ދީން
އިރުއަރާ ކޮންމެ ދުވަހަކު، ކޮންމެ ހުޅަކަށް ޞަދަޤާތެއް
الله ގެ އޯގާވަންތަކަމާއެވެ. އިންސާނާގެ ހަށިގަނޑުގައި 360 ހުޅު ލައްވާފައިވެއެވެ. އެއިން ކޮންމެ ހުޅަކަށް ޞަދަގާތެއްވެއެވެ.
ދުނިޔޭގެ ޙަޔާތުގައި ދިރިއުޅޭ އިންސާނުންނަކީ އެކިފަންތީގައި އެކިގިންތީގައި الله ތަޢާލާ ލައްވާފައިވާ ބައެކެވެ. އެއީ އިމްތިޙާނުކުރެއްވުނަށްޓަކައެވެ.
އާނއެކެވެ. ބައެއް މީހުންނަށް ތަނަވަސްކަމެވެ. އަނެއްބަޔަކަށް ދަތިކަމެވެ. މިއިން ކޮންމެ ޙާލަތެއްގައި ކެތްތެރިވެ ކުރިއަރައިދާ މީހުންނަށް ސުވަރުގެއެވެ.
ތިމާއަކީ މާބޮޑު ފައިސާވެރިއަކަށް ނުވިޔަސް ހޭދަކޮށް ޞަދަޤާތްކުރެވިދާނެއެވެ. ތިރީގައިވާ ޙަދީޘާއިމެދު ފުންކޮށް ވިސްނާލާށެވެ. އިސްލާމްދީނުގެ ރީތިކަމާއި ފުރިހަމަކަމަކީ މިއީއެވެ.
عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم "كُلُّ سُلَامَى مِنْ النَّاسِ عَلَيْهِ صَدَقَةٌ، كُلَّ يَوْمٍ تَطْلُعُ فِيهِ الشَّمْسُ تَعْدِلُ بَيْنَ اثْنَيْنِ صَدَقَةٌ، وَتُعِينُ الرَّجُلَ فِي دَابَّتِهِ فَتَحْمِلُهُ عَلَيْهَا أَوْ تَرْفَعُ لَهُ عَلَيْهَا مَتَاعَهُ صَدَقَةٌ، وَالْكَلِمَةُ الطَّيِّبَةُ صَدَقَةٌ، وَبِكُلِّ خُطْوَةٍ تَمْشِيهَا إلَى الصَّلَاةِ صَدَقَةٌ، وَتُمِيطُ الْأَذَى عَنْ الطَّرِيقِ صَدَقَةٌ".
[رَوَاهُ الْبُخَارِيُّ] ، [وَمُسْلِمٌ].
އަބޫ ހުރައިރާ رَضِيَ اللَّهُ عَنْهُ ވިދާޅުވިކަމަށް ރިވާވެގެންވެއެވެ: ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިއެވެ: ”އިރު އަރާ ކޮންމެ ދުވަހަކު، މީސްތަކުންގެ ކޮންމެ ހުޅެއް (ނުވަތަ ކަށިގަނޑެއް) ގެ މައްޗަށް ސަދަގާތެއް ވެއެވެ. ދެ މީހެއްގެ ދެމެދުގައި ތިބާ އަދުލުވެރިވުމަކީ ސަދަގާތެކެވެ. އަދި މީހެއްގެ ސަވާރީގައި ތިބާ އޭނާއަށް އެހީތެރިވެ، އޭގެ މައްޗަށް އޭނާ އަރުވައިދީ، ނުވަތަ އޭގެ މައްޗަށް އޭނާގެ ސާމާނު އޭނާއަށް އަރުވައިދިނުމަކީ ސަދަގާތެކެވެ. އަދި ހެޔޮ ބަހަކީ ސަދަގާތެކެވެ. އަދި ތިބާ ނަމާދަށް އަޅާ ކޮންމެ ފިޔަވަޅަކީ ސަދަގާތެކެވެ. އަދި މަގުމަތިން އުނދަގޫ ހުރި އެއްޗެއް ތިބާ ދުރު ކުރުމަކީ ސަދަގާތެކެވެ.“
الله ގެ އޯގާވަންތަކަމާއެވެ. އިންސާނާގެ ހަށިގަނޑުގައި 360 ހުޅު ލައްވާފައިވެއެވެ. އެއިން ކޮންމެ ހުޅަކަށް ޞަދަގާތެއް ކޮންމެ ދުވަހަކު ލައްވާފައިވުމަކީ އަބަދާއި އަބަދު الله އަށް އަޅުގަނޑުމެން ޝުކުރުވެރިވުން ޙައްޤުކަމެއް ނޫންތޯއެވެ! އެހެންކަމުން މިފަދަ ޙަދީޘްތަކަށް ޢަމަލުކުރުމަށް ޢަޒުމު ކަނޑައަޅަމާތޯއެވެ.
ލިޔުންތެރިޔާ
މުޙައްމަދު އަމްޖަދު
މިހާތަނަށް ކޮމެންޓެއް ނެތް
ކުޑަހުވަދޫ ބޮޑު ޢީދު ފުޓްސަލް ޗެލެންޖުގެ ފޯރިގަދަ ފައިނަލް މެޗު މިރޭ
02 June 2026
0
ބޭއިންސާފު ނިންމުންތަކެއް؛ އެފް.އޭ.އެމްގެ ނިންމުން އަލުން ބެލުމަށް ކުޑަހުވަދޫ ކައުންސިލުން އިލްތިމާސްކޮށްފި.
28 May 2026
0
ޢަރަފާތް ދުވަހުގެ އެންމެ މާތް ދުޢާ: މާނައާއި މުހިންމުކަން
25 May 2026
0
އާއިލާއާއި ރައްޓެހިންނާއެކު މަސްދަތުރަކަށް ދާން ބޭނުންތަ؟ "އައްކޮ ފިޝިންގ" އަކީ ހަމަ އެއްވަނަ!
25 May 2026
0
ޢީދަށް މަރުޙަބާ ކިޔުމަށް ކުޑަހުވަދޫގެ ހިތްގައިމު "ފިތުރޯނު ސަރަހައްދު" ރައްޔިތުން ގުޅިގެން ސާފުކޮށްފި
24 May 2026
1
ޢީދަށް ތައްޔާރުވުމުގެ ގޮތުން "ވައްލަ" ސާފުކުރުމުގެ ޙަރަކާތެއް ބާއްވައިފި
24 May 2026
0