ދީން
ތިއީ މުސްލިމު ބައްޕައެކެވެ!
ޙަލާލުގޮތުގައި ކުރާ މަސައްކަތަކުން މެނުވީ ފެންފޮދެއްވެސް އަރުގެ ތެރެއަށް ދިޔަ ނުދެއްވާށެވެ. ކާމިޔާބުގެ ތަޅުދަނޑިއަކީ ނަމާދު ޤާއިމު ކުރުން ކަމުގައި ހައްދަވާށެވެ. އިސްލާމީ އަޚްލާޤުން އެއްކިބާ ނުވެ، ދުނިޔަވީ ފައިދާހުރި ޢިލްމު ފޯރުކޮށްދީ، އޭގެ މަންފާ ހެޔޮ ގޮތުގައި ހޯދުމަށް ހިތްވަރު ދެއްވާށެވެ.
ޢާއިލާގެ އޮނިގަނޑުގައި ހިމެނޭ އެންމެ އިސް މަދަދުގާރަކީ ތިޔައީއެވެ. ބެލެހެއްޓުންތެރިއެއްގެ އިތުރުން ތިއީ ރޫޙާނީ ގޮތުން ޢާއިލާގެ ދުޅަހެޔޮކަން ދަމަހައްޓުވައިދޭ ފާރަވެރިޔާއެވެ. ތިއީ މަތިވެރި އިސްލާމް ދީނުގެ އިމުގެތެރެއިން އަނބި ދަރީން ބޭރުވެ ދިޔަ ނުދީ ހިފެހައްޓައިދެއްވާ ޣީރަތްތެރިޔާއެވެ.
މަތިވެރި އިސްލާމްދީނުގައި ތިޔަބައްޕަގެ މަސްޢޫލިއްޔަތަކީ ހަމައެކަނި ޢާއިލާގެ ޖިސްމާނީ ބޭނުންތައް ފުއްދައިދިނުން ކަމުގައި ދެކި ނުލައްވާށެވެ. ތިއީ އީމާންތެރިކަމާއި ހެޔޮ ޚުލުޤުގެ މަތީގައި ޢާއިލާތަށް ބިނާކުރުމުގެ އާރުކާޓީއެވެ. ޤުރުއާނާއި ސުންނަތުގެ މަންހަޖުން އަނބިދަރީން ކަސިޔާރުވެގެން ދިޔަ ނުދިމުމަށް ތިޔަ ބައްޕަގެ ދައުރު ނިހާޔަތަށް ބޮޑެވެ. އިސްލާމީ ރެވިތި އަގުތައް ދަސްކޮށްދީ، ފަރުޟު ވާޖިބުތަކުގެ އިތުރުން ސުންނަތަށް ޢަމަލު ކުރުމުގައި ނަމޫނާ ދައްކަވައި ދެއްވާށެވެ. ޖަހަންނަމައިގެ ގަދަ ފަދަ ހޫނުން ތިމާގެ އަނބިދަރީން ސަލާމަތް ކޮށްދިނުމަށްވުރެ ވަކިން ބޮޑު ޒިންމާއެއް އޮންނާނެތޯއެވެ؟
ލޮބުވެތި ބައްޕައިންނޭވެ! ﷲގެ މި ވަޙީ ބަސްފުޅު އަޑުއަށްސަވާށެވެ!. "يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ" މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ نفس ތަކާއި، ތިޔަބައިމީހުންގެ أهل ވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ." (سورة التحريم 6)
ޙަލާލުގޮތުގައި ކުރާ މަސައްކަތަކުން މެނުވީ ފެންފޮދެއްވެސް އަރުގެ ތެރެއަށް ދިޔަ ނުދެއްވާށެވެ. ކާމިޔާބުގެ ތަޅުދަނޑިއަކީ ނަމާދު ޤާއިމު ކުރުން ކަމުގައި ހައްދަވާށެވެ. އިސްލާމީ އަޚްލާޤުން އެއްކިބާ ނުވެ، ދުނިޔަވީ ފައިދާހުރި ޢިލްމު ފޯރުކޮށްދީ، އޭގެ މަންފާ ހެޔޮ ގޮތުގައި ހޯދުމަށް ހިތްވަރު ދެއްވާށެވެ. މިނިވަންކަން އޭގެ އިމުން ބެރުވުމުގެ ކުޑަ ނަމަވެސް ފުރުޞަތެއް ނުދެއްވާށެވެ. އަޑު އެހުންތަކާއި ބެލުންތައް ﷲގެ ރުހިވޮޑިގަތުންމަތީ ސާބިތު ކުރުމަށް އަބަދުމެ ފާރަވެރި ވެލައްވާށެވެ.
ތިޔަ ހިނިތުންވުމުގެ އަސްލަކީ، އަނބި ދަރިންގެ މެދުގައި ޢަދުލުވެރިވުން ކަމުގައި ހައްދަވާށެވެ! ތިބައްޕަގެ ބޮލުގައި ވިދާ ބަބުޅަމުން ތިޔަދަނީ އިމާންކަމާއި، އޯގާތެރިކާމާއި، ކެތްތެރިކަމުގެ ޝަރަފުވެރި ތާޖެވެ. ތިފަދަ މަތިވެރި ޝަރަފެއްގެ އަގަކީ ޖަންނަތުކަން ކަށަވަރު ކުރައްވާށެވެ.
އިންޝާالله
ލިޔުންތެރިޔާ
ރިޟާ
މިހާތަނަށް ކޮމެންޓެއް ނެތް
ކުޑަހުވަދޫ ބޮޑު ޢީދު ފުޓްސަލް ޗެލެންޖުގެ ފޯރިގަދަ ފައިނަލް މެޗު މިރޭ
02 June 2026
0
ބޭއިންސާފު ނިންމުންތަކެއް؛ އެފް.އޭ.އެމްގެ ނިންމުން އަލުން ބެލުމަށް ކުޑަހުވަދޫ ކައުންސިލުން އިލްތިމާސްކޮށްފި.
28 May 2026
0
ޢަރަފާތް ދުވަހުގެ އެންމެ މާތް ދުޢާ: މާނައާއި މުހިންމުކަން
25 May 2026
0
އާއިލާއާއި ރައްޓެހިންނާއެކު މަސްދަތުރަކަށް ދާން ބޭނުންތަ؟ "އައްކޮ ފިޝިންގ" އަކީ ހަމަ އެއްވަނަ!
25 May 2026
0
ޢީދަށް މަރުޙަބާ ކިޔުމަށް ކުޑަހުވަދޫގެ ހިތްގައިމު "ފިތުރޯނު ސަރަހައްދު" ރައްޔިތުން ގުޅިގެން ސާފުކޮށްފި
24 May 2026
1
ޢީދަށް ތައްޔާރުވުމުގެ ގޮތުން "ވައްލަ" ސާފުކުރުމުގެ ޙަރަކާތެއް ބާއްވައިފި
24 May 2026
0