ވާހަކަ
ވާހަކަ: އާބިދާ (3 ވަނަ ބައި )
ލުއި ލުއި މޭކަޕެއްގައި މިރޭ އޭނާ ހުރިއިރު އެރީތިކަން އިތުރަށް ފާހަގަވެއެވެ. އޭނާގެ ޙަރަކާތްތަކުން ތަނަކަށް ދިއުމަށް ލަސްވެގެން އުޅޭކަހަލައެވެ. އަވަސްއަވަހަށް އެޕާޓްމެންޓުން އޭނާ ނިކުމެ ލިފްޓުގައިވާ ތިރިއަށްދާ ބަޓަނަށް ފިއްތާލިއެވެ. އިރު އިރުކޮޅުން ފޯނަށް ބަލާލައެވެ. ގޭގެ އެއްވެސް މީހަކަށް އެނގުމަކާ ނުލައި އޭނާ އެދަނީ ކީއްވެ ބާއެވެ? އެ ލިބުނު ފޯނުކޯލެއްގެ ސަބަބުން އޭނާގެ ޙަރަކާތްތަކަށް އައިސްފައިވަނީ އާދަޔާއި ޚިލާފު ބަދަލުތަކެކެވެ.
ލިފްޓު ތިރިއަށްގޮސް ދޮރު ހުޅުވުމާއިއެކު އާބިދާ އަވަސް އަވަހަށް ގެއިން ނުކުތުމަށް ހިނގައިގަތެވެ. އޭނާ މަގުމައްޗަށް ނިކުތެވެ. އަވަސް އަވަހަށް މަގުގެ ދެކޮޅަށް ނަޒަރު ހިންގާލިއެވެ.
މަޣްރިބު ނަމާދަށް ގޮވަން ކައިރިވެފައިވުމުން މަގުމަތީގައި ދުއްވާ އެއްޗެހި ފުދޭވަރަކަށް ހަލަބޮލިކަމަށް ފެނެއެވެ. އާބިދާ ހުރީ ދުވާރުމަތިގައި މަޑުކޮށްލައިގެންނެވެ. މަގުމަތީގެ ހަލަބޮލިކަމަށް އޭނާގެ ސަމާލުކަމެއް ނެއްފަދައެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ ބޮޑުތަކުރުފާނު މަގުގެ އެއްފަޅީގައި މަޑުކޮށްލައިގެން އޮތް ކަޅުކުލައިގެ ކާރަށެވެ. ހީވަނީ އޭނާއަށް ދެވިފައިވާ އިރުޝާދަކަށް ތަބާވަނީ ހެންނެވެ. ކުއްލިއަކަށް އާބިދާ މަގު ހުރަސްކޮށް ކާރާއި ދިމާލަށް ދިޔައެވެ. އަދި މަޑުކުރުމެއް ނެތި އޭނާ އަވަހަށް ކާރަށް އެރިއެވެ. ކާރަށް އެރުމާއިއެކު އޭނާގެ އަނގަމަތީގައި މޫނު ނިވާކޮންގެ ހުރި މީހަކު އަތްއެޅިއެވެ. އަދި ބާރު ސްޕީޑެއްގައި ކާރު ނައްޓާލައިފިއެވެ.
...........................................................................
ހަވީރުގެ ހިތްގައިމު ވަގުތުގައި ފޫހި ފިލުވާލުމަށް ކޮންމެ ދުވަހެއްގެ ހަވީރު ހާރޫނުު އޭނާގެ ރީލު ދޮށި ހިފައިގެން އަތިރި މައްޗަށް ފައިބަނީ މަހެއް އަތު ޖެހޭތޯ ބެލުމުގެ ގަސްތާއިއެކުގައެވެ. އެއީ އޭނާގެ އާދައެކެވެ. އޮފީހުގެ ބުރަ މަސައްކަތަށްފަހު އެކަނި ވަގުތުކޮޅެއް ހޭދަކޮށްލުމަކީ އޭނާއަށް މުހިއްމު ކަމެކެވެ.
އޮފީހުގައި ބުރަކޮށް އުޅުމަށްފަހު ޢަޞުރު ނަމާދު ކޮށްލައިގެން ޖައްސާލެވުމުގެ ސަބަބުން އޭނާއަށް ނިދުނީއެވެ. ހާރޫނަކީ ބަރާބަރަށް ފަރުޟު ފަސް ނަމާދަށް ރައްކާތެރިވެ އުޅޭ ޢުމުރުން 29 އަހަރުގެ ޒުވާނެކެވެ. ހާރޫނަށް ހޭލެވުނުއިރު ގަޑިން 5 ގަޑި ބައިވަނީއެވެ. ދޮށި އުކާނުލައި އޭނާއަށް ކެތެއް ނުވާނެއެވެ. އަވަސް އަވަހަށް ތައްޔާރުވެލައިގެން ދޮށި ހިފައިގެން ގެއިން ނިކުތެވެ. އޭނާގެ ގެހުންނަނީ ފުއްޓަރާއި ކައިރީ ހިސާބެއްގައިކަމުން، މިއަދު ޢާއްމު ގޮތެއްގައި ދޮށި އުކުމަށް އޭނޭ ގޮސް އުޅޭ ރަށުގެ ދޯނިފަހަރު އެރުވުމަށް ހަދާފައިވާ ސަރަޙައްދަށް ދިއުމުގެ ޚިޔާލު ދޫކޮށްލިއެެވެ. އެހެން ކަމުން މިއަދު އޭނާގެ މިސްރާބު ބަދަލުވެއްޖެއެވެ. މަގާއި އެންމެ ކައިރިން ފުއްޓަރަށް ފޭބޭން އޮންނަ ހަނިމަގު އޭނާ އިޚްތިޔާރުކުރިއެވެ. ސައިކަލުގައި އެ ހަނިމަގުން ދުއްވާފައި ދިއުމަކީ އުނދަގޫކަމަށްވިޔަސް މިއަދު ނޭނގޭ ބާރަކުން އޭނާ ފުއްޓަރަށް ގެންދާ ކަހަލައެވެ. އެއީ އޭނާ މަސްބާނަން މި ނޫނީ ނުދާ ތަނެކެވެ.
ކަނޑުގެ ބިޔަ ރާޅުތަކާއި، ފުއްޓަރަށް ބިންދަމުން ދިޔަ ރާޅުތަކުގެ ތެރެއަށް ޚިޔާލެއްގައި ގެއްލިފައިއިން އާބިދާ ސިއްސައިގެން ދިޔައީ ސައިކަލެއް އައިސް މަޑު ކޮށްލި އަޑަށެވެ. އޭނާ އަވަސް އަވަހަށް އޭނާގެ މޫނު ފޮތިކޮޅުން ނިވާވެލިއެވެ. އަދި ސައިކަލުގެ އަޑު އިވުނު ދިމާއަށް ބަލައިލިއެވެ. އެވަގުތު ވެގެން ދިޔައީ ހާރޫނަށް އާބިދާ އާއި ދިމާއަށް ބަލައިލެވުނު ވަގުތަށެވެ. (ނުނިމޭ)
ލިޔުންތެރިޔާ
މުޙައްމަދު އަމްޖަދު
މިހާތަނަށް ކޮމެންޓެއް ނެތް
ކުޑަހުވަދޫ ބޮޑު ޢީދު ފުޓްސަލް ޗެލެންޖުގެ ފޯރިގަދަ ފައިނަލް މެޗު މިރޭ
02 June 2026
0
ބޭއިންސާފު ނިންމުންތަކެއް؛ އެފް.އޭ.އެމްގެ ނިންމުން އަލުން ބެލުމަށް ކުޑަހުވަދޫ ކައުންސިލުން އިލްތިމާސްކޮށްފި.
28 May 2026
0
ޢަރަފާތް ދުވަހުގެ އެންމެ މާތް ދުޢާ: މާނައާއި މުހިންމުކަން
25 May 2026
0
އާއިލާއާއި ރައްޓެހިންނާއެކު މަސްދަތުރަކަށް ދާން ބޭނުންތަ؟ "އައްކޮ ފިޝިންގ" އަކީ ހަމަ އެއްވަނަ!
25 May 2026
0
ޢީދަށް މަރުޙަބާ ކިޔުމަށް ކުޑަހުވަދޫގެ ހިތްގައިމު "ފިތުރޯނު ސަރަހައްދު" ރައްޔިތުން ގުޅިގެން ސާފުކޮށްފި
24 May 2026
1
ޢީދަށް ތައްޔާރުވުމުގެ ގޮތުން "ވައްލަ" ސާފުކުރުމުގެ ޙަރަކާތެއް ބާއްވައިފި
24 May 2026
0