ކުޑަހުވަދޫގައި ތަރައްޤީކުރާ އާރު.ސީ.ސީގެ ޓަވަރު ތަކުގެ ބިންގާ މިއަދު އަޅަނީ
އެޑްމިން
ދ. ކުޑަހުވަދޫގައި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ކުންފުންޏާއި ކައުންސިލާ ގުޅިގެން ތަރައްޤީކުރާ 160 އެޕާޓްމަންޓުގެ ބިންގާއެޅުމުގެ ރަސްމިއްޔާތު މިއަދު ބޭއްވުމަށް ނިންމައިފިއެވެ.
މިއަދު ހަވީރު އެއަރޕޯޓް އާއި ކައިރިން ހިއްކި ސަރަޙައްދުގައި، 17:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ރަސްމިއްޔާތަށް ރަށުގެ އެންމެހާ ރައްޔިތުންނަށްވަނީ ދަޢުވަތު އަރުވާފައެވެ.
ކުޑަހުވަދޫގައި ތަރައްޤީކުރެވޭ ޓަވަރ ޓަކުގެތެރެއިން، ޓަވަރ އޭ މަޝްރޫޢުގެ ދަށުން ހަދާނީ 2 ބްލޮކްގެ 80 އެޕާޓްމަންޓެވެ. ކޮންމެ އެޕާޓްމަންޓެއްގެ އަގަކީ ޖީއެސްޓީއާ ނުލައި 1.5 މިލިޔަން ރުފިޔާއެވެ. މިއިން ކޮންމެ ޓަވަރެއްގައި 2 ލިފްޓް ހުންނާނެއެވެ. އަދި މި އެޕާޓްމަންޓްތަކުގައި 3 ކޮޓާރިއާއި 3 ފާޚާނާ ހުރެއެވެ.
ކުޑަހުވަދޫއަކީ ދިރިއުޅުމުގެ ވަޞީލަތްތައް ތަނަވަސް ތަޢުލީމު އުނގަންނައި ދިނުމަށް ފަހި ފުރުޞަތުތަކެއް އޮތް ރަށެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން މިހާރުވެސް ކުޑަހުވަދޫގައި ވަޒަންވެރިވެ ދިރިއުޅެމުންދާއިރު މި މަޝްރޫޢުގެ ސަބަބުން އިތުރު ފަރާތްތަކަށް ފުރުޞަތު ލިބިގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް