ކުޅިވަރު
ކޭއެސްސީގެ 3 ވަނަ ބީޗް ހޭންޑް ބޯލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަރު ހުޅުވާލައިފި
ޖުލައި މަހުގެ 4 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކުޑަހުވަދޫ ސްޕޯޓްސް ކުލަބުގެ "3 ވަނަ ބީޗް ހޭންޑު ބޯލް މުބާރާތް" ގައި ބައިވެރިވުމުގެ ފުރުސަތު އެކުލަބުން އާންމުކޮށް ހުޅުވާލައިފިއެވެ. މިއަހަރުގެ މުބާރާތްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ޑިވިޝަނަކަށް ބަހާލައިގެންނެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކަށް މުބާރާތުގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، ކޮންމެ ޑިވިޝަނަކުން ވެސް 8 ޓީމަށް ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މުބާރާތުގައި ބައިވެރިވުމަށްއެދި ފޯމް ހުށަހަޅާ ތަރުތީބުން ޓީމު ތަކަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވާއިރު، މިހާތަނަށް ފިރިހެން ހަތަރު ޓީމު އަދި އަންހެން ފަސް ޓީމަކުން ވަނީ މުބާރާތުގައި ބައިވެރިވުމަށް އެދި ފޯމް ހުށަހަޅާފައެވެ. މި އަހަރުގެ މުބާރާތް ވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ކުޑަހުވަދޫ ސާފް ބީޗުގައެވެ.
މީގެ އިތުރުން މުބާރާތް ސްޕޮންސަރ ކުރުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިވާއިރު، އެކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 9683836 ނަންބަރު ފޯނަށް ގުޅައިގެން މައުލޫމާތް ސާފުކުރެއްވުމަށް ކުޑަހުވަދޫ ސްޕޯޓްސް ކުލަބު ފަރާތުން ވަނީ އެދިފައެވެ.
ލިޔުންތެރިޔާ
އެޑްމިން
މިހާތަނަށް ކޮމެންޓެއް ނެތް
ކުޑަހުވަދޫ ބޮޑު ޢީދު ފުޓްސަލް ޗެލެންޖުގެ ފޯރިގަދަ ފައިނަލް މެޗު މިރޭ
02 June 2026
0
ބޭއިންސާފު ނިންމުންތަކެއް؛ އެފް.އޭ.އެމްގެ ނިންމުން އަލުން ބެލުމަށް ކުޑަހުވަދޫ ކައުންސިލުން އިލްތިމާސްކޮށްފި.
28 May 2026
0
ޢަރަފާތް ދުވަހުގެ އެންމެ މާތް ދުޢާ: މާނައާއި މުހިންމުކަން
25 May 2026
0
އާއިލާއާއި ރައްޓެހިންނާއެކު މަސްދަތުރަކަށް ދާން ބޭނުންތަ؟ "އައްކޮ ފިޝިންގ" އަކީ ހަމަ އެއްވަނަ!
25 May 2026
0
ޢީދަށް މަރުޙަބާ ކިޔުމަށް ކުޑަހުވަދޫގެ ހިތްގައިމު "ފިތުރޯނު ސަރަހައްދު" ރައްޔިތުން ގުޅިގެން ސާފުކޮށްފި
24 May 2026
1
ޢީދަށް ތައްޔާރުވުމުގެ ގޮތުން "ވައްލަ" ސާފުކުރުމުގެ ޙަރަކާތެއް ބާއްވައިފި
24 May 2026
0