އަމިއްލަ ނަފްސާއި އެހެންމީހުންގެ ނަފްސުގެ ސަލާމަތާއި ރައްކާތެރިކަން: 3
އާނއެކެވެ. ރަލަކީ އިންސާނާގެ ބުއްދި ހަލާކުކޮށްލާ މަސްތުގެ ބުއިމެކެވެ. އެއީ ހުރިހާ ނުބައިކަމެއްގެ އަސްލެވެ.
މުޙައްމަދު އަމްޖަދު
2. ބުއްދިއަށް ރައްކާތެރިވުން:
ﷲ ޚަލްޤު ކުރައްވާފައިވާ ހުރިހާ ތަކެއްޗަކަށްވުރެއް އިންސާނާ މާތްކުރައްވައި މަތިވެރި ކުރެއްވީ ބުއްދީގެ ސަބަބުންނެވެ. އިންސާނާ އޭނާގެ ބުއްދިއަށް އުނިކަމެއް އަންނާނެފަދަ އެއްވެސް ޢަމަލެއް ކުރުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއްނޫނެެވެ. އަދިކިއެއް، އެކަމެއް ނިހާޔަތައް މަނާކުރަށްވައި އިންޒާރު ކުރައްވާފައިވާ ކަމެކެވެ. އެހެނީ އިންސާނާއީ ދުނިޔަވީ ޙަޔާތް އާރާސްތު ކުރުމާއިއެކު އޭނާގެ ދާއިމީ އުޚްރަވީި ގޮވަތި ހޯދުމައް މަސައްކަތް ކުރުމަށް ފޮނުއްވާފައިވާ ޚާލިޤު ވަންތަ އިލާހުގެ އަޅުންނެވެ. ވީއިރު ބުއްދި ސަލާމްތުން ނެތި އޭނާގެ ޙަޤީޤީ ގޮވަތި ޙާޞިލުކުރުމަކީ ނާދިރުކަމެކެވެ. އެހެކަމުން ބުއްދި ގެއްލުވާލާ ކޮންމެ އެއްޗެއް އިސްލާމް ދީނުގައިވަނީ ޙަރާމް ކުރައްވާފައެވެ. ރަސޫލާ މުޙައްމަދު ﷺ ޙަދީޘް ކުރައްވާފައިވެއެވެ. ''كُل مسكر خمرٌ وكُل مسكر حرامٌ ''(صحيح البخاري) މާނައީ: '' ކޮންމެ މަސްތުވާ އެއްޗަކީ ރާއެކެވެ. ކޮންމެ ރާއަކީ ޙަރާމް އެއްޗެކެވެ.''
އާނއެކެވެ. ރަލަކީ އިންސާނާގެ ބުއްދި ހަލާކުކޮށްލާ މަސްތުގެ ބުއިމެކެވެ. އެއީ ހުރިހާ ނުބައިކަމެއްގެ އަސްލެވެ. އިންސާނާ އިންސާނިއްޔަ ވަންތަކަމުން ދުރުކޮށް ޙައިވާނުންގެ ދަރަޖައަށް ވައްޓާލާއެޗެކެވެ. ރަލާއި މަސްތުވާ ކޮންމެ އެއްޗަކާއި ދުރުހެލިވެ އަމިއްލަ ނަފްސައްގެއްލުން ދިނުމުން ރައްކާތެރިވާން ޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް