ދ.އަތޮޅުގައި ވަދު ކަނދުފައްޗެއް ޤާއިމުކޮށްފި
އެޑްމިން
ދ.އަތޮޅުގައި އައު ވަދު ކަނދުފައްޗެއް މިދިޔަ ހޮނިހިރު ދުވަހުގައިވަނީ ޤާއިމުކޮށްފައެވެ. މި ކަނދުފަތި ޤާއިމުކޮށްފައިވަނީ ދ.މާފުށީގެ ހުޅަނގު ދެކުނުން 6 މޭލު ބޭރުގައެވެ.
ދ.އަތޮޅަކީ މަސްވެރި އަތޮޅަކަށްވީއިރު މި ކަނދުފަތީގެ ސަބަބުން މަސްވެރިންނަށް އިތުރު ފަސޭޙަތަކެއް ލިބިގެންދާނެއެވެ. މި ކަނދުފަތީގެ ނަންބަރަކީ K08V03 އެވެ. ކުޑަހުވަދޫ ކައިރީގައި މިފަދަ ކަނދުފައްޗެއް ޤާއިމުކޮށްދެއްވުމުން ކުޑަހުވަދޫ ކައުންސިލުންވަނީ ރާއްޖޭގެ ރައީސް ޑރ.މުޢިއްޒަށާއި ކުޑަހުވަދޫ ދާއިރާގެ މެމްބަރުގެ އިތުރުން މިނިސްޓަރ އަޙްމަދު ޝިޔާމަށް ޝުކުރު ދަންނަވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް