ވާހަކަ
ވާހަކަ: އާބިދާ (ފުރަތަމަބައި)
މަގުގެ ދެފަރާތުގައި ބިޔަކޮށް ހެދިފައިހުރި ރުއްގަސްތަކުގެ ހިޔާ ރީތިކޮށް މަގަށްވަނީ އެޅިފައެވެ. ޖެހެމުންދިޔަ މަޑުމަޑު ވައިރޯޅިން ރުއްތަކުގެ ފަންތައް މަޑުމަޑުން ހެލިލަ ހެލިލާ ހުއްޓެވެ. މަގުގެ ހަނިކަމާއި ހެދިފައިހުރި އެހެނިހެން ފެހިބޯ ގަސްތަކުހެ ސަބަބުން ހިތަށް ހިތްހަމަޖެހުން ގެނުވައެވެ. އެއީ ރަށުގެ ފުއްޓަރަށް ދާން އޮންނަ ހަނި ދިގު މަގެވެ. މީހުން ދިރިއުޅޭ ހިސާބާ ދުރުގައިވާ މަގެކެވެ.
ހަވީރުގެ ވަގުތަށް ވެފައި މީހުން ޢާއްމުކޮށް ގޮސްއުޅޭ ހިސާބަކަށް ނުވުމުން މުޅި މާޙައުލަށް ވެރިވެފައިވަނީ އާދަޔާ ޚިލާފު ހަމަހިމޭންކަމެކެވެ. އެ ހަނި މަގުން ހިނގާފައިދާ މީހަކަށް އިވޭނީ، ކުދި ފަނިފަކުސާ ގޮވާ އަޑާއި ދޭތެރެ ދޭތެރެއިން ގޮވާލާ ކާޅެއް ނުވަތަ ކޮވެލީގެ އަޑާއި މާދުރުން ފުއްޓަރަށް ބިންދަމުންދާ ރާޅުގެ އަޑެވެ.
އިރު އޭގެ ވާޖިބު އަދާކޮށް އޮއްސެންދާ ވަގުތާއި ގާތްކޮށް އާބިދާ އެ ހަނިމަގުން ފުއްޓަރަށް ފައިބާން އެދަނީ ހަމަގައިމުވެސް ބޮޑު ފިކުރެއްގައެވެ. އޭނާގެ ފަރުވާކުޑަ ހިނގުމާއެކުވެސް، މަގުން ކުރިއަށް ފައިބައިގެން ދާގޮތުން އެއީ އޭނާ ޢާއްމުކޮށް އައިސް އުޅޭ ހިސާބެއްކަން ޔަޤީނެވެ.
އާބިދާ އޭނާގެ ފަރުވާކުޑަ ހިނގުމުގައި ގޮސް އެ މަޑުކޮށްލީ މޫދުގެ ރާޅު ޖަހާފަށުގައި އޮތް ލަކުޑި ބުރިއެއް މަތީގައެވެ. ޖަހާ ރާޅަކަށް، ލޮނުގެ އަސަރަކަށް ފަރުވާލެއް ނެތޭ ބުނާކަހަލައެވެ. އޭނާގެ ހެދުމުގެ ފަސްބައި ވަނީ ގޮޑުދަށަށް ބިންދަމުން ދިޔަ ރާޅުބާނީގެ ތެރޭގައެވެ. އާބިދާ ދެފަރާތަށް ނަޒަރު ހިންގާލިއެވެ. މީހެއްގެ ހިލަމެއް ވޭތޯ ބަލާލި ކަހަލައެވެ. އޭނާ މީހަކަށް އިންތިޒާރުކުރަނީ ބާވައެވެ؟ ނުވަތަ މީހަކު އޭނާއަށް ފާރަލަނީ ބާވައެވެ؟ ޢުމުރުން އެންމެ 28 އަހަރުގެ އަންހެނަކު މިގަޑީގައި ފުއްޓަރުފަރާތުގައި ކޮން ކަމެއްގައި ހެއްޔެވެ؟
އާބިދާ އޭނާގެ މޫނު ނިވާކުރުމަށް އަޅައިފައިވާ ފޮތިކޮޅު ބޯމައްޗަށް އެއްލާލިއެވެ. ކަނޑުގެ ބިޔަ ބޮޑެތި ރާޅުތަކުގެ ތެރެއަށް އޭނާގެ ލޯ ޣަރަޤުކޮށްލިއެވެ. އިސާހިތަކު އޭނާގެ ދޮން މޫނުގެ ކުލަވަރު ރަތްވެ، ލޮލުން ކަރުނަ ފާއްދާލައިފިއެވެ. (ނުނިމޭ)
ލިޔުންތެރިޔާ
މުޙައްމަދު އަމްޖަދު
މިހާތަނަށް ކޮމެންޓެއް ނެތް
ކުޑަހުވަދޫ ބޮޑު ޢީދު ފުޓްސަލް ޗެލެންޖުގެ ފޯރިގަދަ ފައިނަލް މެޗު މިރޭ
02 June 2026
0
ބޭއިންސާފު ނިންމުންތަކެއް؛ އެފް.އޭ.އެމްގެ ނިންމުން އަލުން ބެލުމަށް ކުޑަހުވަދޫ ކައުންސިލުން އިލްތިމާސްކޮށްފި.
28 May 2026
0
ޢަރަފާތް ދުވަހުގެ އެންމެ މާތް ދުޢާ: މާނައާއި މުހިންމުކަން
25 May 2026
0
އާއިލާއާއި ރައްޓެހިންނާއެކު މަސްދަތުރަކަށް ދާން ބޭނުންތަ؟ "އައްކޮ ފިޝިންގ" އަކީ ހަމަ އެއްވަނަ!
25 May 2026
0
ޢީދަށް މަރުޙަބާ ކިޔުމަށް ކުޑަހުވަދޫގެ ހިތްގައިމު "ފިތުރޯނު ސަރަހައްދު" ރައްޔިތުން ގުޅިގެން ސާފުކޮށްފި
24 May 2026
1
ޢީދަށް ތައްޔާރުވުމުގެ ގޮތުން "ވައްލަ" ސާފުކުރުމުގެ ޙަރަކާތެއް ބާއްވައިފި
24 May 2026
0