ދީން
ދަރިންނަށް ދުޢާކުރުމުގައި ސަމާލުވާންވީ!
އެހެންކަމުން މައިންބަފައިން ތަރުބިއްޔަތު ކުރުމުގެ އުކުޅުތަކާއި ހުނަރުތައް ދެނެގަންނަން ޖެހެއެވެ. އަދި އެކުދިންގެ އެންމެހާ ކަންކަން ރާވައި ތަރުތީބު ކުރަމުންދާއިރު ބެލެނިވެރިޔާ ނުވަތަ މައިންބަފައިންގެ ދުޢާއަކީ އެކުދިންނަށް ނުހަނު މުހިއްމު އެއްޗެކަން އެނގެން އެބަޖެހެއެވެ.
ދަރިންނަކީ މާތް الله ދެއްވާ ވަރަށްވެސް ބޮޑު ނިޢުމަތެކެވެ. އަމާނާތެކެވެ. ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތުކުރެވިއްޖެނަމަ އެކަމުގެ ފުރިހަމަ އަޖުރު އެއިލާހު، އެދަރިންގެ މައިންބަފައިންނަށް ދެއްވައެވެ.
އެހެންކަމުން މައިންބަފައިން ތަރުބިއްޔަތު ކުރުމުގެ އުކުޅުތަކާއި ހުނަރުތައް ދެނެގަންނަން ޖެހެއެވެ. އަދި އެކުދިންގެ އެންމެހާ ކަންކަން ރާވައި ތަރުތީބު ކުރަމުންދާއިރު ބެލެނިވެރިޔާ ނުވަތަ މައިންބަފައިންގެ ދުޢާއަކީ އެކުދިންނަށް ނުހަނު މުހިއްމު އެއްޗެކަން އެނގެން އެބަޖެހެއެވެ.
ލޮބުވެތި މައިންބަފައިންނެވެ. ތިޔަ މައިންބަފައިން ދަރީންނަށް ޓަކައި ކުރާ ހެޔޮ ދުޢާ އަދި ދަރީންގެ މައްޗަށް ކުރެވޭ ނުވަތަ ކުރާ ބަދު ދުޢާއަކީވެސް އިޖާބަވެގެންވާ ދުޢާއެކެވެ. އަހަރެމެންގެ ލޮބުވެތި ނަބިއްޔާ ﷺ ޙަދީޘްކުރައްވާފައިވެއެވެ.
ثَلاثُ دَعَوَاتٍ يُسْتَجَابُ لَهُنَّ لا شَكَّ فِيهِنَّ : دَعْوَةُ الْمَظْلُومِ ، وَدَعْوَةُ الْمُسَافِرِ ، وَدَعْوَةُ الْوَالِدِ لِوَلَدِهِ
[رواه ابن ماجه (3862) وحسنه الألباني في سلسلة الأحاديث الصحيحة(596) ]
[ولفظ الإمام أحمد (7197) :وَدَعْوَةُ الْوَالِدِ عَلَى وَلَدِهِ ]
މާނައީ:
"ތިން މީހެއްގެ ދުޢާ އިޖާބަވުމާމެދު ޝައްކެއްނެތެވެ. އަނިޔާ ލިބެމުންދާ މީހާގެ ދުޢާއާއި، ދަތުރުވެރިޔާގެ ދުޢާ އާއި ބައްޕަ ދަރިފުޅަށް ކުރާ ދުޢާއެވެ."
އިމާމު އަޙްމަދުގެ ރިވާޔަތުގެ ލަފުޒުގައިވެއެވެ. "އަދި ބައްޕަ ދަރިފުޅުގެ މައްޗަށް ކުރާ ބަދު ދުޢާއެވެ."
ތަރުބިއްޔަތު ކުރުމުގައި ވިސްނަންވީ ކަމަކީ ދަރިންނަކީ ކުށް ކުރެވޭނެ ނުވަތަ މައިންބަފައިން ނުރުހޭ ކަންކަން ކުރެވޭނެ ބައެއްކަމެވެ. މައިންބަފައިން ރުޅިއަންނަ ކަމެއް ދަރީންގެ ފަރާތުން ދިމާވާ ހިނދު، ދަރީންނަށް ބަދު ދުޢާ ކުރެވުމަކީ ބައެއްފަހަރު ނަމަވެސް މައިންބަފައިންނަށް ކުރެވޭ ކުށެކެވެ.
އެހެންނަމަވެސް ކުރަންވީ ކަމަކީ ކޮބައިކަން ވިސްނާލައްވާށެވެ. އެކުދިންނާމެދު ކެތްތެރިވެވޭތޯ ބަލާށެވެ. އަދި އެކުދިންނަށް ހިދާޔަތު ދެއްކެވުމަށްއެދި ދުޢާކުރާށެވެ. އެކުދިންގެ ކަންކަން އިޞްލާޙްކޮށްދެއްވުމަށާއި ހެޔޮވިސްނުމާއި ހެޔޮ ރަނގަޅު ގޮތްވުމަށްއެދި ދުޢާ ދަންނަވާށެވެ. އަދި ބައެއްފަހަރު އެދަރިންނަށް ދުޢާކުރާ އަޑު އިއްވާށެވެ.
މައިންބަފައިންނޭވެ. ވިސްނާށެވެ. ތިބާއަށް ތަރުބިއްޔަތު ތިޔަކުރެވެނީ الله ގެ ދީނަށް ނަޞްރުދޭނޭ މުވާޠިނެއް ހެއްޔެވެ؟ ނުވަތަ އެދީނާ ބީރަށްޓެހި ދަރިއެއްތޯއެވެ؟
މާތް الله އަޅަމެންނާއިމެދު ރަޙުމްކުރާވަރު ހިތަށްގެނެސްބަލާށެވެ. ދަރިންގެ ކަންކަމާއި ރުޅި އިސްކުރެވި، މައިންބަފައިންނަށް ކުރެވޭ ނުވަތަ ކުރާ، ނުވަތަ ބުނެވޭ ބަދު ބަސްތައް އިޖާބަ ނުކުރަށްވާކަމީ އެއިލާހުގެ އޯގާވަންތަކަމާއި ރަޙްމަތުގެ ބޮޑުކަމެވެ. މާތް الله ވަޙީކުރަށްވާފައިވެއެވެ.
وَلَوْ يُعَجِّلُ اللهُ لِلنَّاسِ الشَّرَّ اسْتِعْجَالَهُم بِالْخَيْرِ لَقُضِيَ إِلَيْهِمْ أَجَلُهُمْ فَنَذَرُ الَّذِينَ لاَ يَرْجُونَ لِقَاءنَا فِي طُغْيَانِهِمْ يَعْمَهُونَ | يونس/11 .
މާނައީ:
"ހެޔޮކަމާއި، ޘަވާބު އަވަސްކޮށްދެއްވުމަށް މީސްތަކުން އެދޭހިނދު، އެކަން އަވަސްކޮށްދެއްވާ ފަދައިން، الله އެއުރެންނަށް ނުބަޔާއި، ޢިޤާބު އަވަސްކޮށްދެއްވާނަމަ، އެއުރެންގެ އަޖަލުޖެހި، އެހިނދު އެހިނދަށް ނިމިއްޖައީހެވެ. ފަހެ، (ޤިޔާމަތް ދުވަހުން) ތިމަންއިލާހާ ބައްދަލުވާން ނޭދޭމީހުން އެއުރެންގެ ފުރެދުމުގައި، ދެފުށު އެޅިއެޅިތިބޭ ޙާލު، އެއުރެން ދޫކޮށްލައްވައި، ބައިތިއްބަވާހުށީމެވެ."
މާތް الله ގެ އާޔަތްތަކާއިމެދު ފުންކޮށްވިސްނަވާށެވެ. ދަރިންނަށް ދުޢާކުރުމުގައި ހެދޭ ގޯސްތަކާއިމެދު ފާރަވެރިވެ ފަރުވާތެރިވާށެވެ. އެކުދިންގެ ކުރިއެރުމާއި މުސްތަޤުބަލަށް މައިންބަފައިންގެ ދުޢާވަރަށް މުހިއްމެވެ.
ލިޔުންތެރިޔާ
މުޙައްމަދު އަމްޖަދު
މިހާތަނަށް ކޮމެންޓެއް ނެތް
ކުޑަހުވަދޫ ބޮޑު ޢީދު ފުޓްސަލް ޗެލެންޖުގެ ފޯރިގަދަ ފައިނަލް މެޗު މިރޭ
02 June 2026
0
ބޭއިންސާފު ނިންމުންތަކެއް؛ އެފް.އޭ.އެމްގެ ނިންމުން އަލުން ބެލުމަށް ކުޑަހުވަދޫ ކައުންސިލުން އިލްތިމާސްކޮށްފި.
28 May 2026
0
ޢަރަފާތް ދުވަހުގެ އެންމެ މާތް ދުޢާ: މާނައާއި މުހިންމުކަން
25 May 2026
0
އާއިލާއާއި ރައްޓެހިންނާއެކު މަސްދަތުރަކަށް ދާން ބޭނުންތަ؟ "އައްކޮ ފިޝިންގ" އަކީ ހަމަ އެއްވަނަ!
25 May 2026
0
ޢީދަށް މަރުޙަބާ ކިޔުމަށް ކުޑަހުވަދޫގެ ހިތްގައިމު "ފިތުރޯނު ސަރަހައްދު" ރައްޔިތުން ގުޅިގެން ސާފުކޮށްފި
24 May 2026
1
ޢީދަށް ތައްޔާރުވުމުގެ ގޮތުން "ވައްލަ" ސާފުކުރުމުގެ ޙަރަކާތެއް ބާއްވައިފި
24 May 2026
0