ދީން
ޤުރްއާނާއި ސުންނަތުން ދަލީލުތައް ބުނެދެމުން ދަރިން ތަރުބިއްޔަތުކުރާނީ ކިހިނެތް؟ 2
ޙަޔާތުގެ އެންމެހައި ކަމެއް ރަސޫލާ ﷺ ގެ ޙަދީޘްފުޅުތަކާއި، އެކަލޭގެފާނުގެ ސިޔަރަތާއި ގުޅުވާލުމުން އެކުދިންގެ ހިތްތަކުގައި އެކަލޭގެފާނަށްޓަކައިވާ ލޯބި އިތުރުވެގެންދާނެއެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި އަޅުގަނޑުމެންނަށް އެންމެ ފުރިހަމަ ނަމޫނާވެއެވެ. ހަމައެހެންމެ ޤުރްއާނާއި ސުންނަތަކީ ޙަޔާތުގެ މަންހަޖެވެ.
ދަރިފުޅު މާގިނައިން ފައިސާ ހޭދަކުރާނަމަ، ފައިސާ ނުދީ ހިފެހެއްޓުމުގެ ބަދަލުގައި މިފަދައިން ބުނާށެވެ.
މާތް ﷲ ވަޙީކުރައްވާފައިވެއެވެ. "وَلاَ تُسْرِفُواْ إِنَّهُ لاَ يُحِبُّ الْمُسْرِفِينَ" (އަލްއަޢުރާފު ސޫރަތް، އާޔަތް 31)
މާނަ: "އަދި އިސްރާފު ނުކުރާށެވެ! ހަމަ ކަށަވަރުން، އިސްރާފުކުރާ މީހުން ދެކެ އެކަލާނގެ ލޯބިވެ ވޮޑިގެނެއް ނުވެތެވެ."
ދަރިފުޅުގެ ބޮލުގައި ފުނާ އަޅުވާއިރު، މިކަންކުރަނީ ރަސޫލާ ﷺ މިފަދައިން ޙަދީޘް ކުރައްވާފައިވާތީ ކަމުގައި ބުނާށެވެ.
އެކަލޭގެފާނު ﷺ ޙަދީޘްކުރައްވާފައިވެއެވެ. "مَنْ كَانَ لَهُ شَعْرٌ فَلْيُكْرِمهُ".
މާނަ: "އެމީހަކަށް އިސްތަށިގަނޑެއްވާ މީހާ ފަހެ އެ އިސްތަށިގަނޑަށް ކަމޭހިތާހުށިކަމެވެ. (އޭގެ މާނައަކީ ސާފުކޮށް ތެޔޮލައި ފުނާއަޅާ ހެދުމެވެ.)"
ދަރިފުޅު ގައިގައި މީރުވަސް ދުވާ އެއްޗެހި ލާއިރު، މިގޮތަށް ކަންކުރަނީ ރަސޫލާ ﷺ އަށް ތަބާވުމުގެ ގޮތުން ކަމުގައި ބުނެދޭށެވެ.
އެކަލޭގެފާނު ﷺ ޙަދީޘްކުރައްވާފައިވެއެވެ. "حُبّبَ إِلَيَّ مِنْ دنياكُمُ النّساءُ والطيبُ وجُعِلَتْ قرةُ عينِي في الصّلاةِ". މާނަ: "ތިޔަބައިމީހުންގެ ދުނިޔެއިން ހުވަނދާއި އަންހެނުން ތިމަންކަލޭގެފާނަށް ލޯބި ކުރެއްވުނެވެ. އަދި ތިމަންކަލޭގެފާނުގެ ލޮލުގެ ފިނިކަން ލެއްވިގެންވަނީ ނަމާދުގައެވެ."
ދަރިފުޅު ސްކޫލަށް ގެންދާއިރު ރަސޫލާ ﷺ މިޙަދީޘް ބަސްފުޅު ކިޔައިދޭށެވެ.
އެކަލޭގެފާނު ﷺ ޙަދީޘްކުރައްވާފައިވެއެވެ. "منْ سَلَكَ طَريقًا يَبْتَغِي فِيهِ علْمًا سهَّل اللَّه لَه طَريقًا إِلَى الجنةِ."
މާނަ: "ޢިލްމެއް ޙާޞިލުކުރުމުގެ ގޮތުން މަގަކުން ހިނގައިފިމީހާ ދަންނައެވެ. އޭގެ ސަބަބުން އޭނާއަށް ސުވަރުގެ ދިޔުމުގެ މަގެއް ﷲ ތަނަވަސްކޮށްދެއްވާނެއެވެ."
ދަރިފުޅުގެ ކުރިމަތީ ހިނިތުންވެލާއިރު، ރަސޫލާ ﷺ މިފަދައިން ޙަދީޘްކުރެއްވިކަން ބުނެދޭށެވެ.
އެކަލޭގެފާނު ﷺ ޙަދީޘްކުރައްވާފައިވެއެވެ. "تَبَسُّمُك في وَجْه أَخِيك لك صدقة".
މާނަ: "ތިބާގެ އަޚާގެ ކުރިމަތީގައި ހިނިތުންވުމަކީ ޞަދަޤާތެކެވެ."
