63 ބައިވެރިންނާއިއެކު ދ.އަތޮޅު ޤުރްއާން މުބާރާތް ފަށައިފި
މުޙައްމަދު އަމްޖަދު
63 ބައިވެރިންނާއިއެކު ދ.އަތޮޅު ޤުރްއާން މުބާރާތް ފަށައިފިއެވެ. 37 ވަނަ ޤައުމީ ޤުރްއާން މުބާރާތަށް ދ.އަތޮޅު ތަމްސީލު ކުރުމަށް ބައިވެރިން ހޮވުމަށް ބޭއްވޭ މި މުބާރާތުގައި ދ އަތޮޅުގެ ހުރިހާ ރަށަކުން ބައިވެރި ވެފައިވެއެވެ.
މިއަހަރުގެ މުބާރާތް ކުޑަހުވަދޫގައި ކުރިއަށް ގެންދެވޭއިރު، މުބާރާތުގެ ބައިވެރިން ކިޔެވުމަށް ހަމަޖެހިފައިވަނީ ދ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. ޖުމުލަ 3 ދަންފަޅިއަށް ކުރިއަށް ގެންދެވޭ މި މުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގައެވެ.
މުބާރާތުގައި 6 ކީ.ސްޓޭޖަކުން ބައިވެރިން ކިޔަވާނެއެވެ. މި މުބާރާތުގެ ފަނޑިޔާރުންނަކީ ޤައުމީ ޤުރްއާނާ ބެހޭ މަރުކަޒުގެ ތަޖުރިބާ ހުރި ބޭފުޅުންނެވެ. އިސްފަނޑިޔާރަކީ އަލްޤާރީ މޫސާ އަޙްމަދެވެ.
ދ.އަތޮޅަކީ ކީރިތި ޤުރްއާން ރިވެތިކޮށް ކިޔެވުމަށް ލޯބިކުރާ ރައްޔިތަކު ދިރިއުޅޭ އަތޮޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް