ޚަބަރު
ދ. އަތޮޅު ޤުރްއާން މުބާރާތަށް ކުޑަހުވަދޫ އިން ހޮވުނު ދަރިވަރުންގެ ނަންތައް އިޢުލާންކޮށްފި
ދ. އަތޮޅު ޤުރްއާން މުބާރާތުގައި ބައިވެރިވުމަށްޓަކައި ދ. ކުޑަހުވަދޫ އިން ޖުމްލަ 16 ދަރިވަރުން ހޮވާފައިވާކަމަށް، ކުޑަހުވަދޫ ކައުންސިލް އިދާރާއިން އިޢުލާންކޮށްފިއެވެ.
މިގޮތުން، ކީސްޓޭޖް 1 ބަލައިގެން ކިޔެވުމުގެ ގޮފިން ހޮވިފައިވާ ދަރިވަރުންނަކީ އައިކު އިކްރާމް އާދަމް އަދި މިއުވާން ބިން މުޙައްމަދު އަޙްމަދު އެވެ. ކީސްޓޭޖް 1 ނުބަލައި ކިޔެވުމުގެ ގޮފިން ހޮވިފައިވާ ދަރިވަރުންނަކީ އައިރީ ބިންތް ޔާމީން އަދި ޢާއިޝަތު އިވްލީން މުހައްމަދު އެވެ.
ކީސްޓޭޖް 2 ބަލައިގެން ކިޔެވުމުގެ ގޮފިން ހޮވިފައިވާ ދަރިވަރުންނަކީ ހިންދު ބިންތު އިބްރާހީމް ފަޟީލް އަދި ޢާއިޝަތު އާރާ އަފުރާޙް އެވެ.
ކީސްޓޭޖް 3 ބަލައިގެން ކިޔެވުމުގެ ގޮފިން ހޮވިފައިވާ ދަރިވަރުންނަކީ މުޙައްމަދު މިސްކު ބިން ޢަލީ ނާޡިމް އަދި މަރިޔަމް ޒަލްޚާ މޫސާ އެވެ. މި ކީސްޓޭޖްގެ ނުބަލައި ކިޔެވުމުގެ ގޮފިން ހޮވިފައިވަނީ ލިވާ އަޙްމަދު ޝަމްޢޫން ގެ އިތުރުން އަނަސް ބުން މުޢާޛު އެވެ.
ކީސްޓޭޖް 4 ބަލައިގެން ކިޔެވުމުގެ ގޮފިން ހޮވިފައިވާ ދަރިވަރުންނަކީ ޢަބްދުالله ވިލްދާން އަހްމަދު ސިރުމީ އަދި ޝިއުރީ އިކްރާމް އާދަމް އެވެ. އަދި މި ކީސްޓޭޖްގެ ނުބަލައި ކިޔެވުމުގެ ގޮފިން ހޮވިފައިވާ ދަރިވަރަކީ މުޙައްމަދު މިކްޔާލް ބިން މޫސާ ރަމީޒް އެވެ.
ކީސްޓޭޖް 5 ބަލައިގެން ކިޔެވުމުގެ ގޮފިން ހޮވިފައިވާ ދަރިވަރުންނަކީ ޢާއިޝަތު މިޝްކާ ޢަލީ ނާޡިމް އަދި މައިޝަމް މުޙައްމަދު އެވެ. އަދި މި ކީސްޓޭޖްގެ ނުބަލައި ކިޔެވުމުގެ ގޮފިން ހޮވިފައިވާ ދަރިވަރަކީ އީލާފް އަޙްމަދު ޞަލާޙް އެވެ.
ދ. އަތޮޅު ޤުރްއާން މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކުޑަހުވަދޫ ކައުންސިލުން ވަނީ މި ހޮވުނު ދަރިވަރުންނަށް ޚާއްސަ ފަރިތަކުރުމުގެ ސެޝަންތަކެއް ރާވާފައެވެ. މި ސެޝަންތައް 12 ޖޫން 2025 ހޮނިހިރު ދުވަހުން ފެށިގެން ކުރިއަށް ދާކަމަށް ކައުންސިލުން ވަނީ ހާމަކޮށްފައެވެ. މި ފަރިތަކުރުންތަކުގެ މަޤްޞަދަކީ ދަރިވަރުންގެ ކިޔެވުމުގެ ފެންވަރު ރަނގަޅުކޮށް، އަތޮޅު މުބާރާތަށް ފުރިހަމައަށް ތައްޔާރުކުރުމެވެ.
ލިޔުންތެރިޔާ
އެޑްމިން
މިހާތަނަށް ކޮމެންޓެއް ނެތް
ކުޑަހުވަދޫ ބޮޑު ޢީދު ފުޓްސަލް ޗެލެންޖުގެ ފޯރިގަދަ ފައިނަލް މެޗު މިރޭ
02 June 2026
0
ބޭއިންސާފު ނިންމުންތަކެއް؛ އެފް.އޭ.އެމްގެ ނިންމުން އަލުން ބެލުމަށް ކުޑަހުވަދޫ ކައުންސިލުން އިލްތިމާސްކޮށްފި.
28 May 2026
0
ޢަރަފާތް ދުވަހުގެ އެންމެ މާތް ދުޢާ: މާނައާއި މުހިންމުކަން
25 May 2026
0
އާއިލާއާއި ރައްޓެހިންނާއެކު މަސްދަތުރަކަށް ދާން ބޭނުންތަ؟ "އައްކޮ ފިޝިންގ" އަކީ ހަމަ އެއްވަނަ!
25 May 2026
0
ޢީދަށް މަރުޙަބާ ކިޔުމަށް ކުޑަހުވަދޫގެ ހިތްގައިމު "ފިތުރޯނު ސަރަހައްދު" ރައްޔިތުން ގުޅިގެން ސާފުކޮށްފި
24 May 2026
1
ޢީދަށް ތައްޔާރުވުމުގެ ގޮތުން "ވައްލަ" ސާފުކުރުމުގެ ޙަރަކާތެއް ބާއްވައިފި
24 May 2026
0