ޚަބަރު
އިމުގެ ތެރެއިން ޢީދު ފާހަގަ ކުރާ ފަރާތްތަކަށް ސަލަފުން ހިތްވަރުދީފި.
އިސްލާމީ އުސޫލުތަކާއި އެއްގޮތައް ޢީދު އުފާ ފާޅުކުރަމުން އަންނަ ކައުންސިލުންތަކާއި ޖަމްޢިއްޔާތަކަށް ދިވެހިރާއްޖެ އެންމެ ފުޅާކޮށް ދީނީ ހޭލުންތެރިކަން ފަތުރާ މަދަނީ ޖަމްޢިއްޔާ ކަމުގައިވާ ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ހިތްވަރުދީފިއެވެ.
ސަލަފުން މިކަން ބަޔާންކޮށް މިއަދު ވަނީ މީސްމީޑިޔާގައި ޕޯސްޓެއްކޮށްފައެވެ.
"ޢިދު ކުޅިވަރުގެ ނަމުގައި ބޮޑެތި މުންކަރާތްތައް ހިންގަމުން އަންނަކަމީ ކޮޅު ނެތްކޮޅަށް ހިތާމަހުރި ކަމެކެވެ.
ނަމަވެސް މިއަދު ރާއްޖޭގެ ބައެއް ރަށްރަށުގެ ކައުންސިލްތަކާއި ޖަމްޢިއްޔާތަކުން އިސްލާމީ އިމުގެ ތެރޭގައި ޢީދު އުފާފާޅު ކުރާކަމީ އުފާކުރަންޖެހޭ ކަމެކެވެ. އަދި މި ފުރުޞަތުގައި އެފަދަ ކުޅިވަރުތައް އިންތިޒާމު ކުރާ ފަރާތްތަކަށް ހިތްވަރު ދެމެވެ " ސަލަފުގެ ޕޯސްޓް ގައިވެެެއެވެ.
އަދި މީގެ އިތުރުން މިހާރު ކުރިޔަށްދާ 1446 ވަަނަ އަހަރުގެ އަޙްޟާ ޢީދުގައި ދީނުގެ އިމުގެ ތެރޭގައި ޢީދު ފާހަގަކުރާ ބައެއް ކައުންސިލުތަކާއި ޖަމްޢިއްޔާތަކުގެ ފޭސްބުކު ޕޭޖްގެ ލިންކުތައް ވެސް އެޕޯސްޓުގައި ހިމަނާފައިވެއެވެ. އެގޮތުން އދ.ތަނގެތި ޖަމްޢިއްޔަތުލް ޤަލަމުން ކުރިއަށް ގެންދާ ޢީދު އުފާ 1446 ، ހދ.މަކުނުދޫ ކައުންސިލުން ގެންދާ ޢީދު ކުޅިވަރުތައް އަދި ރ.ކިނޮޅަސް ގައި ކުރިއަށް ދާ ޢީދު ފޯރީގެ ހަރަކާތްތައް ފާހަގަކޮށްފައިވެއެވެ. އަދި ހުރިހާ ބޭފުޅުންވެސް އެފަދަ ކުޅިވަރުތައް ފަތެރުމަށް ސަލަފުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ތިރީގައި އެވަނީ 1446 ވަނަ އަހަރު ގެ އަޟުހާ އީދުގެ އުފާ އިސްލާމީ އިމުގެތެރޭގައި ކުރިއަށްގެންދާ ބައެއް ރަށްރަށުގެ ފޭސްބުކު ލިންކުތައްކަމަށް ޖަމްޢިއްޔަތުއްސަލަފުގެ މީސް މީޑިއާގައި ޝެއަރ ކޮށްފައިވާ ލިންކްތަކެވެ.
1- ބީއެމްއެލް އިސްލާމިކް ޢީދު އުފާ 1446 އދ.ދަނގެތި
ޖަމްޢިއްޔަތުލްޤަލަމް :
https://www.facebook.com/share/16UAKtTWvt/
2- ކިނޮޅަސް ޢީދު ފޯރި 1446
https://www.facebook.com/share/15r3jPazE4/
3- ހދ.މަކުނުދޫ ޢީދު އުފާ 1446
https://www.facebook.com/share/1BV5kgxiGE/
ނޯޓް: ދަނގެތި ޢީދު އުފާގެ ކުޅިވަރުތައް ދާރިސް ޓީވީ ލައިވް ކުރާނެއެވެ.
ލިޔުންތެރިޔާ
އެޑްމިން
މިހާތަނަށް ކޮމެންޓެއް ނެތް
ފެނަކަ ކުޑަހުވަދޫ ބުރާންޗަށް އައު ޖަނަރޭޓަރެއް ގެނެސްފި.
19 October 2025
4
"ރޯސް ބްލޫމްސް" ދ.ކުޑަހުވަދޫގައި މާ ވިއްކާ ފިހާރައެއް ހުޅުވައިފި
18 October 2025
2
މައިދާން ޔޫތު ޗެމްޕިއަންޝިޕް 2025 ގެ ގުރުނެގުން ކުރިއަށް ގެންގޮސްފި
10 September 2025
0
ޕްރޮޖެކްޓް އައްކަންގެ އިސްނެގުމާއިއެކު ދ.ވައްލަ ސާފުކޮށް ނިމިއްޖެއެވެ.
26 August 2025
4
ދ.އަތޮޅުގައި ވަދު ކަނދުފައްޗެއް ޤާއިމުކޮށްފި
25 August 2025
1
އަންހެނުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރުމުގައި ބައްޕައިންގެ ދައުރު
19 August 2025
0