ކުޑަހުވަދޫގެ ރައްޔިތުންނަށް ބަގުލަދޭޝްގެ މަސައްކަތްތެރިންގެ ފަރާތުން ޢީދު ހަވީރު ސައި
ޢީދު
އެޑްމިން
ކުޑަހުވަދޫގައި ދިރިއުޅޭ ބަގުލަދޭޝްގެ މަސައްކަތްތެރިންގެ ފަރާތުން، ކުޑަހުވަދޫގެ ހުރިހާ ރައްޔިތުންނަށް ޢީދުގެ އުފަލުގައި ހަވީރުގެ ސަޔެއް އިއްޔަވަނީ ދީފައެވެ. މިއީ ސައި އިންތިޒާމުކޮށްފައިވަނީ 25 މަސައްކަތްތެރިން ހިމެނޭ ޓީމަކުންނެވެ.
އިއްޔަ ހަވީރު ކުރިއަށްދިޔަ ސަޔާއިއެކު ބަކަރި ބިރިޔާނީ ތައްޔާރުކޮށްފައިވާކަމަށް މި ޙަރަކާތުގައި އިސްކޮށް އުޅުނު ބަގުލަދޭޝްގެ މަސައްކަތްތެރިއެއްކަމުގައިވާ އަހައްމަދު ފާހަގަކުރިއެވެ. ޢަޞްރު ނަމާދުން ފެށިގެން ހަވީރު 5:30 ހަމައަށް ބަނދަރު ސަރަޙައްދުގައި ކުރިއަށް ގެންދެވުނު ސައިގެ މި ޙަރަކާތުގައި ގިނަ ޢަދަދެއްގެ ކުޑަހުވަދޫގެ ރައްޔިތުންގެ އިތުރުން ކުޑަހުވަދޫގައި މަސައްކަތްކުރާ ބިދޭސީންވަނީ ބައިވެރިވެފައެވެ.
"މިއީ ކުޑަހުވަދޫ މިހުން އަހަރެމެން ބޭރު މީހުންނަށް ވަރަށް ރަނގަޅުވީމަ އަހަރެމެންގެ ފަރާތުން ދިން ސައެއް". އަަހައްމަދު މި ނޫހަށް މަޢުލޫމާތު ޙިއްސާކުރަމުން ފާހަގަކުރިއެވެ.
ކުޑަހުވަދޫއަކީ އެކި ދާއިރާތަކުން މަސައްކަތްތަކުރަމުން އަންނަ ގިނަ ބިދޭސީން ދިރިއުޅެމުން އަންނަރަށެކެވެ. އަދި ބިދޭސީންނާއި މެދުގައިވެސް ކުޑަހުވަދޫގެ ރައްޔިތުންނަކީ ހެޔޮ ބައެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް