ކުޅިވަރު
ކުޑަހުވަދޫއިން ހުރާ ބަލިކޮށް ބީ.އެމް.އެލް ސެންޓްރަލް ރީޖަންގެ ޗެމްޕިއަންކަން ހޯދައިފި
މެޗުގެ ފުރަތަމަ ހާފުގައި ކުޑަހުވަދޫއަށް ކުރި ހޯދައިދިނީ އެޓީމުގެ ކެޕްޓަން ޝަނީޒެވެ. ނަމަވެސް، ދެވަނަ ހާފު ފެށިގެން މާގިނަ އިރުތަކެއް ނުވެ ހުރާގެ ބިދޭސީ ކުޅުންތެރިޔާ ސާދު ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
ބީއެމްއެލް ސެންޓްރަލް ރީޖަން ލީގުގައި އިއްޔެ ހަވީރު ކުޅެވުނު ފޯރިގަދަ މެޗުގައި، ފުޓުބޯޅައިގައި ނަން މަޝްހޫރު ކ. ހުރާ ބަލިކޮށް ދ. ކުޑަހުވަދޫއިން މުބާރާތުގެ ތަށި އުފުލާލައިފިއެވެ.
ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ އަދި ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗު ކުޑަހުވަދޫއިން ކާމިޔާބުކުރީ 4-1 ގެ ބޮޑު ތަފާތަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ކުޑަހުވަދޫއަށް ކުރި ހޯދައިދިނީ އެޓީމުގެ ކެޕްޓަން ޝަނީޒެވެ. ނަމަވެސް، ދެވަނަ ހާފު ފެށިގެން މާގިނަ އިރުތަކެއް ނުވެ ހުރާގެ ބިދޭސީ ކުޅުންތެރިޔާ ސާދު ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
ހުރާއިން ނަތީޖާ އެއްވަރުކޮށްފައި ވަނިކޮށް، ކުޑަހުވަދޫއަށް ދެވަނަ ފަހަރަށް ކުރި ހޯދައިދިނީ އެޓީމުގެ ހުނަރުވެރި ބިދޭސީ ފޯވާޑް ޝަރުފާނެވެ. ޝަރުފާނު ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކައި ދެ ގޯލު ކާމިޔާބުކޮށްފައެވެ. ކުޑަހުވަދޫއިން ކާމިޔާބުކުރި ތިންވަނަ ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ލިބުނު ހިލޭ ޖެހުމަކުން ބިދޭސީ ކުޅުންތެރިޔާ އޮދަރާއެވެ.
މި މޮޅާއެކު ކުޑަހުވަދޫއިން ވަނީ ބީއެމްއެލް ސެންޓްރަލް ރީޖަންގެ ޗެމްޕިއަންކަން ކަށަވަރުކޮށްފައެވެ. މިއީ އެ ރަށުގެ ފުޓުބޯޅަ ތާރީޚުގައި އަަނެއްކާވެސް ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެކެވެ.
ލިޔުންތެރިޔާ
އެޑްމިން
މިހާތަނަށް ކޮމެންޓެއް ނެތް
ޢަރަފާތް ދުވަހުގެ އެންމެ މާތް ދުޢާ: މާނައާއި މުހިންމުކަން
25 May 2026
0
އާއިލާއާއި ރައްޓެހިންނާއެކު މަސްދަތުރަކަށް ދާން ބޭނުންތަ؟ "އައްކޮ ފިޝިންގ" އަކީ ހަމަ އެއްވަނަ!
25 May 2026
0
ޢީދަށް މަރުޙަބާ ކިޔުމަށް ކުޑަހުވަދޫގެ ހިތްގައިމު "ފިތުރޯނު ސަރަހައްދު" ރައްޔިތުން ގުޅިގެން ސާފުކޮށްފި
24 May 2026
1
ޢީދަށް ތައްޔާރުވުމުގެ ގޮތުން "ވައްލަ" ސާފުކުރުމުގެ ޙަރަކާތެއް ބާއްވައިފި
24 May 2026
0
'އުޚްތީ' ހެދުންވިއްކާ އައުފިހާރައެއް މިރޭ ކުޑަހުވަދޫގައި ހުޅުވަނީ
23 May 2026
1
މެޗުން މޮޅުވީ ކުޑަހުވަދޫ، މައްސަލައަށްފަހު މުބާރާތުގެ ތަށި ހުރައަށް!
23 May 2026
0