ވެސްޓް މެރައިން ފުޓްބޯޅަ މުބާރާތް 2025 : ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
ކުޑަހުވަދޫގައި ބޮޑު ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި ވެސްޓް މެރައިނުން އިންތިޒާމުކޮށް، ބޭއްވުމަށް ހަމަޖެހިފައިވާ 19 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތް 2025 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އާދަމް ޝާމް
ކުޑަހުވަދޫގައި ބޮޑު ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި ވެސްޓް މެރައިނުން އިންތިޒާމުކޮށް، ބޭއްވުމަށް ހަމަޖެހިފައިވާ 19 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތް 2025 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ ކުޑަހުވަދޫގެ އެކި ޢުމުރު ފުރާތަކަށް އަމާޒުކޮށް ބޭއްވޭ ފުޓްބޯޅަ މުބާރާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމާއި، ޤައުމީ ފެންވަރުގައި ވާދަކުރާ އެކި ޢުމުރުފުރާތަކުގެ ޓީމުތަކަށް ކުޑަހުވަދޫގެ ޒުވާން ކުޅުންތެރިންނަށް ފުރުޞަތު ހޯދައިދިނުމެވެ. މީގެއިތުރުން ކުޅިވަރުގެ ތެރެއިން ރިވެތި އަޚްލާޤާއި، އިޖްތިމާޢީ ގުޅުންތައް ބަދަހިކުރުމާއި، ވާދަވެރި ރޫހު އަށަގެންނެވުމަކީވެސް މި މުބާރާތުގެ މުހިއްމު މަޤްޞަދުތަކެވެ.
މުބާރާތުގެ ޤަވާޢިދުގައި ވާގޮތުން ކޮންމެ ޓީމެއްގައި ގިނަވެގެން ބައިވެރިކުރެވޭނީ 20 ކުޅުންތެރިންނެވެ. އަދި ކުޅުންތެރިންގެ އުމުރުފުރާއަކީ 13 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާއެވެ. ކޮންމެ ޓީމަކަށްވެސް ރަށުން ބޭރުގެ 4 ކުޅުންތެރިން ހިމެނުމުގެ ފުރުޞަތު ދެވިފައިވެއެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 7،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 3،000 ރުފިޔާ ގެ ފައިސާގެ އިނާމެއް ލިބިގެންދެއެވެ.
މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކުން 31 މެއި 2025 ގެ ކުރިން ރަޖިސްޓްރީ ކުރުމަށްޓަކައި އޮންލައިން ފޯމު ފުރުމަށްފަހު ހުށަހަޅަން އިޢުލާނުގައިވަނީ އެދިފައެވެ. ފޯމު ވެސްޓް މެރައިން ފޭސްބުކް ޕޭޖުން ލިބޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް