ރިޕޯޓް
ބޭބެގެ ލޮލުގެ ފެނުން ލިބުމުގެ އުއްމީދު ޑޮކްޓަރު ދެއްްވާ! ބޭނުމީ އެހީތެރިކަމުގެ އަތެއް! - ދުންޔާގެ ޢާއިލާ
އެގޮތުން މިއަދު )3 މެއި( ހަވީރު 16:00 - 18:00 އަށް، "ފަންޑްރައިޒިންގ އިވެންޓް ފޮ ދޮންބެ" ގެ ނަމުގައި ކުޑަހުވަދޫ ގައި އިވެންޓެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. ވީހާވެސް ގިނަ ފަރާތްތަކުން މި އިވެންޓްގައި ބައިވެރިވުމަކީ ޢާއިލާގެ ވަރަށްބޮޑު އެދުމެކެވެ.
ދ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ޕްރިންޓާއެއްގެ މަސައްްކަތްކުރަށްވަމުން އަންނަ ވ.ފުލިދޫ، ދުންޔާ މޫސާ އާއި އޭނާގެ ޢާއިލާއިން މިޔަދު އެދެނީ ދީލަތި ފަރާތްތަކެއްގެ ދީލަތި އެހީތެރިކަމަކަށެވެ. އެއީ ޢާއިލާގެ އެންމެ ލޯބިވާ ދޮންބެގެ ލޮލުގެ ފެނުމަށް އެދިކުރެވޭ އޮޕްރޭޝަނަކަށް ބޭނުންވާ އެހީތެރިކަމެކެވެ.
2007 ވަނަ އަހަރުން ފެށިގެން ހަކުރުބަލީގެ ވޭނުގައި އުޅެމުން އަންނަ ދުންޔާގެ ބޭބެ ޢަބްދުއްސައްތާރު މުޙައްމަދު، އަންނަނީ ބަލީގެ ސަބަބުން ބޮޑެތި މައްސަލަތަކަކާއި ކުރިމަތިލަމުންނެވެ. އެގޮތުން ލޭގެ ޕްރެޝާ މައްޗައްދިއުމާއި، ހާޑިގަނޑުގެ މުހިއްމު ގުނަވަންތައް ފެއިލްވެ، ދެ ލޮލުގެ ފެނުމުން މިއަދުވަނީ މަޙުރޫމުވެފައެވެ. އެކަމުގެ ސަބަބުން އަމިއްލަކަންކަން ކުރުމަށާއި ހިނގަބިގާވެ އުޅުމަށްވަނީ ދަތިވެފައެވެ. އަދި ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އެތަކެއް ވޭނަކާއި ތަކްލީފެއްވަނީ އުފުލަން ޖެހިފައެވެ. ލޮލުގެ ޑޮކްޓަރުންނަށް ދައްކައި އެތަކެއް ޓެސްޓްތަކެއް މިވަގުތު ވަނީ ހެދިފައެވެ.
ދޮންބެގެ އެއް ލޮލުގެ ފެނުން ލިބޭނޭކަމުގެ އުއްމީދު، އައި.ޖީ.އެމް.އެޗް އަދި އައި.ކެއަރ ގެ ޑރ.މުޙައްމަދު އައްޒާމު ވަނީ ދެއްވާފައެވެ. މި އޮޕްރޭޝަން އައި.ކެއަރ އިން ކުރެވޭއިރު، ހަމައެކަނި އޮޕްރޭޝަނަށް -/53200 ރުފިޔާ އަރާނޭކަމަށް ލަފާކުރެވެއެވެ. ޑޮކްޓަރަށް ދެއްކުމަށް މާލެ ގޮސް ހިލޭ ތިބެވޭނޭ ތަނެއް ލިބެން ނެތުމުގެ ސަބަބުން އެކަމަށްވެސް ގިނަ ޚަރަދުތަކެއް ހިނގާނެއެވެ. ކެއިން ބުއިމާ އެހެނިހެން ޟަރޫރީ ބޭނުންތަކަށްވެސް ޚަރަދުތަކެއް ހިނގާނެއެވެ. ޢާއިލާގައި މިފަދަ ކަމަކަށް ޚަރަދުކުރެވޭނޭ ތަނަވަސްކަމެއް ނެތުމުގެ ސަބަބުން ތިޔަ ލޮބުވެތި ފަރާތްތަކުގެ އެހީތެރިކަމަށް މިވަގުތު އެ ޢައިލާއިންވަނީ ބޭނުން ޖެހިފައެވެ.
އެގޮތުން މިއަދު (3 މެއި) ހަވީރު 16:00 - 18:00 އަށް، "ފަންޑްރައިޒިންގ އިވެންޓް ފޮ ދޮންބެ" ގެ ނަމުގައި ކުޑަހުވަދޫ ގައި އިވެންޓެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. ވީހާވެސް ގިނަ ފަރާތްތަކުން މި އިވެންޓްގައި ބައިވެރިވުމަކީ ޢާއިލާގެ ވަރަށްބޮޑު އެދުމެކެވެ.
ޢާއިލާގެ ފަރާތުން، ކުޑަހުވަދޫ އޮންލައިންއަށް ޑޮކްޓަރުގެ ލިޔުންތައްވަނީ ހިއްސާކޮށްފައެވެ. އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށް، މުޙައްމަދު ފާރިޝް: 7428403 އަދި ދުންޔާ މޫސާ: 9443539 އަށް ގުޅުއްވޭނެއެވެ. އެހީވެދެއްވުމަށް، ޢަބްދުއްސައްތާރުގެ އެކައުންޓް ނަންބަރު: 7703226326101 (ދިވެހި ރުފިޔާ އެކައުންޓް) އަދި 7704226326101 (ޑޮލަރު އެކައުންޓް) އަށް ޓްރާންސްފަރ ކުރެވޭނެއެވެ. މި އެކައުންޓްގެ އިތުރުން އެހީތެރިކަން ހޯދުމަށް ޢާއިލާއިން އިތުރު އެކައުންޓްއެއް ބޭނުމެއް ނުކުރެވެ.
މިއަދުގެ ފަންޑުރައިޒިންގ ގެ އިވެންޓަށް ކުޑަހުވަދޫގެ ރައްޔިތުންގެ ބޮޑު އެއްބާރުލުމެއް ލިބިގެންދާނޭކަމާއިމެދު އުއްމީދު ބޮޑެވެ. ކުޑަހުވަދޫއަކީ އެކަކު އަނެކަކަށް އެހީތެރިވެ އުޅުމުގައި ނަމޫނާ ރައްޔިތަކު ދިރިއުޅޭ ރަށެކެވެ.
ލިޔުންތެރިޔާ
މުޙައްމަދު އަމްޖަދު
މިހާތަނަށް ކޮމެންޓެއް ނެތް
ކުޑަހުވަދޫ ބޮޑު ޢީދު ފުޓްސަލް ޗެލެންޖުގެ ފޯރިގަދަ ފައިނަލް މެޗު މިރޭ
02 June 2026
0
ބޭއިންސާފު ނިންމުންތަކެއް؛ އެފް.އޭ.އެމްގެ ނިންމުން އަލުން ބެލުމަށް ކުޑަހުވަދޫ ކައުންސިލުން އިލްތިމާސްކޮށްފި.
28 May 2026
0
ޢަރަފާތް ދުވަހުގެ އެންމެ މާތް ދުޢާ: މާނައާއި މުހިންމުކަން
25 May 2026
0
އާއިލާއާއި ރައްޓެހިންނާއެކު މަސްދަތުރަކަށް ދާން ބޭނުންތަ؟ "އައްކޮ ފިޝިންގ" އަކީ ހަމަ އެއްވަނަ!
25 May 2026
0
ޢީދަށް މަރުޙަބާ ކިޔުމަށް ކުޑަހުވަދޫގެ ހިތްގައިމު "ފިތުރޯނު ސަރަހައްދު" ރައްޔިތުން ގުޅިގެން ސާފުކޮށްފި
24 May 2026
1
ޢީދަށް ތައްޔާރުވުމުގެ ގޮތުން "ވައްލަ" ސާފުކުރުމުގެ ޙަރަކާތެއް ބާއްވައިފި
24 May 2026
0