"ބޮޑު ޢީދު ފުޓްސަލް ޗެލެންޖް 1446"
"ބޮޑު ޢީދު ފުޓްސަލް ޗެލެންޖް 1446" ގެ ނަމުގައި ބުރަދާސް އެކަޑަމީއިން އިސްނަގައިގެން ފުޓްސަލް މުބާރާތެއް ބޭއްވުމަށް އިޢުލާނުކޮށްފިއެވެ.
މުޙައްމަދު އަމްޖަދު
"ބޮޑު ޢީދު ފުޓްސަލް ޗެލެންޖް 1446" ގެ ނަމުގައި ބުރަދާސް އެކަޑަމީއިން އިސްނަގައިގެން ފުޓްސަލް މުބާރާތެއް ބޭއްވުމަށް އިޢުލާނުކޮށްފިއެވެ.
ކުޑަހުވަދޫއަކީ ކޮންމެ އަހަރެއްގެ އަޟްޙާ ޢީދުގައި ފުޓްސަލް މުބާރާތެއް ބާވަމުންއަންނަ ރަށެކެވެ. ފާއިތުވެ ދިޔަ 9 ވަރަކަށް އަހަރުގައި އަޟްޙާ ޢީދުގައި ފުޓްސަލް މުބާރާތް ބާއްވަމުން އައީ ގޮޅި ޗެލެންޖުގެ ނަމުގައި ގޮޅި ސްޕޯޓްސް ކުލަބުގެ ފަރާތުންނެވެ. އެހެންނަމަވެސް މިއަހަރުގެ މުބާރާތް ބޭއްވެން ނެތްކަމަށް ގޮޅިންވަނީ އިޢުލާނުކޮށްފައެވެ.
ބުރަދާސް އެކަޑަމީގެ ފަރާތުން ޒުވާނުންނަށް މިރޭ އިޢުލާނުކޮށްފައިވަނީ ޢީދުގައި ފުޓްސަލް މުބާރާތެއް ކުރިއަށްގެންދާނެ ކަމުގެ އުފާވެރި ޚަބަރެވެ. އަދި މުބާރާތައް ޓީމުތަކުން ތައްޔާރުވެ ތިބުމަށް ބުރަދާސްގެ ޕޭޖުގައިވަނީ ބުނެފައެވެ.
އެހެން އަހަރު ތަކެކޭވެސް އެއްގޮތަށް، އަޟްޙާ ޢީދުގެ ފުޓްސަލް މުބާރާތް ފޯރީގައި ކުރިއަށް ގެންދިއުމަށް ބުރަދާސް އިން އިސްނެގުމަކީ ޒުވާނުންނަށް ލިބޭނޭ އުފާވެރި ޚަބަރެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް