ރިޕޯޓް
މިނިވަންކަމަކީ ހަމައެކަނި ތާރީޚެއް ނޫނެވެ!
މިނިވަންކަމަކީ ހަމައެކަނި ޙައްޤެއް ނޫނެވެ. އެހެންނަމަވެސް އެއީ ވާޖިބެކެވެ. އެއީ ޞުލްޙަ ޙިމާޔަތްކޮށް، ޤައުމަށް ޚިދުމަތްކޮށް، މަސައްކަތްތައް އިންސާފުވެރި ކަމާއެކު ރުކުރުވާލެވޭނެ ހަމައެކަނި މަގެވެ.
މިނިވަންކަމަކީ ހަމައެކަނި ކަލަންޑަރެއްގައި ލިޔެފައިވާ ތާރީޚަކަށްވުރެ މާބޮޑު ކަމެކެވެ. އެއީ އިޙްޞާސެއް، ތަރިކައެއް، އަދި ޖީލުތަކެއްގެ ތެރޭގައި ވިދާލާ އަލިކަމެކެވެ. އެއީ ކުރިމަތިލުންތަކާއި، ޤުރުބާނީތަކާއި، ހުވަފެންތަކެއްގެ އިތުރުން އެއްބައިވަންތަކަމުގެ ނަތީޖާއެވެ. ލިބިފައިވާ ނިޢުމަތަށް ޝުކުރުކޮށް، އެއީ އަގުހުރި އެއްޗެއް ކަމަށް ޤަބޫލުކުރާ ހިސާބަކީ މިނިވަންކަން ފެށޭ ހިސާބޭ ބުނެވިދާނެއެވެ.
ކަރާމަތްތެރިކަމާއެކު ދިރިއުޅުމާއި، އަމިއްލައަށް އިޚްތިޔާރުކުރުމާއި، އަމިއްލަ މުސްތަޤްބަލް ބިނާކުރުމަކީ މިނިވަން ކަމުގެ އަސާސެވެ. ވުމާއެކު މިނިވަންކަމަކީ އެހެން ބަޔަކަށް ބަރޯސާވުމެއް ނެތި ކޮޅަށް ތެދުވެ، ކޮންމެ ފަރުދަކަށްވެސް ފަޚުރުވެރިކަމާއެކު ހިނގާލުމުގެ ފުރުޞަތު ލިބިގެންދިއުމެވެ. އެއީ ބިރުވެތިވާން ޖެހޭ ފަރާތަށް ބިރުވެތިވެ، ހަޤީޤަތާއެކު ވާހަކަ ދައްކައި، ހިތްވަރާއެކު ޢަމަލުކުރުމުގެ ބާރެވެ.
ޤުރުބާނީއެއް ވުމެއް ނެތި މިނިވަންކަން ލިބުމަކީ ނާދިރު ކަމެކެވެ. މިނިވަންކަމާއެކު ވިހުރެމުންދާ ކޮންމެ ދިދައެއްގެ ފަހަތުގައިވެސް އަނިޔާވެރިކަމާ ދެކޮޅަށް ތެދުވި ބަޔަކު ތިބޭނަކަން ކަށަވަރެވެ.
މިނިވަންކަމުގެ މަޢުޟޫއަށް ވާހަކަ ދައްކާނަމަ ޒިކުރު ކުރެވޭނީ މިދެންނެވުނު މީހުންގެ ނަންތަކެވެ. އެމީހުންގެ ހިތްވަރުން އަޅުގަނޑުމެންނަށް ލިބިގެންދާ އަގުހުރި ފިލާވަޅަކީ އެއް މަޤުސަދެއްގައި އެކުގައި ތިބެގެން މެނުވީ، މިނިވަންކަންމަތީ ދެމި ނުތިބެވޭނޭ ކަމެވެ.
ޢަދުލުވެރިކަމާއެކު އިންސާފުވެރި މަގުން އެއްކިބާނުވެ، ރަނގަޅު މަޤްޞަދެއްގައި އެއްބައިވެގެން އުފެދިގެންދާ ބާރަކީ، ނުޙައްޤުން އުފެދިފައިވާ އެންމެ ބޮޑެތި ބާރުތައްވެސް ބަލިކުރެވޭނެ އެއްޗެކެވެ. އެހެން ނަމަވެސް ހަނދާނުން ކަސިޔާރުވިޔަ ނުދެންވީ، އުފުލަންޖެހޭ ޒިންމާތަކުން ބަރީޢަނުވެ، އިޚްލާޞްތެރި ކަމާއެކު ޒިންމާ އުފުލައިގެން މެނުވީ މިނިވަންކަން ދެމިއެއް ނޯންނާނެކަމެވެ.
މިނިވަންކަމަކީ ހަމައެކަނި ޙައްޤެއް ނޫނެވެ. އެހެންނަމަވެސް އެއީ ވާޖިބެކެވެ. އެއީ ޞުލްޙަ ޙިމާޔަތްކޮށް، ޤައުމަށް ޚިދުމަތްކޮށް، މަސައްކަތްތައް އިންސާފުވެރި ކަމާއެކު ރުކުރުވާލެވޭނެ ހަމައެކަނި މަގެވެ.
މާތް ވެގެންވާ މަތިވެރި އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި، ބާޠިލު އެންމެހާ މަގުން އެއްކިބާވެގެން ތިބުމަށް ވުރެއް ވަކިން ބޮޑު މިނިވަން ކަމެއް ނޯންނާއެވެ. އަޅުގަނޑުމެންގެ ޤައުމު މިނިވަންކަން ހިމާޔަތް ކުރުމަކީ އަޅުގަނޑުމެންގެ ޒިންމާއެކެވެ. މިއީ ހަމައެކަނި ދުލާއި ޤަލަމުގެ ތުނޑުން އުފުލޭނޭ ޒިންމާއެއް ނޫނެވެ. މިކަމުގެ ޢަމަލީ މަސައްކަތް މެދުނުކެނޑި ކުރެވިގެން ނޫނީ ޙަޤީޤީ މާނާގައި މިނިވަންކަމެއް ނޯންނާނެއެވެ. ޢަމަލުގެ ތެރެއިން، ތެދުވެރިކަމާއި، އޯގާތެރިކަމާއިއެކު، ބުރަ މަސައްކަތުން ކުރެވޭ ކޮންމެ ކަމަކުން ޤައުމުގެ މިނިވަންކަމުގެ ވަރުގަދަކަން އިތުރުކޮށްދޭނެކަން ކަށަވަރެވެ. މިކަމުގައި، ތިމާއަށް ޤައުމު ކޮށްދެނީ ކޮން ކަމެއްތޯ ބެލުމެއް ނެތި، ތިމާ ޤައުމަށް ކަމެއް ކޮށްދެވޭތޯ ބަލާށެވެ.
މިނިވަންކަމަކީ ހަމައެކަނި ތާރީޚެއް ނޫނެވެ. އެއީ އަޅުގަނޑުމެންގެ ދިރިއުޅުމަށް އަލިކޮށްދޭ ދަންމަރެވެ. އެއީ ކެރިގެން ހުވަފެން ދެކި، މިނިވަންކަމާއެކު ކުރިމަތިލައި، އަމާނާތްތެރިކަމާއެކު ޚިދުމަތް ކުރުމެވެ.
ލިޔުންތެރިޔާ
ރިޟާ
މިހާތަނަށް ކޮމެންޓެއް ނެތް
ކުޑަހުވަދޫ ބޮޑު ޢީދު ފުޓްސަލް ޗެލެންޖުގެ ފޯރިގަދަ ފައިނަލް މެޗު މިރޭ
02 June 2026
0
ބޭއިންސާފު ނިންމުންތަކެއް؛ އެފް.އޭ.އެމްގެ ނިންމުން އަލުން ބެލުމަށް ކުޑަހުވަދޫ ކައުންސިލުން އިލްތިމާސްކޮށްފި.
28 May 2026
0
ޢަރަފާތް ދުވަހުގެ އެންމެ މާތް ދުޢާ: މާނައާއި މުހިންމުކަން
25 May 2026
0
އާއިލާއާއި ރައްޓެހިންނާއެކު މަސްދަތުރަކަށް ދާން ބޭނުންތަ؟ "އައްކޮ ފިޝިންގ" އަކީ ހަމަ އެއްވަނަ!
25 May 2026
0
ޢީދަށް މަރުޙަބާ ކިޔުމަށް ކުޑަހުވަދޫގެ ހިތްގައިމު "ފިތުރޯނު ސަރަހައްދު" ރައްޔިތުން ގުޅިގެން ސާފުކޮށްފި
24 May 2026
1
ޢީދަށް ތައްޔާރުވުމުގެ ގޮތުން "ވައްލަ" ސާފުކުރުމުގެ ޙަރަކާތެއް ބާއްވައިފި
24 May 2026
0