ދީން
ޤުރްއާނާއި ސުންނަތުން ދަލީލުތައް ބުނެދެމުން ދަރިން ތަރުބިއްޔަތުކުރާނީ ކިހިނެތް؟ 1
އިސްލާމްދީނަކީ މާތް ﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ އެންމެ މަތިވެރި ނިޢުމަތެވެ. މިނިޢުމަތް ބީވެދިޔަނުދީ، މިދިވެހި ފަސްގަނޑު ތައުޙީދުގެ ކަލިމައިން ގުގުމާލެވިލެވި ހުންނަ ފަދަ ތަނަކަށް ހެދުމުގެ އެންމެ ބޮޑު ބާރެއް އޮތީ މައިންބަފައިންގެ އަތްމަތީގައެވެ. ސަބަބަކީ އެމީހުންނަކީ ޖީލުތައް ތަރުބިއްޔަތުކުރާ މޭސްތިރިން ކަމުގައިވާތީއެވެ. މިގޮތުން ދަރިފުޅުގެ އެންމެ ތުއްތު އިރުއްސުރެން ފެށިގެން، ދަރިފުޅުގެ ހިތުގައި ތައުޙީދުގެ އޮށް އިންދައި، މާތް ﷲއާއި އެކަލާނގެ ރަސޫލާ ދެކެ ލޯބިވާ ބައެއްގެ ގޮތުގައި ބޮޑުކުރުމަށް މަސައްކަތްކުރަންޖެހެއެވެ.
ޙަޔާތުގެ ކޮންމެ ދުވަހެއް ފާއިތުވެގެންދާއިރު، މައިންބަފައިންނަށް ދަރިންނަށް ހެވާއި ނުބައި ބުނެދޭން އެތައް ފުރުޞަތުތަކެއް ލިބިގެންދާނެއެވެ. އެހެންކަމުން މިފަދަ ފުރުޞަތުތަކުގައި، ކީރިތި ޤުރްއާނުގެ މޫރިތި އާޔަތްތަކުންނާއި ޙަދީޘްތަކުގެ ޢަލީގައި ދަލީލުތައް ދައްކަމުން ދަރިންނަށް ހެވާއި ނުބައި ބަޔާންކޮށްދިނުމަކީ ވަރަށް މުހިއްމުކަމެކެވެ. ދަރިންނަށް ކުށެއް ކުރެވޭ ހިނދު، ޤުރްއާނާއި ސުންނަތުގެ އަލީގައި، އެކުދިންނަށް ހެޔޮ މަގަށް މަގު ދައްކަމުން ގެންދާށެވެ. މާތް ﷲގެ އިރާދަފުޅާއެކު އޭގެ ހެޔޮ އަޘަރު ފެނިގެންދާނެއެވެ. ހަމަމިއާއެކު، މީގެ ސަބަބުން، އެކުދިންގެ ހިތްތަކުގައި، މާތް ﷲ އެކުދިންގެ ޢަމަލުތައް ބައްލަވާވޮޑިގެންވާކަމުގެ އިޙްސާސް އަށަގަންނާނެއެވެ.
އެހެންކަމުން، ތިރީގައި މިވަނީ ދަރިންނާއި އެކު ދުވަހުގެ ވަގުތުތައް ހޭދަކުރާއިރު، ބޭނުންކުރެވިދާނެ ބައެއް އާޔަތްތަކާއި ޙަދީޘްތަކެވެ.
ދަރިފުޅު އޭނާގެ އަޚާ/އުޚްތާއާއި ދިމާއަށް ހަޑިކޮށް އެއްޗެހި ކިޔައިފިނަމަ ހާދަ އަނގަ ހަޑި ކުއްޖެކޭ ނުބުނެ މިހެން ބުނާށެވެ.
ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވެއެވެ. " إِنَّ اللَّهَ يُبْغِضُ الْفَاحِشَ الْبَذِيءَ."
މާނަ: "ހަމަކަށަވަރުން މާތް ﷲ، ފާޙިޝް މީހުންނާއި، ލަދު ކުޑަ މީހުން ދެކެ ނުރުހުންތެރިވެ ވޮޑިގަންނަވައެވެ."
ދަރިފުޅު އޭނާގެ އަޚާ/އުޚްތާ ގައިގައި ޖަހައިފިނަމަ، މިއީ ހާދަ ގޯސް ކުއްޖެކޭ ނުބުނެ މިފަދައިން ބުނާށެވެ.
ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވެއެވެ. " الْمُسْلِمُ مَنْ سَلِمَ الْمُسْلِمُونَ مِنْ لِسَانِهِ وَيَدِهِ"
މާނަ: "މުސްލިމަކީ، އޭނާގެ ދުލުންނާއި އަތުން، އެހެން މުސްލިމުން ސަލާމަތްވެފައިވާ މީހާއެވެ."
ދަރިފުޅު ފިލާވަޅުތައް ހަޑިކޮށް ލިޔާނަމަ، ތިއީ ޓީޗަރު ލިޔަން ދަސްކޮށްދިން ގޮތްހޭ ނުބުނެ މިހެން ބުނާށެވެ.
ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވެއެވެ. " إنَّ اللهَ تعالى يُحِبُّ إذا عمِلَ أحدُكمْ عملًا أنْ يُتقِنَهُ "
މާނަ: "ތިޔަބައިމީހުން ކުރެ މީހަކު ޢަމަލެއް ކުރާނަމަ، އެޢަމަލެއް ވީއެންމެ ފުރިހަމައަށް ކުރުމަށް ﷲ ލޯބިވެވޮޑިގެންވެއެވެ."
ދަރިފުޅު ތިބާއާއި އަޑުހަރުކޮށް ވާހަކަ ދައްކާނަމަ، މިއީ މަންމައޭ، ތިއީ ހާދަ އަދަބު ކުޑަކުއްޖެކޭ ނުބުނެ މިފަދައިން ބުނާށެވެ.
މާތް ﷲ ވަޙީކުރައްވާފައިވެއެވެ. " فَلَا تَقُل لَّهُمَا أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا "(އިސްރާ، 23)
މާނަ: " އެދެމީހުންނަށް އުއްފުވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ!"
ދަރިފުޅު މާގިނައިން ފައިސާ ހޭދަކުރާނަމަ، ފައިސާ ނުދީ ހިފެހެއްޓުމުގެ ބަދަލުގައި މިފަދައިން ބުނާށެވެ.
މާތް ﷲ ވަޙީކުރައްވާފައިވެއެވެ. "وَلاَ تُسْرِفُواْ إِنَّهُ لاَ يُحِبُّ الْمُسْرِفِينَ" (އަލްއަޢުރާފު، 31)
މާނަ: "އަދި އިސްރާފު ނުކުރާށެވެ! ހަމަ ކަށަވަރުން، އިސްރާފުކުރާ މީހުން ދެކެ އެކަލާނގެ ލޯބިވެ ވޮޑިގެނެއް ނުވެތެވެ." (ނުނިމޭ)
ލިޔުންތެރިޔާ
ހުޝާމާ އަޙްމަދު
މިހާތަނަށް ކޮމެންޓެއް ނެތް
ކުޑަހުވަދޫ ބޮޑު ޢީދު ފުޓްސަލް ޗެލެންޖުގެ ފޯރިގަދަ ފައިނަލް މެޗު މިރޭ
02 June 2026
0
ބޭއިންސާފު ނިންމުންތަކެއް؛ އެފް.އޭ.އެމްގެ ނިންމުން އަލުން ބެލުމަށް ކުޑަހުވަދޫ ކައުންސިލުން އިލްތިމާސްކޮށްފި.
28 May 2026
0
ޢަރަފާތް ދުވަހުގެ އެންމެ މާތް ދުޢާ: މާނައާއި މުހިންމުކަން
25 May 2026
0
އާއިލާއާއި ރައްޓެހިންނާއެކު މަސްދަތުރަކަށް ދާން ބޭނުންތަ؟ "އައްކޮ ފިޝިންގ" އަކީ ހަމަ އެއްވަނަ!
25 May 2026
0
ޢީދަށް މަރުޙަބާ ކިޔުމަށް ކުޑަހުވަދޫގެ ހިތްގައިމު "ފިތުރޯނު ސަރަހައްދު" ރައްޔިތުން ގުޅިގެން ސާފުކޮށްފި
24 May 2026
1
ޢީދަށް ތައްޔާރުވުމުގެ ގޮތުން "ވައްލަ" ސާފުކުރުމުގެ ޙަރަކާތެއް ބާއްވައިފި
24 May 2026
0