Article Image

ޚަބަރު

ކުޑަހުވަދޫ ބޮޑު ޢީދު ފުޓްސަލް ޗެލެންޖުގެ ފޯރިގަދަ ފައިނަލް މެޗު މިރޭ

މުބާރާތުގައި ރަނގަޅު ވާދަވެރި ކުޅުމެއް ދައްކަމުން އަންނަ މި ދެ ޓީމު ބައްދަލުކުރާ މިރޭގެ މެޗަކީ ފޯރިގަދަ އަދި ވާދަވެރި ކުޅުމެއް ފެނިގެންދާނެ މެޗެއް ކަމަށް އިންތިޒާމުކުރާ ފަރާތް ކަމަށްވާ ބްރަދާސް އެކަޑަމީން ބުނެއެވެ. ގުރޫޕް ސްޓޭޖުގައި މިދެޓީމު ބައްދަލުކުރި މެޗު 2-1 ނަތީޖާއަކުން މޮޅުވެފައިވަނީ ރުއްދަށް ސްޕޯޓް ކުލަބެވެ.

ބްރަދާސް އެކަޑަމީން އިންތިޒާމުކޮށްގެން ކުޑަހުވަދޫގައި ކުރިއަށްގެންދާ "ކުޑަހުވަދޫ ބޮޑު ޢީދު ފުޓްސަލް ޗެލެންޖް 1447" ގެ ފޯރިގަދަ ފައިނަލް މެޗު މިރޭ އޮންނާނެއެވެ. މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މިރޭ 9:00 ގައި ކުޑަހުވަދޫ "އަކިރޭރޭ ފުޓްސަލް ދަނޑު" ގައެވެ. މި ފޯރިގަދަ ފައިނަލް މެޗުގައި ބައްދަލުކުރާނީ ޑްރީމް އެސްސީ އަދި ރުއްދައް އެސްސީ އެވެ.

މި ދެ ޓީމު ފައިނަލަށް ދަތުރުކުރީ މުބާރާތުގެ ގްރޫޕް ސްޓޭޖާއި ސެމީ ފައިނަލުގައި މޮޅު ކުޅުމެއް ދައްކައިގެންނެވެ. އެގޮތުން، ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ޑްރީމް އެސްސީ ފައިނަލުން ޖާގަ ހޯދީ މުބާރާތުގެ ފޭވަރިޓް އެއް ޓީމު ކަމުގައިވާ ރޯޔަލް ސިޓީ 3-1 ން ބަލިކުރުމަށްފަހުއެވެ. އަދި ރުއްދައް އެސްސީ ފައިނަލްގެ ޖާގަ ކަށަވަރުކުރީ ފޯރިގަދަ މެޗަކަށްފަހު، އެންމެ ފަހުގެ ޗެމްޕިއަން މައިދާން ސްޕޯޓްސް ކްލަބް 3-2 ން ބަލިކޮށްގެންނެވެ.

މުބާރާތުގައި ރަނގަޅު ވާދަވެރި ކުޅުމެއް ދައްކަމުން އަންނަ މި ދެ ޓީމު ބައްދަލުކުރާ މިރޭގެ މެޗަކީ ފޯރިގަދަ އަދި ވާދަވެރި ކުޅުމެއް ފެނިގެންދާނެ މެޗެއް ކަމަށް އިންތިޒާމުކުރާ ފަރާތް ކަމަށްވާ ބްރަދާސް އެކަޑަމީން ބުނެއެވެ. ގުރޫޕް ސްޓޭޖުގައި މިދެޓީމު ބައްދަލުކުރި މެޗު 2-1 ނަތީޖާއަކުން މޮޅުވެފައިވަނީ ރުއްދަށް ސްޕޯޓް ކުލަބެވެ.

މި މުބާރާތަކީ އަޟްޙާ ޢީދު ބަންދާ ދިމާކޮށް ކުޑަހުވަދޫގެ ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ މުބާރާތެކެވެ. މުބާރާތުގެ މައިގަނޑު މަޤްޞަދަކީ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫޙު އާލާކޮށް ދިރުވުމާއި، ހުނަރުވެރި ޒުވާން ކުޅުންތެރިންތަކެއް އުފެއްދުން ކަމަށް ބްރަދާސް އެކަޑަމީން މަޢުލޫމާތު ދެއެވެ.

އެޑްމިން

ލިޔުންތެރިޔާ

އެޑްމިން

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