަން ނޯޓުކުރުން ކުރިއަށްދާނީ ހަވީރު 4:30 އިން ރޭގަނޑު 9:30 އަށެވެ. ނަން ނޯޓުކުރުން ކުރިއަށްދާނީ 2025 މެއި މަހުގެ 15 ވަނަ ދުވަހުގެ ރޭގަނޑު 9:30 ހަމައަށެވެ. މި ކޭމްޕާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ދ.އަތޮޅު ހޮސްޕިޓަލުގެ ނަންބަރު 6760087 އަށް ގުޅައި މަޢުލޫމާތު ސާފުކުރެވޭނެއެވެ. އަދި ނަންނޯޓް ކުރުންވެސް ކުރިއަށް ގެންދެވޭނެއެވެ.
ލިޔުންތެރިޔާ
އާދަމް ޝާމް
މިހާތަނަށް ކޮމެންޓެއް ނެތް
ކުޑަހުވަދޫ ބޮޑު ޢީދު ފުޓްސަލް ޗެލެންޖުގެ ފޯރިގަދަ ފައިނަލް މެޗު މިރޭ
02 June 2026
0
ބޭއިންސާފު ނިންމުންތަކެއް؛ އެފް.އޭ.އެމްގެ ނިންމުން އަލުން ބެލުމަށް ކުޑަހުވަދޫ ކައުންސިލުން އިލްތިމާސްކޮށްފި.
28 May 2026
0
ޢަރަފާތް ދުވަހުގެ އެންމެ މާތް ދުޢާ: މާނައާއި މުހިންމުކަން
25 May 2026
0
އާއިލާއާއި ރައްޓެހިންނާއެކު މަސްދަތުރަކަށް ދާން ބޭނުންތަ؟ "އައްކޮ ފިޝިންގ" އަކީ ހަމަ އެއްވަނަ!
25 May 2026
0
ޢީދަށް މަރުޙަބާ ކިޔުމަށް ކުޑަހުވަދޫގެ ހިތްގައިމު "ފިތުރޯނު ސަރަހައްދު" ރައްޔިތުން ގުޅިގެން ސާފުކޮށްފި
24 May 2026
1
ޢީދަށް ތައްޔާރުވުމުގެ ގޮތުން "ވައްލަ" ސާފުކުރުމުގެ ޙަރަކާތެއް ބާއްވައިފި
24 May 2026
0