ރިޕޯޓް
ދޫވެގެން ތިޔަދަނީ، ތިބާގެ ލޮލުގެ ކޮޔެވެ!
އެއީ ޙަޔާތުގައި ތިބާ ކުރި އެންމެ ބޮޑު އުއްމީދެވެ. ހާދަ ދުވަހެއްގެ އިންތިޒާރެކެވެ. ތަޙައްމަލުކުރި އެތަކެއް ކެކުޅުމާއި ވޭނީ ކަރުނައިގެ ހަދިޔާއެވެ. އުއްމީދު ކަނޑާނުލައި ދެންނެވި އެތަކެއް ދެންނެވުންތަކުގެ ޢިޖާބަ ކުރެއްވުމެވެ.
އެއީ ޙަޔާތުގައި ތިބާ ކުރި އެންމެ ބޮޑު އުއްމީދެވެ. ހާދަ ދުވަހެއްގެ އިންތިޒާރެކެވެ. ތަޙައްމަލުކުރި އެތަކެއް ކެކުޅުމާއި ވޭނީ ކަރުނައިގެ ހަދިޔާއެވެ. އުއްމީދު ކަނޑާނުލައި ދެންނެވި އެތަކެއް ދެންނެވުންތަކުގެ ޢިޖާބަ ކުރެއްވުމެވެ. އުއްމީދުން ފުރިގެންވާ އެ މަޢުޞޫމު ފުރާނަ ހަށިގަނޑުގެ ބަޔަކަށް ވީދުވަހުން ފެށިގެން ޙަޔާތުގެ ޞަފުޙާތަކުގައި ކުލަޖެހެން ފެށިއެވެ. އެދަރިފުޅުގެ ރައްކާތެރިކަމަށްޓަކައި އަމިއްލަ ނަފްސު ޤުރުބާން ކުރަންވެސް ހުރީ ހަމަތައްޔާރެށެވެ. ޖެހިދާނެ ނުރައްކާތެރި ބަލިމަޑުކަމަކުން ސަލާމަތް ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ދުރާލާ ކަށަވަރު ކުރީމެވެ. ގިސްލަ ގިސްލާ އޮށްވާ ޖެހި ވެކްސިންތަކުގެ ސަބަބުން ހުންއައިސް ކުކުރަމުން ދިޔަ އެދަރިފުޅު ތިޔައޯގާތެރި އުނގުގައި ގެންގުޅުނީ ޝަކުވާއެއް ނެތިއެވެ.
ކާރު ބާރު ބޮޑު މަގުތައްމަށްޗަށް އިނގިލީގެ ކުރީގަލައިގެން ތިޔަ ނިކުންނަނީވެސް ހަމަ އެދަރިފުޅުގެ އުފަލަށްޓަކައެވެ. މަގުހުރަސް ކުރުމަށް އެކަނި ދޫކޮށްލާކަށް ހަމަހިލާ ނުކެރުނެވެ. ދުއްވާފައި އަންނަ ވެހިކަލެއްގެ ޝިކާރައަކަށް ވެދާނެތީއެވެ. ހިނގަމުން ގޮސް ނިކުމެވުނީ ރަށަށް ޒިޔާރަތްކުރާ ފަތުވެރިންނަށް ޚާއްޞަކޮށްފައިވާ ސަރަޙައްދަށެވެ. ނިވާކަން ކުޑަ ފޭރާމުގައި ތިބި މީހުންތައް އެ ޅަސިކުނޑި ތަޣައްޔަރު ކޮށްލާފާނޭކަމުގެ ބިރު އިންތިހާޔަށް ބޮޑުވިއެވެ. އެ ލޯބި ލޯބި ދެ ލޮލުގެ މަތީގައި އަތްއަޅާ ފޮރުވާލީމެވެ. ޢުމުރާއި ނުގުޅޭ މަންޒަރުތަ ވަންހަނާ ކުރުމަށެވެ. މަޑު ހިނގުމެއްގައި ގޮސް ކުޑަކުދިންގެ ޕާކަށް ވަނީމެވެ. ޕާކުތެރޭގައި ކުޅެން ތިބި ކުދިންގެ މިނިވަން ކަމަކަށް އެއްވެސް ހުރަހެއް ނެތެވެ. ކުޅޭ ތަކެތީގެ މަައްޗަށް އަރައި ފުމެ ހަދަމުންދާ އިރު ހީވަނީ ބަގީޗާއެއްގެ ތެރޭގައި އުދުހޭމުންދާ ކޮކާތަކެއްހެންނެވެ. އަތްފޮޅާލާފައި ދަރިފުޅު ދުއްވައިގަތުމުންވެސް ހިފެހެއްޓީމެވެ. އެކަނި ދުކޮށްލާކަށް ނުކެރެނުވެ. ކުޅެން އުޅުމުގެ ތެރޭގައި ވެއްޓި އަނިޔާއެއް ވެދާނެތީއެވެ.
ކުއްލިޔަކަށް ފޯނަށް އެއައީ ކުންފުނީގެ ވެރިޔާގެ މެސެޖެކެވެ. އޮފީހުން މިއަހަރު ޙައްޖު ދަތުރު ލިބުނު މުވައްޒަފަކަށް ހޮވުމުން ފޮނުވި މަރުޙަބާގެ މެސެޖެވެ. އުފާވެރި ޚަބަރެކެވެ. ފުރަތަމަވެސް ދަރިފުޅުގެ އެކަނިވެރިކަމަށްޓަކައި ހިލޭ ލިބުނު ޙައްޖު ދަތުރުވެސް މުހިއްމެއް ނުވިއެވެ. އެންމެ ފަހުން ޙައްޖަށް މިފުރީ ދަރިފުޅު ގޮވައިގެންނެވެ. މިހާރު މިހުރީ، ބަރަކާތުން ފުރިގެންވާ އެ މާތް ބިމުގައެވެ. މިއަށްވުރެ ރައްްކާތެރި ތަނެއް މިބިންމަތީގައި ނުވާނޭކަން ކަށަވަރެވެ. الله ގެ އެމަތިވެރި ގެކޮޅާއި ދިމާލަށް ދިއުމަށް ދަރިފުޅު އެތައްފަހަރަކު ދުއްވައިގަތެވެ. މީހެއްގެ ފައިދަށުވެ ދަރިފުޅަށް އަނިޔާއެއް ވެދާނެ ކަމުގެ ބިރުބޮޑެވެ. އެހެންކަމުން ދަރިފުޅު ގެންގުޅެން ޖެހުނީ ގައިގައި އައްސައިގެންނެވެ. މަތިވެރި އަޅުކަމަށް ފަހު އެނބުރި އާދެވިއްޖެއެވެ. ނުނިމި ހުރި އޮފީހުގެ މަސައްކަތްތައް ގޭގައި ހުރެގެން ނިންމާލުމަށްޓަކައި ކޮމްޕިޓަރު ކައިރީގައި އިށީނީމެވެ. ނަމަވެސް ދަރިފުޅުގެ ހެލިފެލިވެ އުޅުމާއި ކުރާ ސުވާލުތަކުން މަސައްކަތާއިގެން ކުރިޔަށް ދެވޭގޮތެއް ނުވިއެވެ. ދަރިފުޅަށް ޚާއްޞަކޮށްފައިވާ އައިޕެޑްގެ އެހީތެރިކަމަށް ބޭނުން ޖެހުނެވެ. ދަރިފުޅުގެ އަޑު ކެނޑި، ކުރަން ހުރި މަސައްކަތަށް އަހަރެން މަސްޣޫލުވީމެވެ.
ލޮބުވެތި އުޚުތާއެވެ. ތިބާގެ ލޮލުގެ ނޫރުފަދަ، އެދަރިފުޅު އަޑިނޭނގޭ ފުން ކަނޑެއްގެ ތަރެއަށް ގަންބާލުމަށް ފަހު، ތިހަމަޖެހިލީ ހަމަ ހިޔާލެއް ފިކުރެއް ނެތިހެއްޔެވެ؟ ބަވަނަވެފައި އޮތް މިބޮޑު ދުނިޔެ ހަދިޔާ ތިޔަކުރީ ތިބާގެ ލޮލުގެ ފިނިކަމާއެވެ! ތިބާގެ މުސްތަޤުބަލް ކަމަށް ދެކެމުންދާ މަޢުޞޫމު ދަރިފުޅުގެ ހުރިހާ ޙިއްޞުތަކެއް ކަސްތޮޅު އެޅެމުން އެދަނީ ތިބާއާއި ދާދެ ގާތުގައި ހުރެގެންނެވެ! އިންސާނަކު އަޑުއެހުމާއި ބެލުން ހެޔޮވެގެން ނުވާ އެތަކެއް މަންޒަރުތަކެއްގެ ޝިކާރައަކަށްވެ، ގެއްލިގެން އެދަނީ ތިބާގެ ލޮލުގެ ކޮޔެވެ.
ލިޔުންތެރިޔާ
ރިޟާ
މިހާތަނަށް ކޮމެންޓެއް ނެތް
ކުޑަހުވަދޫ ބޮޑު ޢީދު ފުޓްސަލް ޗެލެންޖުގެ ފޯރިގަދަ ފައިނަލް މެޗު މިރޭ
02 June 2026
0
ބޭއިންސާފު ނިންމުންތަކެއް؛ އެފް.އޭ.އެމްގެ ނިންމުން އަލުން ބެލުމަށް ކުޑަހުވަދޫ ކައުންސިލުން އިލްތިމާސްކޮށްފި.
28 May 2026
0
ޢަރަފާތް ދުވަހުގެ އެންމެ މާތް ދުޢާ: މާނައާއި މުހިންމުކަން
25 May 2026
0
އާއިލާއާއި ރައްޓެހިންނާއެކު މަސްދަތުރަކަށް ދާން ބޭނުންތަ؟ "އައްކޮ ފިޝިންގ" އަކީ ހަމަ އެއްވަނަ!
25 May 2026
0
ޢީދަށް މަރުޙަބާ ކިޔުމަށް ކުޑަހުވަދޫގެ ހިތްގައިމު "ފިތުރޯނު ސަރަހައްދު" ރައްޔިތުން ގުޅިގެން ސާފުކޮށްފި
24 May 2026
1
ޢީދަށް ތައްޔާރުވުމުގެ ގޮތުން "ވައްލަ" ސާފުކުރުމުގެ ޙަރަކާތެއް ބާއްވައިފި
24 May 2026
0