ދަރިފުޅަށް ތަޢުރީފުކުރާއިރު، މިޙަދީޘް ބުނެދޭށެވެ.
ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވެއެވެ. "والكلمة الطيبة صدقة".
މާނަ: "ހެޔޮ ރަނގަޅު ބަހަކީ ޞަދަޤާތެކެވެ."
ދަރިފުޅުގެ ކާތަށްޓަށް މަންމަ/ބައްޕަގެ ކާތަށިން ކާއެތިކޮޅެއް އެޅުމަށްފަހު، އެކަން ކުރީ ރަސޫލާ ﷺ ގެ މިޙަދީޘް ބަސްފުޅުގެ ސަބަބުން ކަމުގައި ބުނާށެވެ.
އެކަލޭގެފާނު ﷺ ޙަދީޘްކުރައްވާފައިވެއެވެ. "إِفْرَاغُكَ مِنْ دَلْوِكَ فِي دَلْوِ أَخِيكَ لَكَ صَدَقَةٌ".
މާނަ: "ތިބާގެ ކަންވާރުން، ތިބާގެ އަޚާގެ ކަންވާރަށް ފެން އަޅައިފިނަމަ، އެކަމުގައި ތިބާއަށް ޞަދަޤާތެއްވެއެވެ."
ދަރިފުޅު، ބޮޑު މީހުން ތިބި މަޖުލީހެއްގައި ހުންނައިރު، އެމީހުންނަށް އަދަބު އިޙްތިރާމްކޮށް ކަމޭ ހިތުމަށް ހަނދުމަކޮށްދޭށެވެ. އެއީ ރަސޫލާ ﷺ މިފަދައިން ޙަދީޘްކުރައްވާފައިވާތީ ކަމުގައި ބުނާށެވެ.
އެކަލޭގެފާނު ﷺ ޙަދީޘްކުރައްވާފައިވެއެވެ. "ليس منا من لم يرحمْ صغيرَنا، ويُوَقِّرْ كبيرَنا".
މާނަ: ކުޑަކުދިންނަށް ރަޙުމް ނުކުރާ، ބޮޑެތި މީހުންނަށް ކަމޭ ނުހިތާ މީހުންނަކީ އަހަރެމެންގެ ތެރެއިންވާ މީހުންނެއް ނޫނެވެ."9
މިގޮތަށް، ޙަޔާތުގެ އެންމެހައި ކަމެއް ރަސޫލާ ﷺ ގެ ޙަދީޘްފުޅުތަކާއި، އެކަލޭގެފާނުގެ ސިޔަރަތާއި ގުޅުވާލުމުން އެކުދިންގެ ހިތްތަކުގައި އެކަލޭގެފާނަށްޓަކައިވާ ލޯބި އިތުރުވެގެންދާނެއެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި އަޅުގަނޑުމެންނަށް އެންމެ ފުރިހަމަ ނަމޫނާވެއެވެ. ހަމައެހެންމެ ޤުރްއާނާއި ސުންނަތަކީ ޙަޔާތުގެ މަންހަޖެވެ. ޤުރްއާނާއި ސުންނަތުގައި ވާގޮތަށް ދިރިއުޅުން ބައްޓަންކުރުމަށް މައިންބަފައިން މަސައްކަތްކުރާ ޙާލު، ދަރިންނަށްވެސް އެމަގަށް މަގުދެއްކުމަކީ ލާޒިމުކަމެކެވެ.
ލިޔުންތެރިޔާ
ހުޝާމާ އަޙްމަދު
މިހާތަނަށް ކޮމެންޓެއް ނެތް
ކުޑަހުވަދޫ ބޮޑު ޢީދު ފުޓްސަލް ޗެލެންޖުގެ ފޯރިގަދަ ފައިނަލް މެޗު މިރޭ
02 June 2026
0
ބޭއިންސާފު ނިންމުންތަކެއް؛ އެފް.އޭ.އެމްގެ ނިންމުން އަލުން ބެލުމަށް ކުޑަހުވަދޫ ކައުންސިލުން އިލްތިމާސްކޮށްފި.
28 May 2026
0
ޢަރަފާތް ދުވަހުގެ އެންމެ މާތް ދުޢާ: މާނައާއި މުހިންމުކަން
25 May 2026
0
އާއިލާއާއި ރައްޓެހިންނާއެކު މަސްދަތުރަކަށް ދާން ބޭނުންތަ؟ "އައްކޮ ފިޝިންގ" އަކީ ހަމަ އެއްވަނަ!
25 May 2026
0
ޢީދަށް މަރުޙަބާ ކިޔުމަށް ކުޑަހުވަދޫގެ ހިތްގައިމު "ފިތުރޯނު ސަރަހައްދު" ރައްޔިތުން ގުޅިގެން ސާފުކޮށްފި
24 May 2026
1
ޢީދަށް ތައްޔާރުވުމުގެ ގޮތުން "ވައްލަ" ސާފުކުރުމުގެ ޙަރަކާތެއް ބާއްވައިފި
24 May 2026
0