ދީން
ދީލަތިވަންތަކަން - 02
ދީލަތިކަމަކީ އިސްލާމްދީނުގައި ވަރަށް މަތިވެރި ސިފައެއްގެ ގޮތުގައި ބަޔާންކުރެވިފައިވާ ކަމެކެވެ. މުސްލިމުންގެ ކިބައިގައި މި ސިފަ އަށަގެންނެވުމަށް އިސްލާމްދީން ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވެއެވެ. ދީލަތި މީހަކަށްވުމަށްޓަކައި މަސައްކަތްތައް ކުރާއިރު ވިސްނާލަން ޖެހޭ އެންމެ މުހިންމު އެއްކަމަކީ އެކަމެއް ތިމާ ކުރަނީ މާތްﷲ ގެ ހަޟްރަތުން ޘަވާބު ލިބިގަތުމަށްޓަކައެވެ. މީހެއްގެ ފަރާތުން ތިމާއަށް ޘަނާ ކިޔަން އެދި ނުވަތަ ތަޢުރީފުތަކެއް ލިބޭމެނެކަމަށް ނޫނެނެވެ.
އިސްލާމްދީނުގައި ދީލަތިކަމުގެ މުހިންމުކަން ބަޔާންކޮށްދެއްވާފައިވާއިރު، އެކަމުގައި ދެއްކުންތެރިކަމުން ދުރުވުމަށްވެސް ބާރުއަޅުއްވާފައިވެއެވެ. މިއިން އެނގިގެންދަނީ ދީލަތިކަމުގެ ޢަމަލުތައް ކުރަންވާނީ ހަމައެކަނި މާތްﷲ އަށްޓަކައިކަމެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ތަނަވަސްކަން ހުރި މިންވަރަކުން ހޭދަކުރުމަކީ ވަރަށް މުހިންމުކަމެކެވެ. މާތްﷲ ގެ މަގުގައި ހޭދަކުރާ މީހުންނަށް ޚާއްޞަ ދަރަޖައެއް ލިބިގެންވެއެވެ. އެފަދަ މީހުންގެ ތަނަވަސްކަން އިތުރުކޮށްދެއްވުން އެދި މަލާއިކަތްބޭކަލުން ދުޢާ ކުރައްވާނެކަމަށް ޙަދީޘްފުޅުތަކުގައި ވާރިދުވެފައިވެއެވެ.
އެތަކެއް ބަޔަކަށް ތިމާގެ ތަނަވަސްކަމާއި، ފޯރުންތެރިކަމާއި އަދި ކެރުންތެރިކަން ހުރި މިންވަރަކުން އެހީ ފޯރުކޮއްދިނުމަށްފަހު ކަލަގޮވުމަކީ ވަރަށް ގޯސްކަމެކެވެ. ތިމާ އާއި ދޭތެރޭގައި ހެޔޮކޮށް ދެކުނު ގިނަ މީހުން ތިމާ އާއި ދޭތެރޭގައި ދެކެމުންއައި ގޮތް މުޅިން ބަދަލުވެގެންދާނެކަން ކަށަވަރެވެ. އަނެކާގެ ފަރާތުން ތިމާ ހިންހަމަ ނުޖެހޭ ކަމެއް ފެނުނު ކަމުގައިވީ ނަމަވެސް ކަލަގޮވައިގެންނުވާނެއެވެ. އެއީ ޙަރާމް ކުރައްވާފައިވާ ކަމެކެވެ. މާތްﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވަނީ:-
﴿ يَا أَيُّهَا الَّذِينَ آمَنُوا لَا تُبْطِلُوا صَدَقَاتِكُم بِالْمَنِّ وَالْأَذَىٰ........ ﴾ މާނައީ:- "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލަގޮވުމުންނާއި އުނދަގޫ ދިނުމުން ތިޔަބައިމީހުންގެ ޞަދަޤާތްތައް ބާޠިލް ނުކުރާހުށި ކަމެކެވެ."
ދީލަތިކަމަކީ މުޖުތަމަޢުގެ ތެރޭގައި އެކުވެރިކަމާއި އެއްބައިވަންތަކަން އުފެއްދުމަށް މަގުފަހިވާ ކަމެކެވެ. މުއްސަނދިންނާއި ފަޤީރުންގެ ދެމެދުގައިވާ ފަރަގު ކުޑަކޮށް، އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް މަގުފަހިވާ ކަމެކެވެ. އެހެންކަމުން، ކޮންމެ މުސްލިމަކުވެސް އެމީހެއްގެ ކުޅަދާނަކަން ހުރި މިންވަރަކުން ދީލަތިކަމުގެ ސިފަ އަށަގަންނަވައި، މާތްﷲ ގެ ރުއްސެވުން ހޯދުމަށް މަސައްކަތް ކުރަންވާނެއެވެ.
ލިޔުންތެރިޔާ
އާދަމް ޝާމް
މިހާތަނަށް ކޮމެންޓެއް ނެތް
ކުޑަހުވަދޫ ބޮޑު ޢީދު ފުޓްސަލް ޗެލެންޖުގެ ފޯރިގަދަ ފައިނަލް މެޗު މިރޭ
02 June 2026
0
ބޭއިންސާފު ނިންމުންތަކެއް؛ އެފް.އޭ.އެމްގެ ނިންމުން އަލުން ބެލުމަށް ކުޑަހުވަދޫ ކައުންސިލުން އިލްތިމާސްކޮށްފި.
28 May 2026
0
ޢަރަފާތް ދުވަހުގެ އެންމެ މާތް ދުޢާ: މާނައާއި މުހިންމުކަން
25 May 2026
0
އާއިލާއާއި ރައްޓެހިންނާއެކު މަސްދަތުރަކަށް ދާން ބޭނުންތަ؟ "އައްކޮ ފިޝިންގ" އަކީ ހަމަ އެއްވަނަ!
25 May 2026
0
ޢީދަށް މަރުޙަބާ ކިޔުމަށް ކުޑަހުވަދޫގެ ހިތްގައިމު "ފިތުރޯނު ސަރަހައްދު" ރައްޔިތުން ގުޅިގެން ސާފުކޮށްފި
24 May 2026
1
ޢީދަށް ތައްޔާރުވުމުގެ ގޮތުން "ވައްލަ" ސާފުކުރުމުގެ ޙަރަކާތެއް ބާއްވައިފި
24 May 2026
0