ކޭ.އެސް.ސީ ގެ 3 ވަނަ ބީޗް ހޭންޑް ބޯލް މުބާރާތް ޖުލައި މަހުގައި
އެޑްމިން
ކުޑަހުވަދޫ ސްޕޯޓްސް ކުލަބުގެ 3 ވަނަ ބީޗް ހޭންޑު ބޯލް މުބާރާތް މި އަހަރުގެ ޖުލައިމަހުގައި އޮންނާނެކަން އެ ކުލަބުން އިޢުލާނުކޮށްފިއެވެ.
މުބާރާތް ކުރިއަށް ދާނީ 2 ޑިވިޝަނަކަށް ބަހާލެވިގެންނެވެ. އެއީ އަންހެން އަދި ފިރިހެން ޑިވިޝަނެވެ. މު މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމުތައް ރަޖިސްޓްރީ ވުމަށް ޖޫން މަހުގައި ހުޅުވާލެވޭނެއެވެ.
މިދިޔަ އަހަރެކޭވެސް އެއްގޮތަށް މިއަހަރުގައިވެސް ކުޑަހުވަދޫ ސްޕޯޓްސް ކުލަބުގެ ބީޗް ހޭންޑް ބޯލް މުބާރާތް މުޅި ރާއްޖެއަށް ހުޅުވާލާފައި ވާކަމުގައި އެ ކުލަބުގެ ރައީސް އިސްމާޢީލް ފާރިޝް ވަނީ ވިދާޅުވެފައެވެ.
މި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނާގެ ގޮތުގައި ގާފު ސުޕޯޓްސް ހަމަޖެހިފައިވާއިރު ފޮޓޮގުރަފީ އެންޑް ގުރެފިކްސް ޕާޓްނާގެ ގޮތުގައި ހޭންޑްބޯލް ނޭޝަން ވަނީ ހަމަޖެހިފައެވެ. އަދި ސްޓްރީމިންގ ޕާޓްނާއަށް އިވެންޓްސް ކުޑަހުވަދޫ ހަމަޖެހިފައިވާއިރު ކިޓް ޕާޓްނާއަށް މެނީ މޯލްޑިވްސް ވަނީ ހަމަޖެހިފައެވެ.
ޖުލައިމަހުގައި އޮންނަ މި މުބާރާތް ކުރިއަށްދާނީ ކުޑަހުވަދޫ ސާފް ބީޗުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް