ޚަބަރު
ޝައިޚް ފަރީދުގެ ޖަނާޒާ މާދަމާ މެލޭޝިޔާގައި
ދަޢުވަތުގެ ދަތުރެއްގައި ރޭގެ ވަގުތެއްގައި މެލޭޝިޔާއަށް ވަޑައިގެންނެވިތަނުން އެއަރޕޯޓުގައި ޝައިޚް ފަރީދު ވަނީ ކުއްލި ގޮތަކަށް ނިޔާވެފައެވެ. ޝައިޚްގެ ޖަނާޒާގެ އެންމެހާކަމެއް މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ މެލޭޝިޔާގައެވެ.
“މެލޭޝިޔާގައި މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އަޅުގަނޑުގެ ލޮބުވެތި ބޭބެ ޝައިޚް އިބްރާހީމް ފަރީދުގެ ޖަނާޒާގައި ވީހާގިނަ ބޭފުޅުން ބައިވެރިވެލެއްވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެކެވެ.” ޝައިޚް ފަރީދުގެ ކޮއްކޮ އައްޝައިޚް ޢަލީ ޒައިދު މީސް މީޑިއާގައި ޙިއްސާކުރެއްވި މަޢުލޫމާތުގައިވެއެވެ.
ޝައިޚުގެ ޖަނާޒާ ކުރިއަށްދާނީ މެލޭޝިޔާގެ ރާޖާ ހާޖި ފީސަބީلله މަސްޖިދުގައި މެންދުރު ނަމާދަށް ފަހުގައެވެ. މޫނު ދެއްކުން މާދަމާ 11:00 - 12:30 އަށް އެ މިސްކިތުގައި ކުރިއަށްދާނެއެވެ.
ޝައިޚް އަވަހާރަވިއިރު ޢުމުރުފުޅަކީ 53 އަހަރެވެ. ޖަނާޒާގެ އެއްވެސް ބަދަލެއް އަންނަނަމަ އެކަން ހިއްސާކުރާނެކަމަށް ޢާއިލާއިން މަޢުލޫމާތު ދެއެވެ. ޝައިޚުގެ ދީނީ އަދި އިންސާނީ ޚިދުމަތްތަކަކީ ފާހަގަކޮށްލެވޭ ކަންކަމެވެ.
ލިޔުންތެރިޔާ
އެޑްމިން
މިހާތަނަށް ކޮމެންޓެއް ނެތް
ކުޑަހުވަދޫ ބޮޑު ޢީދު ފުޓްސަލް ޗެލެންޖުގެ ފޯރިގަދަ ފައިނަލް މެޗު މިރޭ
02 June 2026
0
ބޭއިންސާފު ނިންމުންތަކެއް؛ އެފް.އޭ.އެމްގެ ނިންމުން އަލުން ބެލުމަށް ކުޑަހުވަދޫ ކައުންސިލުން އިލްތިމާސްކޮށްފި.
28 May 2026
0
ޢަރަފާތް ދުވަހުގެ އެންމެ މާތް ދުޢާ: މާނައާއި މުހިންމުކަން
25 May 2026
0
އާއިލާއާއި ރައްޓެހިންނާއެކު މަސްދަތުރަކަށް ދާން ބޭނުންތަ؟ "އައްކޮ ފިޝިންގ" އަކީ ހަމަ އެއްވަނަ!
25 May 2026
0
ޢީދަށް މަރުޙަބާ ކިޔުމަށް ކުޑަހުވަދޫގެ ހިތްގައިމު "ފިތުރޯނު ސަރަހައްދު" ރައްޔިތުން ގުޅިގެން ސާފުކޮށްފި
24 May 2026
1
ޢީދަށް ތައްޔާރުވުމުގެ ގޮތުން "ވައްލަ" ސާފުކުރުމުގެ ޙަރަކާތެއް ބާއްވައިފި
24 May 2026
0