ދީން
އަމިއްލަ ނަފްސާއި އެހެންމީހުންގެ ނަފްސުގެ ސަލާމަތާއި ރައްކާތެރިކަން: 1
އިންޓަނެޓާއި މީޑިއާ ނެޓުގެ ދުނިޔޭގައި މީސްތަކުންވަނީ ބަނދެވިފައެވެ. ކުޑަކުދިންނާއި ބޮޑެތި މީހުންނާއި ޒުވާނުންނާއި މުސްކުޅިންވެސް މިވަނީ ސްކްރީންްތަކުގެ ދަށުގައި ތާށިވެފައެވެ. ހެޔޮގޮތުގައި ސޯޝިއަލް މީޑިއާގެ ވަޞީލަތްތައް ބޭނުންކުރާ މީހުންގެ ނިސްބަތް ވަރަށް މަދެވެ. މިކަމުގެ ސަބަބުން ދަރިންނަށް އިސްލާމްދީނުގެ ރިވެތި އާދަތަކާއި އުޞޫލުތައް ދަސްކޮށްދިނުމަށް މައިންބަފައިން ނުކުޅެދިފައިވާއިރު، އެކުދިން ސޯޝިއަލް މީޑިއާގެ ބޭނުން ހިފަމުންދަނީ އެންމެ އެކަށިގެންވާ ރަނގަޅު ގޮތުގައެއްނޫނެވެ.
މުޅި އިންސާނިއްޔަތު ޖާހިލުކަމުގެ އަނދިރީގައިވަނިކޮށް ލޮބުވެތި ރަސޫލާ މުޙައްމަދު ﷺ އަށް އިސްލާމީ ރިސާލަތު ބާވައިލެއްވީ ހަމަހަމަކަމާއި ޢަދުލް އިންޞާފު ބިންމަތީގައި ޤާއިމްކުރުމަށާއި އުޚްރަވީ ޙަޔާތައް މަގުދެއްކުމައްޓަކައެވެ. ދުވަސްވަރަކީ މީސްތަކުން އެބައިމީހުންގެ އަމިއްލަ ދަރިން ދިރިތިއްބައި ވަޅުލަމުންދިޔަ އިންސާނިއްޔަތުގެ ކުޑަވެސް މިންވަރެއް ނުވާ ދުވަސްވަރެވެ. އަނބިންގެންގުޅެމުން އައީ އަޅުންގެ ދަރަޖައުގައެވެ. އަޅުންނާމެދު އެހާމެ އިހާނެތިކޮށް ކަންތައް ކުރެވެމުންދިޔައެވެ. އެބައިމީހުންގެ އަމިއްލަ ނަފްސުތައް އެތަކެއް ފާފަތަކުގެ ތެރެއަށް ޣަރަޤުވެފައިވީ ދުވަސްވަރެވެ.
އިސްލާމްދީން ﷲ ބާވައިލެއްވީ އެންމެ ފުރިހަމަ ދީނުގެ ގޮތުގައެވެ. މި ދީނުގައި އެއްވެސް ކަމެއް ދޫކޮށްލެވިފައެއް ނުވެއެވެ. އިންސާނާ އޭނާގެ ރައްބަށް އަދާކުރަންޖެހޭ ޙައްޤުތައް ދަސްކޮށްދެއްވާފައި ވާފަދައިން، އޭނާ، އޭނާގެ އަމިއްލަނަފްސައް އަދާކުރަންޖެހޭ ޙައްޤުތަކާއި އެހެނިހެން އަފުރާދުންގެ ޙައްޤުތަކަށް ބެލުމަށް އިސްލާމްދީން ދަސްކޮށްދެއްވާފައިވެއެވެ. މާތް ﷲ މި އިސްލާމީ އުއްމަތަކީ އެންމެ ހެޔޮ އުއްމަތްކަން ބަޔާންކުރައްވައި އާލް ޢިމްރާނު ސޫރަތުގެ 110 ވަނަ އާޔަތުގެ މާނައިގައިވެއެވެ. '' މީސްތަކުންނައްޓަކައި ނެރުއްވި އެންމެ ހެޔޮ އުއްމަތްކަމުގައި، ތިޔަބައިމީހުން ވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތައްތަކަށް އަމުރު ކުރަމުއެވެ. އަދި ނުބައި ކަންތައް ނަހީ ކުރަމުއެވެ. އަދި ތިޔަބައި މީހުން މާތް ﷲ އަށް އީމާންވަމުއެވެ..''
މިއާޔަތުން އިސްލާމްދީނުގައި އެކަކު އަނެކަކާ ދެމެދުގައިވާ ގުޅުން ވަރަށް ފުރިހަމައަށް އެނގި ބަޔާންވެގެންދެއެވެ. އަދިވެސް ﷲ ގެ ޙަޟުރަތުގައި އިސްލާމްދީންނޫން އެހެންދީނެއް ޤަބޫލުވެވިގެން ނުދާކަން އެނގެނީ، އާލް ޢިމްރާން ސޫރަތުގެ 19 ވަނަ އާޔަތައް ބަލާލުމުންނެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައީ: '' ހަމަކަށަވަރުން، ﷲ ގެ ޙަޟުރަތުގައި، ދީނަކީ އިސްލާމްދީނެވެ.'' މިހެންކަމުުން މިހާ ފުރިހަމަ ޝާމިލު ދީނެއްގައި އަމިއްލަ ނަފްސާއި އެހެން މީހުންގެ ނަފްސުގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދީފައިވާނެ މިންވަރު އެނގި ހާމަވެއެވެ.
އެހެނަސް އަދަކީ، މުޖުތަމަޢުގެ ހަލަބޮލިކަން އިތުރުވެފައިވާ ދުވަސްވަރެވެ. އިންޓަނެޓާއި މީޑިއާ ނެޓުގެ ދުނިޔޭގައި މީސްތަކުންވަނީ ބަނދެވިފައެވެ. ކުޑަކުދިންނާއި ބޮޑެތި މީހުންނާއި ޒުވާނުންނާއި މުސްކުޅިންވެސް މިވަނީ ސްކްރީންތަކުގެ ދަށުގައި ތާށިވެފައެވެ. ހެޔޮގޮތުގައި ސޯޝިއަލް މީޑިއާގެ ވަޞީލަތްތައް ބޭނުންކުރާ މީހުންގެ ނިސްބަތް ވަރަށް މަދެވެ. މިކަމުގެ ސަބަބުން ދަރިންނަށް އިސްލާމްދީނުގެ ރިވެތި އާދަތަކާއި އުޞޫލުތައް ދަސްކޮށްދިނުމަށް މައިންބަފައިން ނުކުޅެދިފައިވާއިރު، އެކުދިން ސޯޝިއަލް މީޑިއާގެ ބޭނުން ހިފަމުންދަނީ އެންމެ އެކަށިގެންވާ ރަނގަޅު ގޮތުގައެއްނޫނެވެ. އެކަން ހާމަވެގެންދަނީ ތަފާތު އެކި ގޭމުތަކާއި ސީރީސްތަކާއި މިނޫންވެސް ތަކެތީގެ ސަބަބުން އެކުދިންގެ އުޅުމަށް އައިސްފައިވާ ބަދަލު މުޖުތަމަޢުން ފެންނަމުންދާތީއެވެ.
އިންޓަނެޓާއި ގޭމްތަކުގެ ދޮށުގައި ރޭގަނޑުގެ ބޮޑުބައެއް ހޭދަކުރަމުންދާއިރު ނަމާދާއި ދީނުގެ އެހެނިހެން އަޅުކަންތަކަށް ޒުވާނުން ދަނީ އިހުމާލުވަމުންނެވެ. މިއީ އަމިއްލަ ނަފްސުތަކަށް ދެވޭ ވަރަށްބޮޑު އަނިޔާއެކެވެ. ސްކްރީންގެ ސަބަބުން ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުންވެސް ގެއްލުންވާކަމަށް ސިއްޙީ ދާއިރާގެ ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ. މިހެންކަމުން ތިމާގެ އަމިއްލަ ނަފްސާއި އަނެކުންގެ ރައްކާތެރިކަމަށް އިސްލާމް ދީނުގައި އަހަމިއްޔަތުކަން ދީފައިވާ މިންވަރު އޮތްނެތްގޮތް އެނގުން މުހިންމެވެ.
ލިޔުންތެރިޔާ
މުޙައްމަދު އަމްޖަދު
މިހާތަނަށް ކޮމެންޓެއް ނެތް
ކުޑަހުވަދޫ ބޮޑު ޢީދު ފުޓްސަލް ޗެލެންޖުގެ ފޯރިގަދަ ފައިނަލް މެޗު މިރޭ
02 June 2026
0
ބޭއިންސާފު ނިންމުންތަކެއް؛ އެފް.އޭ.އެމްގެ ނިންމުން އަލުން ބެލުމަށް ކުޑަހުވަދޫ ކައުންސިލުން އިލްތިމާސްކޮށްފި.
28 May 2026
0
ޢަރަފާތް ދުވަހުގެ އެންމެ މާތް ދުޢާ: މާނައާއި މުހިންމުކަން
25 May 2026
0
އާއިލާއާއި ރައްޓެހިންނާއެކު މަސްދަތުރަކަށް ދާން ބޭނުންތަ؟ "އައްކޮ ފިޝިންގ" އަކީ ހަމަ އެއްވަނަ!
25 May 2026
0
ޢީދަށް މަރުޙަބާ ކިޔުމަށް ކުޑަހުވަދޫގެ ހިތްގައިމު "ފިތުރޯނު ސަރަހައްދު" ރައްޔިތުން ގުޅިގެން ސާފުކޮށްފި
24 May 2026
1
ޢީދަށް ތައްޔާރުވުމުގެ ގޮތުން "ވައްލަ" ސާފުކުރުމުގެ ޙަރަކާތެއް ބާއްވައިފި
24 May 2026
0