ދިވެހިރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް ފަރީދު ނިޔާވެއްޖެ
އެޑްމިން
ޝައިޚް ފަރީދު ނިޔާވެފައިވަނީ މިރޭ މެލޭޝިޔާ އެއަރޕޯޓްގައެވެ. މެލޭޝިޔާ އެއަރޕޯޓުގައި ހުންނަވަނިކޮށް ކުއްލިއަކަށް ނޭވާލާން އުނގަދޫވެ ވެއްޓިގެންކަމަށް މީސްމީޑިއާގެ މަންސަތަކުގައި ރިޕޯޓްކޮށްފައިވެއެވެ.
ޝައިޚް ފަރީދަކީ ކުޑަހުވަދޫއަށް އުފަން ކުޑަހުވަދޫގެ ބޭފުޅެކެވެ. ޝައިޚް ގެ ޢިލްމީ ދަރުސްތަކާއި ނަޞޭޙަތްތަކަކީ އެތަށް ބަޔަކަށް ނުހަނު ފައިދާކުރުވައި ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނުވި ކަންކަމެވެ.
ދީނީ ޢިލްމު ރާއްޖޭގައި ފެތުރުމަށް ޝައިޚް އަކީ ބޮޑެތި ޤުރުބާނީތަކެއްވެލެއްވި ބޭފުޅެކެވެ. މާތް ﷲ ޝައިޚްގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވުން އެދޭ ޙާލު ޢާއިލާއަށް ކެއްތެރިކަން ދެއްވުން އެދި ދުޢާކުރަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް