ކުޑަކުދިންގެ ހަވީރުގައި ބެހެއްޓި ފަންޑުފޮށިން ލިބުނު ފައިސާ ޣައްޒާގެ ރައްޔިތުންނަށް
މުޙައްމަދު އަމްޖަދު
މިއަހަރުގެ ކުޑަކުދިންގެ ދުވަހާއި ގުޅިގެން ކުޑަހުވަދޫގައި ބޭއްވުނު ހަވީރުގައި ޣައްޒާއަށް އެހީވުމަށް ފަންޑުފޮށްޓެއް ވަނީ ބެހެއްޓިފައެވެ. ކުޑަކުދިންގެ ދުވަހުގެ ޙަރަކާތްތައް ސްކޫލުތަކުން ރާވައި އިންތިޒާމުކޮށްފައިވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އިރުޝާދުގެ ދަށުންނެވެ.
ކުޑަހުވަދޫގައި ބޭއްވުނު ހަވީރުގައި ބެހެއްޓުނު ފަންޑުންފޮށިން ލިބުނު ފައިސާ، ޔުނައިޓެޑު އިސްލާމިކް ސޮސައިޓީ މެދުވެރިކޮށް، ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޙަރަކާތްތެރިވަމުން އަންނަ އައިއޭސީ އަށް ވަނީ ޙަވާލުކުރެވިފައެވެ. ދ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ބެހެއްޓުނު ފަންޑު ލިބުނު ފައިސާއިން މިހާރު ވަނީ ޣައްޒާގެ ރައްޔިތުނަށް ކެއްކި ތާޒާ ބަތްޕާރުސަލް ހަދިޔާކޮށްފައެވެ. އެކަން މީސް މީޑިއާގައި ހިއްސާކޮށް އައިއޭސީ އިން ވަނީ ވީޑިއޯ އެއް ޢާއްމުކޮށްފައެވެ.
އައިއޭސީގެ ޕޯސްޓުގައި، މުސްލިމު އުއްމަތަށް އެހީ ވުމުގައި ކުޑަހުވަދޫއަކީ ފާހަގަކޮށްލެވޭ ރަށެއްކަން ވަނީ ހާމަކޮށްފައެވެ. "އަޅުގަނޑުމެންގެ ޕްރޮޖެކްޓު ތަކަށް އަދި ހާއްސަކޮށް ފަލަސްޠީނަށް އެހީ ވުމަށް ޓަކައި ހުޅުވާލެވިފައިވާ ފަންޑަށް ކުޑަހުވަދޫގެ ފަރާތުން ވަނީ އެކިފަހަރު މަތިން ބޮޑެތި އަދަދުތަކުން އެހީ ފޯރުކޮށްދީފައި" އައިއޭސީގެ ޕޯސްޓްގައިވެއެވެ.
އައިއޭސީގެ ޕޯސްޓުގައި ކުޑަހުވަދޫގެ ރައްޔިތުންނަށް ބަރަކާތް ލައްވާ ހެޔޮ ޖަޒާ ދެއްވުމަށް އެދިގެން ދުޢާކޮށްފައިވެއެވެ. ކުޑަހުވަދޫއަކީ އުއްމަތަށް ކުރިމަތިވާ އެކިއެކި ކާރިސާތަކާއި ޙާލުގައި ޖެހިފައިވާ މުސްލިމު އަޚުންނާއި އުޚުތުންނަށް އެހީވުމުގައި ނަމޫނާ ރައްޔިތަކު ދިރިއުޅެމުން އަންނަ ރަށެކެވެ.
ވީޑިއޯގެ ލިންކު: https://www.facebook.com/share/v/1D6L9KjRVe/
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް