ދީން
އަމިއްލަ ނަފްސާއި އެހެންމީހުންގެ ނަފްސުގެ ސަލާމަތާއި ރައްކާތެރިކަން: 4
3. ސިއްޙަތައް ރައްކާތެރިވުން:
ދުޅަހެޔޮ ރަނގަޅު ސިއްޙަތެއްގައި ހުރުމަކީ މީހާ މުރާލިވާ ކަމެކެވެ. އަމިއްލަ ނަފްސު މުޑުވަށްކޮށް ރަނގަޅަށް ބެލެހެއްޓުމަކީ ދީން ނުހަނު ބާރުއަޅާ ކަމެކެވެ. ދީނީ އިމުގެ ތެރެއިން ދުވެ ކަސްރަތުކޮށް ކުޅިވަރު ކުޅެ އުޅުމަކީ ހުއްދަކުރައްވާފައިވާ ކަންކަމެވެ. ރަނގަޅު ސިއްޙަތެއްގައި ހުރުމަށް ރަނގަޅު ކާނާ ބޭނުން ކުރުމާއި ކެއުމުގެ އަދަބުތަކަށް ފަރުވާތެރިވުމަކީ މުހިންމު ކަމެކެވެ.
ތަފާތު އެކި ނުރައްކާތެރި ބަލިތަކުން ރައްކާތެރިވެ ހުރުމަށް ގަދައަޅައި މަސައްކަތް ކުރަންޖެހެއެވެ. ހަމައެހެންމެ ހަށިގަނޑަށް ގެއްލުންވާފަދަކަންކަމުން ދުރުހެލިވުމަކީ ނަފްސައް އަޅާލުމެވެ. އަޅުގަނޑުމެންގެ މުޖުތަމަޢުތަކުގައި މިއަދު ޢާއްމުވެފައިވާ، ސިއްޙަތައް ހުރި ބޮޑު ނުރައްކަލެއްކަމުގައިވާ ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުން ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. އަދި ދުންފަތުގެ ޒަރީޢާއިން ޖެހޭ ތަފާތު ބަލިތަކުގެ ޝިކާރައަކަށް އެތަކެއް ދުވަސްވީ މީހުންނާއި ޒުވާނުންނެއްދަނީ ވަމުންނެވެ.
ޑރ.ޢާބްދުލްމަޖީދު ޢަބްދުލްބާރީ (ރަޙިމަހުއްﷲ) 2007 ވަނަ އަހަރު ލިޔުއްވާފައިވާ 'އިސްލާމްދީނުގައި ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ޙުކުމް'، މިފޮތުގެ 10 ވަނަ ޞަފުޙާގައި އެބޭފުޅާ ލިޔުއްވާފައި ވެއެވެ. ''..ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ސަބަބުން އިންސާނާގެ ސިއްޙަތައްލިބޭ ގެއްލުމުގެ ތެރޭގައި، ކަރާއި އަނގައިގެ ކެންސަރު ޖެހުން ހިމެނެއެވެ. ހަމައެފަދައިން ދަތްތައް ހަލާކުވެ، ފުއްޕާމެއްއަށް ކެންސަރުޖެހި، ނޭވާލުމުގެ ނިޒާމަަށްވެސް ބޮޑެތި މައްސަލަތަކެއް ޖެހެއެވެ. ގޮހޮރުގައި ފާރު އުފެދެއެވެ. ހާޓް އެޓޭކް ޖެހެން މެދުވެރިވެއެވެ. މިހުރިހާ ކަމެއް ދިމާ މިވަނީ، ދުންފަތުގައި އެކުލެވެގެންވާ ވިހަ މާއްދާތަކެއްގެ ސަބަބުންނެވެ. އެއީ ނިކޮޓިން އާއި ތާރު ފަދަ ގެއްލުންދޭ މައްދާތަކެވެ..'' މި ލިޔުމުންވެސް ދުންފަތަކީ ސިއްޙަތައް ކިހާބޮޑު އެޓޮމްބޮމެއްކަން އެނގިގެންދެއެވެ. އަމިއްލައަށް އެނގިތިބެ އަމިއްލަ ނަފްސު ހަލާކަށް ހުށަހެޅުން އިސްލާމްދީން މަނާކުރެއެވެ. މާތްﷲ ނިސާ ސޫރަތުގެ 29 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައީ: ''ތިޔަބައިމީހުން އަމިއްލައަށް ތިޔަބައިމީހުންގެ ނަފްސުތައް ޤަތުލު ނުކުރާށެވެ! ހަމަކަށަވަރުން ﷲ ތިޔަބައިމީހުންނަށް ނުހަނު އޯގާތެރިވެ ވޮޑިގެންވާކަން ކަށަވަރެވެ.''
މިފަދަ ބަސްފުޅުތަކުން ހިތްވަރު ލިބިގަނެ، ނަފްސުތައް ރައްކާތެރިކުރުމަށް ޢަޒުމްކަނޑައަޅާށެވެ.
ލިޔުންތެރިޔާ
މުޙައްމަދު އަމްޖަދު
މިހާތަނަށް ކޮމެންޓެއް ނެތް
ކުޑަހުވަދޫ ބޮޑު ޢީދު ފުޓްސަލް ޗެލެންޖުގެ ފޯރިގަދަ ފައިނަލް މެޗު މިރޭ
02 June 2026
0
ބޭއިންސާފު ނިންމުންތަކެއް؛ އެފް.އޭ.އެމްގެ ނިންމުން އަލުން ބެލުމަށް ކުޑަހުވަދޫ ކައުންސިލުން އިލްތިމާސްކޮށްފި.
28 May 2026
0
ޢަރަފާތް ދުވަހުގެ އެންމެ މާތް ދުޢާ: މާނައާއި މުހިންމުކަން
25 May 2026
0
އާއިލާއާއި ރައްޓެހިންނާއެކު މަސްދަތުރަކަށް ދާން ބޭނުންތަ؟ "އައްކޮ ފިޝިންގ" އަކީ ހަމަ އެއްވަނަ!
25 May 2026
0
ޢީދަށް މަރުޙަބާ ކިޔުމަށް ކުޑަހުވަދޫގެ ހިތްގައިމު "ފިތުރޯނު ސަރަހައްދު" ރައްޔިތުން ގުޅިގެން ސާފުކޮށްފި
24 May 2026
1
ޢީދަށް ތައްޔާރުވުމުގެ ގޮތުން "ވައްލަ" ސާފުކުރުމުގެ ޙަރަކާތެއް ބާއްވައިފި
24 May 2026
0