ކުޅިވަރު
ކުޑަހުވަދޫ ބޮޑުޢީދު ފުޓްސަލް ޗެލެންޖު 1446 : މީޑިއާ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްްސް
ވޮއިސް އޮފީހުގައި އިއްޔަ ބޭއްވުނު ސޮއިކުރުމުުގެ ރަސްމިއްޔާތުގައި ބުރަދާސް އެކަޑަމީގެ ފަރާތުން ބައިވެރިވެފައިވަނީ ވައިސް ޗެއާޕާސަން މުޙައްމަދު އަމްޖަދު އެވެ. އަދި ވޮއިސް ސްޕޯޓްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ މެނޭޖިންގ އެޑިޓަރ ޢަބްދުالله ޙުސައިން އެވެ.
ކުޑަހުވަދޫ ބޮޑުޢީދު ފުޓްސަލް ޗެލެންޖުގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްސް ހަމަޖައްސައިފިއެވެ. މި މުބާރާތަކީ ބުރަދާސް އެކަޑަމީއިން ބޮޑުޢީދުގައި ބޭއްވުމަށް އަންނަ މުބަރާތެކެވެ.
ވޮއިސް އޮފީހުގައި އިއްޔަ ބޭއްވުނު ސޮއިކުރުމުުގެ ރަސްމިއްޔާތުގައި ބުރަދާސް އެކަޑަމީގެ ފަރާތުން ބައިވެރިވެފައިވަނީ ވައިސް ޗެއާޕާސަން މުޙައްމަދު އަމްޖަދު އެވެ. އަދި ވޮއިސް ސްޕޯޓްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ މެނޭޖިންގ އެޑިޓަރ ޢަބްދުالله ޙުސައިން އެވެ.
ވޮއިސް ސްޕޯޓްސް އަކީ ރާއްޖޭގެ ގިނަ މުބާރާތްތަކެއްގެ ޚަބަރުތައް ތާޒާކަމާއިއެކު ފޯރުކޮށްދެމުންއަންނަ މީޑިއާއެކެވެ. ބުރަދާސް އެކަޑަމީގެ ޗެއާމަން އިސްމާޢީލް އާދިލް ކުޑަހުވަދޫ އޮންލައިން އަށް މަޢުލޫމާތު ދެއްވަމުން ފާހަގަކުރަށްވާފައިވަނީ، މި މުބާރާތުގެ މަޢުލޫމާތު އެންމެ ތާޒާކޮށް މީޑިއާއަށް ގެނެސްދިނުމަށް ވޮއިސް އަކީ އެންމެ ޤާބިލު އެއް ފަރާތް ކަމުގައެވެ. ވޮއިސް މީޑިއާ ޕާޓްނަރ އަށް ވުމަކީ މުބާރާތަށް އިތުރަށް ލިބުނު ފުރިހަމަކަމެއްކަން ފާހަގަކުރަށްވަމުން ވޮއިސްގެ ޓީމަށް އާދިލް ވަނީ ޝުކުރުދަންނަވާފައެވެ.
މުބާރާތުގެ އެންމެ ފުރިހަމަކޮށް ކުރިއަށް ގެންދިއުމަށް ބުރަދާސް އެކަޑަމީގެ ފަރާތުން އަންނަމީ މަސައްކަތްކުރަމުންނެވެ. "މީޑިއާ ޕާޓްނަރުންގެ އިތުރުން، އިތުރު ފަރާތްތަކާއި ގުޅިގެން ފޯރިގަދަ މުބާރާތަކަށް މި މުބާރާތް ހެދުމަށް މިއަންނަނީ ގިނަގުނަ މަސައްކަތް ކުރަމުން" އާދިލް ވިދާޅުވިއެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 12000 ރުފިޔާ ކަނޑައެޅިފައިވާއިރު، ކުޑަހުވަދޫ ބޮޑުޢީދު ފުޓްސަލް ޗެލެންޖު 1446، ފެށޭނީ 6 ޖޫން 2025 ގައެވެ. މި މުބާރާތުގެ ސަބަބުން ޢީދުގެ ފޯރި ގަދަވެ ކުޑަހުވަދޫގެ ޒުވާނުންނަށް އެކުޅުންތެރިންގެ ހުނަރު މުޅި ރާއްޖެއަށް ދައްކައިލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
ލިޔުންތެރިޔާ
އެޑްމިން
މިހާތަނަށް ކޮމެންޓެއް ނެތް
ކުޑަހުވަދޫ ބޮޑު ޢީދު ފުޓްސަލް ޗެލެންޖުގެ ފޯރިގަދަ ފައިނަލް މެޗު މިރޭ
02 June 2026
0
ބޭއިންސާފު ނިންމުންތަކެއް؛ އެފް.އޭ.އެމްގެ ނިންމުން އަލުން ބެލުމަށް ކުޑަހުވަދޫ ކައުންސިލުން އިލްތިމާސްކޮށްފި.
28 May 2026
0
ޢަރަފާތް ދުވަހުގެ އެންމެ މާތް ދުޢާ: މާނައާއި މުހިންމުކަން
25 May 2026
0
އާއިލާއާއި ރައްޓެހިންނާއެކު މަސްދަތުރަކަށް ދާން ބޭނުންތަ؟ "އައްކޮ ފިޝިންގ" އަކީ ހަމަ އެއްވަނަ!
25 May 2026
0
ޢީދަށް މަރުޙަބާ ކިޔުމަށް ކުޑަހުވަދޫގެ ހިތްގައިމު "ފިތުރޯނު ސަރަހައްދު" ރައްޔިތުން ގުޅިގެން ސާފުކޮށްފި
24 May 2026
1
ޢީދަށް ތައްޔާރުވުމުގެ ގޮތުން "ވައްލަ" ސާފުކުރުމުގެ ޙަރަކާތެއް ބާއްވައިފި
24 May 2026
0