ޚަބަރު
ދ.އަތޮޅު ޤުރްއާން މުބާރާތުގެ 1 ވަނަ ރަށަކަށް ދ.ކުޑަހުވަދޫ
ދ.އަތޮޅު ޤުރްއާން މުބާރާތް 2025 ގެ އެއްވަނަ ދ.ކުޑަހުވަދޫއިން ހޯދައިފިއެވެ. މި މުބާރާތުގައި ދ.އަތޮޅުގެ 6 ރަށަކުން ވާދަކޮށްފައިވެއެވެ. މި މުބާރާތުގެ 2 ވަނަ މީދޫ އިން ހޯދާފައިވާއިރު 3 ވަނަ ހޯދާފައިވަނީ ހުޅުދެލިންނެވެ.
37 ވަނަ ޤައުމީ ޤުރްއާން މުބާރާތަށް ދ.އަތޮޅު ތަމްސީލު ކުރާނޭ 17 ދަރިވަރަކު މި މުބާރާތުން ވަނީ ނެގިފައެވެ. އެގޮތުން ކުޑަހުވަދޫގެ 10 ދަރިވަރުންނާއި މީދޫގެ 5 ދަރިވަރުންގެ އިތުރުން މާއެނބޫދޫ އަދި ރިނބުދޫއިން ދަރިވަރެއް ހޮވިފައިވެއެވެ.

އަތޮޅު ޤުރްއާން މުބާރާތުގެ ހުރިހާ ގޮތްޕަކުން 1 ވަނަ ޙާޞިލުކޮށްފައިވަނީ އީލާފް އަޙްމަދު ޞަލާޙް އެވެ. 2 ވަނަ އައިރީ ބިންތު ޔާމީން އަށް ލިބިފައިވާއިރު 3 ވަނަ ލިބިފައިވަނީ މަރްޔަމް ޒަލްޚާ މޫސާ އަށެވެ.
މި މުބާރާތުގެ ކިޔެވުން ކުރިއަށް ދިޔައީ ޖޫން 26 އަދި 27 ވަނަ ދުވަހުގައި ދ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.
ލިޔުންތެރިޔާ
އެޑްމިން
މިހާތަނަށް ކޮމެންޓެއް ނެތް
ކުޑަހުވަދޫ ބޮޑު ޢީދު ފުޓްސަލް ޗެލެންޖުގެ ފޯރިގަދަ ފައިނަލް މެޗު މިރޭ
02 June 2026
0
ބޭއިންސާފު ނިންމުންތަކެއް؛ އެފް.އޭ.އެމްގެ ނިންމުން އަލުން ބެލުމަށް ކުޑަހުވަދޫ ކައުންސިލުން އިލްތިމާސްކޮށްފި.
28 May 2026
0
ޢަރަފާތް ދުވަހުގެ އެންމެ މާތް ދުޢާ: މާނައާއި މުހިންމުކަން
25 May 2026
0
އާއިލާއާއި ރައްޓެހިންނާއެކު މަސްދަތުރަކަށް ދާން ބޭނުންތަ؟ "އައްކޮ ފިޝިންގ" އަކީ ހަމަ އެއްވަނަ!
25 May 2026
0
ޢީދަށް މަރުޙަބާ ކިޔުމަށް ކުޑަހުވަދޫގެ ހިތްގައިމު "ފިތުރޯނު ސަރަހައްދު" ރައްޔިތުން ގުޅިގެން ސާފުކޮށްފި
24 May 2026
1
ޢީދަށް ތައްޔާރުވުމުގެ ގޮތުން "ވައްލަ" ސާފުކުރުމުގެ ޙަރަކާތެއް ބާއްވައިފި
24 May 2026
0