ޚަބަރު
ދ. އަތޮޅު ކައުންެސިލުން ޢަމަލީ ތަޖުރިބާ ހޯދުމަށް ދަތުރުތަކެއް!
.އަތޮޅު ކައުންސިލުން މުވައްޒަފުންނަށް އަމަލީ ތަޖުރިބާ ހޯދައިދިނުމުގެ މަޤްޞަދުގައި އެކި ރަށްރަށަށް ދަތުރުތަކެއް ކުރަމުން ގެންދާ ކަމަށް އެ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ޢަބްދުއްރަޝީދު ޢަބްދުއްރައްޒާޤް މަޢުލޫމާތު ދެއްވައިފިއެވެ.
ދ.އަތޮޅު ކައުންސިލުން މުވައްޒަފުންނަށް އަމަލީ ތަޖުރިބާ ހޯދައިދިނުމުގެ މަޤްޞަދުގައި އެކި ރަށްރަށަށް ދަތުރުތަކެއް ކުރަމުން ގެންދާ ކަމަށް އެ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ޢަބްދުއްރަޝީދު ޢަބްދުއްރައްޒާޤް މަޢުލޫމާތު ދެއްވައިފިއެވެ.
މި ދަތުރުތައް ފެށިފައިވަނީ 30 އޭޕްރީލް 2025 ވަނަ ދުވަހުގެ ހަވީރުއެވެ. މިހާތަނަށް ދަތުރު ކޮށްފައިވާ ބައެއް ރަށްތަކުގެ ތެރޭގައި ށ.ފުނަދޫ، ށ.މިލަންދޫ، ށ.މަރޮށި، ހއ.އުތީމު އަދި ހދ.ކުޅުދުއްފުށި ހިމެނެއެވެ.

ދަތުރުތަކުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި މުވައްޒަފުން މޯޓިވޭޓް ކުރުމާއި، އޮފީސް މާޙައުލުން ބޭރުން ތަފާތު ތަޖުރިބާތައް ކޮށްލުމުގެ ފުރުޞަތު ދިނުން ހިމެނެއެވެ. މީގެ އިތުރުން، މުވައްޒަފުންނަށް ތިއަރީގެ އިތުރުން އަމަލީ ގޮތުން އެކި ރަށްރަށުގައި ކަންކަން ކުރާ ގޮތް ބަލައި ދަސްކުރުމުގެ ފުރުޞަތު ލިބިގެންދާކަމަށް އެސްޖީ ޢަބްދުއްރަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ތެރޭގައި ވެސް ގަބޫލުކުރެވިފައި އޮންނަ ކަމެއް އެއީ ކައުންސިލުތަކުން ކުރާ ބޭކާރު ކަމެކޭ މިފަދަ ތަޖުރިބާ ދަތުރުތަކަކީ. އެހެންނަމަވެސް އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި މިއީ ވަރަށް ކާމިޔާބު ދަތުރެއް. ކައުންސިލުތަކަކީ އަމިއްލަ އިންޑިޕެންޑެންޓް ބޮޑީތަކެއް. އަޅުގަނޑުމެންނަށް އެންމެ ބޮޑު އެޑްވާންޓޭޖަކީ ތަޖުރިބާކުރެވި ދަސްކުރާ ކަންތައްތައް އަޅުގަނޑުމެންނަށް މާދަމާވެސް އިމްޕްލިމެންޓް ކުރުމުގެ ބާރު އޮތުން،" އެސްޖީ ޢަބްދުއްރަޝީދު ވިދާޅުވިއެވެ.

މި ދަތުރުތަކުން އެކި ކައުންސިލުތަކުގައި މުވައްޒަފުން މޯޓިވޭޓްކުރަން ގެންގުޅޭ ތަފާތު ގޮތްތަކާއި، ވަރކިންގ ސްޓޭޝަންތައް ތަރުތީބުކޮށްފައިވާ ގޮތްތައް ދަސްކުރުމުގެ ފުރުޞަތު ލިބިގެންދިޔަކަމަށް އެސްޖީ ފާހަގަކުރެއްވިއެވެ. އަދި މި ދަތުރުތަކުގެ ސަބަބުން މުވައްޒަފުންގެ މެދުގައި އޮންނަ އެއްބައިވަންތަކަން އިތުރަށް ހަރުދަނާވެގެން ދިޔަކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް، މިފަދަ ދަތުރުތައް ކޮންމެ އަހަރަކު ކުރަންޖެހޭ ކަމެއްގެ ގޮތުގައި ދެކިގެން ކުރާނަމަ، އެއީ ބޭކާރު ކަމެއްގެ ގޮތުގައި ސިފަކުރެވިދާނެކަމަށް އެސްޖީ ޢަބްދުއްރަޝީދު ވިދާޅުވިއެވެ. އަދި ހަމައެހެންމެ ދަތުރުގައި ދެވުނު ރަށްތަކުން ވަރަށް ފުރިހަމަ މެހެމާންދާރިއެއް ލިބިގެންދިޔަކަން ފާހަގަކޮށް އެފަރާތްތަކަށް ވަރަށް ޚާއްސަ ޝުކުރެއްވެސް އަދާކޮށްފައިވެއެވެ.
ލިޔުންތެރިޔާ
އާދަމް ޝާމް
މިހާތަނަށް ކޮމެންޓެއް ނެތް
ކުޑަހުވަދޫ ބޮޑު ޢީދު ފުޓްސަލް ޗެލެންޖުގެ ފޯރިގަދަ ފައިނަލް މެޗު މިރޭ
02 June 2026
0
ބޭއިންސާފު ނިންމުންތަކެއް؛ އެފް.އޭ.އެމްގެ ނިންމުން އަލުން ބެލުމަށް ކުޑަހުވަދޫ ކައުންސިލުން އިލްތިމާސްކޮށްފި.
28 May 2026
0
ޢަރަފާތް ދުވަހުގެ އެންމެ މާތް ދުޢާ: މާނައާއި މުހިންމުކަން
25 May 2026
0
އާއިލާއާއި ރައްޓެހިންނާއެކު މަސްދަތުރަކަށް ދާން ބޭނުންތަ؟ "އައްކޮ ފިޝިންގ" އަކީ ހަމަ އެއްވަނަ!
25 May 2026
0
ޢީދަށް މަރުޙަބާ ކިޔުމަށް ކުޑަހުވަދޫގެ ހިތްގައިމު "ފިތުރޯނު ސަރަހައްދު" ރައްޔިތުން ގުޅިގެން ސާފުކޮށްފި
24 May 2026
1
ޢީދަށް ތައްޔާރުވުމުގެ ގޮތުން "ވައްލަ" ސާފުކުރުމުގެ ޙަރަކާތެއް ބާއްވައިފި
24 May 2026
0